22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޔާގަން ކްލޮޕް

ލިވަޕޫލްއާ އެކު ފެށި މަސައްކަތް އަދި ނުނިމޭ: ކްލޮޕް

  • ކްލޮޕްގެ އެއްބަސްވުން ހަމަވާނީ 2022 ގައި
ލީވާން އަލީ | MrLeevaan

| 8 އޭޕުރިލް 2019 | ހޯމަ 17:07 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ާޔާގަން ކްލޮޕް -- ގެޓީ އިމޭޖާސް

ލިވަޕޫލްއާ އެކު ފެށި މަސައްކަތް އަދި ނުނިމޭ ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ ލިވަޕޫލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައި ކަމަށާއި، އެ ކްލަބާ އެކު ފެށި މަސައްކަތް އަދި ނުނިމޭ ކަމަށެވެ.

ކްލޮޕް މިހެން ބުނެފައި ވަނީ ލިވަޕޫލް ދޫކޮށް ބަޔާން މިއުނިކަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ނޫސްތަކުގައި އަޑުތައް ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ކްލޮޕް ބުނީ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

ކްލޮޕް ބުނީ ލިވަޕޫލްގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން އުފަލުގައި ކަމަށާއި، ކްލަބް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ލިވަޕޫލް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެޓީމު އަންނަނީ ޕްރިމިއާ ލީގުގެ ތައްޓަށް ވެސް ވާދަކުރަމުންނެވެ. އެ ޓީމު މިވަގުތު އޮތީ ކުޅުނު 33 މެޗުން ލިބުނު 82 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި ލިވަޕޫލް ކުޅުނު 33 މެޗުގެ ތެރެއިން 25 މެޗުން މޮޅުވެފައިވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ބާކީ ހަތް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލިވަޕޫލް ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ވެސް ޖާގަ ހޯދާފައެވެ. އެ ޓީމު ކުއާޓާގެ ޖާގަ ހޯދީ ގަދަ 16 ގައި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހުއެވެ. ކުއާޓާގައި ލިވަޕޫލް ނިކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް