22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެލައިސް 2019

ފުވައްމުލަކުގައި ބޭއްވި

  • ދެވަނަ ހޯދީ އަބްދުﷲ ޝިމާލް ޝަމީމް އަދި ތިންވަނަ ހޯދީ ޝިނާޒް މުހައްމަދެ
ލީވާން އަލީ | MrLeevaan

| 8 އޭޕުރިލް 2019 | ހޯމަ 17:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗެމްޕިއަންކަން ހޯދި ވިއާމް ސާފް ބޯޑާއެކު -- ފޭސްބުކް

މި އަހަރު ރާއްޖެ ބޮޑީބޯޑިން އިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާ "އެލައިސް 2019" ގެ ޗެމްޕިއަންކަން މުހައްމަދު ވިއާމް ހޯދައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ ވިއާމް ހޯދިއިރު، ދެވަނަ ހޯދީ އަބްދުﷲ ޝިމާލް ޝަމީމް އަދި ތިންވަނަ ހޯދީ ޝިނާޒް މުހައްމަދެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި މި މުބާރާތުގައި ރާޅާއެޅުމަށް ކުދިންނަށް ތަމްރީން ޕްރޮގްރާމްތައް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މުބާރާތް ކުރިޔަށްދިޔައީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކުރަމުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރ އަލީ ހުޝްރުވާން (ކުޑަ އައްޔަ) ބުނީ، މިއީ ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި މުބާރާތުގައި ޒުވާން ހުނަރުތައް ފުވައްމުލަކުން ފެނިގެންދިޔަ ކަމަށެވެ.

މީގެ އިތުރުން ކުޑަ އައްޔަ ވަނީ މި މުބާރާތް ކާމިޔާބުކަމާ އެކު ބޭއްވުމަށް އެހީތެރިވެދިން ސީ ސްޕޯޓްސް އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެއްބާރުލުމާ އެކު ބޭއްވި "އެލައިސް 2019"ގެ މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސްއެވެ.

ސީ ސްޕޯޓްސްގެ އެހީތެރިކަމާ އެކު ރާއްޖެ ބޮޑީބޯޑިންގެ މުބާރާތެއް މިދިޔަ އަހަރު ވެސް ފުވައްމުލަކުގައި ވަނީ ބާއްވާފައެވެ.

މި އަހަރު ރާއްޖެ ބޮޑީބޯޑިންގެ ފަރާތުން ލ. އަތޮޅު އަދި ރ. އަތޮޅުގައި ވެސް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް