18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އިރާން-އިޒްރޭލް

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

  • 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ ފަހުން އީރާނުން ގެންދަނީ އިޒްރޭލް ވުޖޫދުގައި އޮތުމަށް ފާޅުގައި ދެކޮޅުހަދަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 18:58 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ -- ގޫގުލް

އިޒްރޭލަކީ ކެންސަރު ޖެހިފައިވާ ޓިއުމަރެއް ކަމަށް ވިދާޅުވެ، އަދި އިޒްރޭލާއި ދެކޮޅަށް ފަލަސްތީނުން ހިންގާ އިންތިފާޟާ އަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއިދު ކުރައްވައިފިއެވެ.

ޚާމަނާއީ މި މޭރުމުން ވާހަކަފުޅުދެއްކެވީ ފަލަސްތީނު ރައްޔިތުންގެ އިންތިފާޟާ ހަރަކާތްތަކަށް ތާއީދުކޮށް އީރާނުން ބާއްވަމުންދާ ހަވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަންގާރަ ދުވަހު ތަގްރީރު ކުރައްވަމުންނެވެ. ޚާމަނާއީ ވިދާޅުވީ ކެންސަރަށް ބަދަލުވެފައިވާ ޓިއުމަރު ފަލަސްތީނުގެ ބިމުގައި އިންދީއްސުރެ ދަނީ ބޮޑުވަމުން ކަމަށާއި، އިންތިފާޟާގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ސަބަބުން މިހާތަނަށް މުހިންމު ކަންކަން ހާސިލްކުރެވިފައިވާ ކަމަށެވެ.

އިންތިފާޟާގެ ހަރަކާތްތަކަށް ތާއިދު ކޮށް އިރާނުން ބޭއްވި ކޮންފަރެންސްގައި 80 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ ފަހުން އީރާނުން ގެންދަނީ އިޒްރޭލް ވުޖޫދުގައި އޮތުމަށް ފާޅުގައި ދެކޮޅުހަދަމުންނެވެ.

އިރާނުގެ ދައުލަތުގެ މީޑިޔާއިން ދުރަށް ދެއްކި ޚާމަނާއީގެ ތަގުރީރުގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ އިޒްރޭލު ވުޖޫދުން ފޮހެލުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުވާން ޖެހޭ ކަމަށާއި، "ޓިއުމަރާއި" އެއްވަރަށް، އެއާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް އިތުރުވާން ޖެހޭ ކަމަށެވެ.

ޚާމަނާއީ ތަގުރީރު އަޑުއައްސަވަން އީރާނުގެ ރައީސް ހަސަން ރޫހާނީއާއި، އީރާނު ޕާލަމެންޓްގެ ރައީސް އަލީ ލަރިޖާނީއާއި، ޖުޑީޝަރީގެ ވެރިޔާ އާޔަތުﷲ ސާދިގް ލަރިޖާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް