18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެމެރިކާގެ އިމިގްރޭޝަން ގައިޑް

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

  • މެކްސިކޯގެ ފޮރިން މިނިސްޓަރ ލުއީސް ވިޑޭގްރޭ ވިދާޅުވީ އެންމެ ގައުމަކަށް އަސަރުކުރާގޮތަށް ނިންމާ އެފަދަ ނިންމުމެއް ބަލައި ނުގަނެވޭކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 16:36 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އާ ޕްލޭންގައި ވާގޮތުން ގަވައިދާ ޚިލާފަށް އެމެރިކާގައި އުޅެމުންދާ މީހެއްނަމަ ޑީޕޯޓްކޮށްލެވޭނެ -- އޭއެފްޕީ

ލިޔެކިއުން ނެތް އެމެރިކާގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ ރައްޔިތުން ފޮނުވާލުމަށް އެމެރިކާއިން އަލަށް އެކުލަވާލި ގައިޑްލައިނަށް މެކްސިކޯއިން ދެކޮޅުހަދައިފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަންގާރަ ދުވަހު އާއްމުކުރި އާ ޕްލޭންގައިވާ ގޮތުން ގަވައިދާ ޚިލާފަށް އެމެރިކާގައި އުޅެމުންދާ މީހެއްނަމަ ޑީޕޯޓްކޮށްލެވޭނެއެވެ.

މެކްސިކޯގެ ފޮރިން މިނިސްޓަރ ލުއީސް ވިޑޭގްރޭ ވިދާޅުވީ އެންމެ ގައުމަކަށް އަސަރުކުރާގޮތަށް ނިންމާ އެފަދަ ނިންމުމެއް ބަލައި ނުގަނެވޭކަމަށެވެ.

މި ވާހަތައް އައިސްފައި މިވަނީ އެމެރިކާގެ އިސް ދެ އޮފިޝަލަކު މެކްސިކޯއަށް ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވަމުން ދަނިކޮށެވެ.

ވައިޓް ހައުސްއިން ބުނީ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އަދި ހޯމް ލޭންޑް ސެކިއުރިޓީގެ ވެރިޔާ ޖޯން ކެލީ،އާ އިމިގްރޭޝަން ގައިޑްލައިން އާ ބެހޭގޮތުން މެކްސިކޯގެ އޮފިޝަލުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައި މިހާރުވެސް އަމަލުކުރަމުންދާ އެމެރިކާގެ އިމިގްރޭޝަން ގާނޫނު ތަންފީޒު ކުރުންވެސް ހިމެނެއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ވާގޮތުން ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެވެފައި ހުރި މީހެއް ނަމަވެސް އެ މީހަކު މެކްސިކޯއަށް އަނބުރާ ފޮނުވާލެވޭނެއެވެ.

ނަމަވެސް މެކްސިކޯއިން އެހެން ގައުމުތަކުގެ ރައްޔިތުން ގަބޫލުކުރުމަށް އެމެރިކާއަށް ބާރު އެޅިދާނެކަން ނުވަތަ ނޫންކަން ސާފެއްނުވެއެވެ.

މެކްސިކޯގެ ފޮރިން މިނިސްޓަރ ބުދަ ދުވަހު ވިދާޅުވީ "އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،އަޅުގަނޑުމެން ނުޖެހޭ ގަބޫލު ކުރާކަށް،އަދި އެއީ އަޅުގަނޑުމެންގެ މަސްލަހަތެއް އޮތް ކަމެއް ނޫން" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް