22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އެސްޓީއޯ

އެސްޓީއޯ ސުޕަމާޓުގެ ރޯދަ ޕްރޮމޯޝަން ފަށައިފި

  • މި ޕްރޮމޯޝަންގެ ދަށުން 50 އިންސަަތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 8 އޭޕުރިލް 2019 | ހޯމަ 13:16 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެސްޓީއޯ ރޯދަ ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް، އެސްޓީއޯ ސުޕަމާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ސުޕަމާޓުގެ ސުޕަވައިޒަރު ރައްޝާން މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ތެރޭގައި ރަމަޟާން މަހަށް ހާއްސަ ގިނަ ބާވަތްތަކެއްގެ މުދާ އަގު ހެޔޮކޮށް ފޯރުކޮށްދެމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ ތެރޭގައި ބަދިގޭގެ ސާމާނާއި، ގޭގައި ހިފާ ގެންގުޅޭ އެއްޗެހި ހިމެނެއެވެ. 

"ކަސްޓަމުންނަށް ހަގު ހެޔޮކޮށް ގިނަ ކާބޯތަކެތީގެ ބާވަތްތަކެއް އަތްލާ ގެންގުޅޭ ސާމާނުގެ އިތުރުން އާންމުގޮތެއްގައި ރޯދަމަހުގައި ބޭނުންކުރާނެ ހުރިހާ ސާމާނެއް ހިމެނޭގޮތުގެމަތިން ފުދޭ ވަރަކަށް ބޮޑު ޑިސްކައުންޓެއް މިކޮޅުން ދެމުންގެންދާނެ" ރައްޝާން ވިދާޅުވި އެވެ. 

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައިި ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާއިރު، 500 ރުފިޔާއިން މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ގުރު ނެގުމަށް ނިންމާފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް