22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ކެޕާ ހޯދަން ރެއާލުން މަސައްކަތްކުރަނީ

ޑެހެއާގެ ބަދަލުގައި ރެއާލުން ކެޕާ ގެންނަން މަސައްކަތްކުރަނީ

  • ކެޕާ އަންނަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން
ލީވާން އަލީ | MrLeevaan

| 8 އޭޕުރިލް 2019 | ހޯމަ 16:44 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޑެހެއާ (ކ) އަދި ކެޕާ (ވ) -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑޭވިޑް ޑެހެއާގެ ބަދަލުގައި ރެއާލް މެޑްރިޑުން ޗެލްސީއަށް ކުޅެމުން އަންނަ ކެޕާ ގެންނަން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން އަންނަނީ ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރެއާލުން ފުރަތަމަ މަސައްކަތް ކުރީ މީގެ ކުރިން ވެސް އެޓީމުން ހޯދަން މަސައްކަތް ކުރަމުން އައި ޑެހެއާ ގެންނާށެވެ.

ނަމަވެސް ޔުނައިޓެޑުގެ އެއްބާރުލުން އެކަމަށް ނުލިބުމުން، ރެއާލުން މިހާރު މަސައްކަތް ކުރަނީ ކެޕާ ހޯދަން ކަމަށާއި، އެކަމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކަންކަން ރެއާލުން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ކެޕާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްތައް އައީ ބުނަމުންނެވެ.

އުމުރުން 24 އަހަރުގެ ކެޕާ އެތުލެޓިކް ބިލްބާއޯ ދޫކޮށް  ޗެލްސީއަށް ބަދަލުވީ 72 މިލިއަން ޕައުންޑަށް މި ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީއަށް 44 މެޗު ކުޅެދީފައެވެ.

ކެޕާ ވަނީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް