22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ދިވެހި ފުޓުބޯޅަ

ފިރިހެން ޤައުމީ ފުޓުބޯޅަ ޓީމްގެ މެނޭޖަރ އިސްތިއުފާ ދީފި

  • އިސްތިއުފާ ދިނީ މަގާމުގެ ސަބަބުން ފުޓްބޯޅައިގެ އެހެން ކަންކަމުގައި އުޅެން ހުރަސްތަކެއް ހުރުމުން
މިއުނާ ހަސަން | @miuna_hassan

| 8 އޭޕުރިލް 2019 | ހޯމަ 19:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


މުހައްމަދު އީސާ އާއި ކޯޗް ސެގާޓް -- އިމޭޖަސް.އެމްވީ

ޤައިމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުގެ މަޤާމުގައި ހުރި މުހައްމަދު އީސާ މަގާމުން އިސްތިއުފާ ދީފިއެވެ. 

ސާފް ސުޒުކީ ކަޕް ރާއްޖެއިން ކާމިޔާބު ކުރުމުގައި މުހިއްމު މަސައްކަތްތަކެއް ވެސް ކޮށްފައިވާ އީސާ މެނޭޖަރު ކަމުން އިސްތިއުފާ ދިނީ އެ މަގާމުގައި ހުރެގެން ފުޅާ ދާއިރާއެއްގައި ފުޓުބޯޅައަށް ހިދުމަތް ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މުހައްމަދު އީސާ ބުނީ ދެ އަހަރު ޤައުމީ ޓީމަށް ހިދުމަތް ކޮށްދެވިއްޖެ ކަމަށާއި، ޓީމުގެ މެނޭޖަރުގެ ގޮތުގައި ހުރުމުގެ ސަބަބުން ފުޓްބޯޅައިގެ އެހެން ކަންކަމުގައި މަސްއޫލުވެ އުޅެން ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި، ފުޓުބޯޅައަށް އެކި ދާއިރާ ތަކުން ގިނަ ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށެވެ. 

މުހައްމަދު އީސާ އިތުރަށް ބުނީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ގިނަ ގޮންޖެހުންތަކަކާއި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެން ނަމަވެސް އެފަދަ ޚިދުމަތެއް ޤައުމީ ޓީމަށް ކޮށްދެވުމުން އުފާ ކުރާ ކަމަށެވެ. މުސްތަގުބަލުގައި ވެސް އެކި ގޮތްގޮތުން ފުޓުބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ހުންނާނެ ކަމަށާއި، އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅައިގެ ކަންތައްތަކުގައި އިތުރަށް މަސައްކަތްކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މެނޭޖަރުގެ ޒިންމާ ގައުމީ ކޯޗާ ހަވާލު ކުރުމަށް އެފްއޭއެމުން ނިންމީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު އޭރުގެ މެނޭޖަރު އަދި މިހާރު ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިސްތިއުފާ ދިނުމުންނެވެ. އެއަށް ފަހުގައި އެ މަގާމް ވަގުތީ ގޮތުން އުވާލާފައި އޮތުމަށް ފަހު ގައުމީ ޓީމުގެ މެނޭޖަރުކަމާއި އީސާ ހަވާލުވީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް