22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ކިމް ޖޮންގ ނަމްގެ މަރު

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

  • މެލޭޝިއާގެ ފުލުހުން ބުދަ ދުވަހު ވަނީ ކިމް އަވަހާރަކޮށްލާފައިވާ ގޮތުގެ ތަފްސީލް ހާމަ ކުރައްވާފަ
އަބުދުﷲ މުހައްމަދު | 8Abbo

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 17:07 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައިވަނީ ކުއާލަ ލަމްޕޫރުގެ އެއާޕޯޓްގައި އޭނާގެ ހަށިގަނޑަށް ވިހައެއް ލައިގެން -- ގޫގުލް

އުތުރުކޮރެއާގެ ރައްޔިތަކު މަރާލުމުގައި މެލޭޝިއާއިން ޒިންމާވާން ޖެހޭނެ ކަމަށާއި އެ ގައުމުން މިހާރު މަސައްކަތް ކުރަނީ ހަށިގަނޑު އެ ގައުމާ ހަވާލުނުކޮށް އެކަން ސިޔާސީ ކުރަން ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ.

ނަމަވެސް އެގައުމުން ކިމް ޖޮންގ ނަމްގެ ނަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ ނަމްގެ އެއްބަފާ ބޭބެ ކިންގް ޖޮމް ނަމް އަވަހާރަކޮށްލުމާ ގުޅިގެން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން މިފަދަ ވާހަކައެއް ފެނުނު ފުރަތަމަ ފަހަރެވެ.

ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައިވަނީ ކުއާލަ ލަމްޕޫރުގެ އެއާޕޯޓްގައި އޭނާގެ ހަށިގަނޑަށް ވިހައެއް ލައިގެންނެވެ.

އޭނާގެ މަރުގެ މައްސަލައިގައި އުތުރުކޮރެއާގެ އެތައް ރައްޔިތުންނެއް ގެންދަނީ ހޯދަމުންނެވެ.

އޭގެ ތެރޭގައި ކުއާލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީއަކުވެސް ހިމެނެއެވެ. އޭގެ އިތުރުން އެ ގައުމުގެ ދައުލަތުގެ އެއާލައިން އެއާކޮރްއޯގެ މުވައްޒަފަކުވެސް ހިމެނެއެވެ.

އުތުރު ކޮރެއާއަށް ނިސްބަތްވާ އެކަކު މިހާރުވެސް ހައްޔަރުކޮށްފައިވާއިރު ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހަކު މިހާރު މެލޭޝިއާ ދޫކޮށް ގޮސްފައިވާ ކަމަށް ވަނީ ބެލެވިފައެވެ. މެލޭޝިއާގެ ފުލުހުން ބުދަ ދުވަހު ވަނީ ކިމް އަވަހާރަކޮށްލާފައިވާ ގޮތުގެ ތަފްސީލް ހާމަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް