21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފ. އަތޮޅު ވިއްކާލުން

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

  • ސައުދީ ރަސްގެފާނު އެންމެ ބޮޑަށް ޝައުޤުވެރިވަނީ ފ. ހިމިތި ބައްލަވައިގަތުމަށް
  • ސަރުކާރުން ވަނީ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ދެކޮޅުހަދާފަ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 14:51 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ފ. އަތޮޅު މަގޫދޫ -- ގޫގުލް

މުޅި ސޯޝަލް މީޑިއާއަށް ބެލިކަމުގައިވިނަމަވެސް، އަދި އެހެންގޮތަކުން މީހަކާއި ވާހަކަދައްކާލެވުނަސް ދެކެވެނީ އެންމެ ވާހަކައެކެވެ. ފ. އަތޮޅު ވިއްކާލާ ވާހަކައެވެ. ސައުދީ ރަސްގެފާން އެ އަތޮޅު ބައްލަވައިގަންނަވަން ޝައުގުވެރިވާ ވާހަކައެވެ.

 

މިހާތަނަށްވެސް ސަރުކާރުގެ ފަރާތުން ޕްރޮޖެކްޓާއި ގުޅޭގޮތުން މާބޮޑު ތަފްސީލްތަކެއް ހާމަކޮށްފައިނުވާތީ، ސަރުކާރުން ސައުދީ ރަސްގެފާނަށް ވިއްކާލަން އުޅެނީ މުޅި ފ. އަތޮޅުކަމެއް، ނުވަތަ ފ. އޮތޮޅުގެ ބޮޑު ސަރަހައްދެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ޔަޤީންވާ ކަމަކީ، ފ. އަތޮޅުގެ ކޮންމެވެސް ސަރަހައްދެއް ވިއްކާލުމަށް ނިންމާފައިވާކަމެވެ. ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މަގޫދޫގައި ހުންނަވާ ދެއްކެވި ވާހަކަފުޅުން ފ. އަތޮޅު ނުވަތަ ފ. އަތޮޅުން ބައެއް ނަމަވެސް ސައުދީ ރަސްގެފާނަށް ވިއްކާލުމަށް ނިންމާފައިވާކަން ދޭހަވެއެވެ.

 

ކޮންމެއަކަސް ތިރީގައި މި ބަލާލަނީ، ފ. އަތޮޅާއި ގުޅޭގޮތުންނާއި، އެ އަތޮޅު އެކުލެވިގެންވާގޮތާއި، މިހާތަނަށް ފ. އަތޮޅު ވިއްކާލުމަށް ކުރެވިފައިވާ މުއާމަލާތްތަކާއި ގުޅޭގޮތުން ލިބިފައިވާ މަދު މައުލޫމާތުތަކަށެވެ.

 

ފ. ނިލަންދޫ، ނިލަންދޫ އަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް -- ފޮޓޯ: ގޫގުލް

 

ވިއްކާލުމަށް ހަމަޖެހިފައިވަނީ ފ. އަތޮޅުގެ ބައެއް ފަޅުރަށްތަކާއި، ފަރުތައް.

 

ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ސައުދީ ރަސްގެފާނަށް ވިއްކާލުމަށް ހަމަޖެހިފައިވަނީ، ފ. އަތޮޅުން ބައެކެވެ. އަދި އެ ސަރަހައްދު ވިއްކާލުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރު ޤާނޫނު އަސާސީއަށް ދިވެހިރާއްޖޭގެ ބިންތައް ވިއްކާލެވޭގޮތަށް އިތުރުކުރި މާއްދާގެ ދަށުން ކަމަށް އެނގިފައިވެއެވެ. އަދި އެ ޤާނޫނުގެ ބައެއް މާއްދާތައް މާނަކޮށް، އަތޮޅުގެ އެންމެ ފަރަކާއި، ފަޅު ރަށެއް ވިއްކާލުމުގެ ބަދަލުގައި އެ އަދަދަށްވުރެ އިތުރަށް ސައުދީގެ ޝާހީ އާއިލާއަށް އެ އަތޮޅުން ރަށްތަކާއި، ފަރުތައް ވިއްކާލުމަށް ހަމަޖެހިފައިވެއެވެ.

 

އެނގިފައިވާގޮތުގައި، ފ. އަތޮޅުގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން މީހުން ހުސްނުކުރާއިރު، މުޅިންވެސް ވިއްކާލުމަށް ހަމަޖެހިފައިވަނީ ފަޅުރަށްތަކާއި، ފަރުތަކެވެ. ނަމަވެސް މި މުއާމަލާތްތަކާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައިނުވާތީ އެކަމާއި، މައުލޫމާތުތައް ކަށަވަރުކުރެވިފައެއް ނުވެއެވެ.

 

ސައުދީ ރަސްގެފާނު އެންމެ ބޮޑަށް ޝައުޤުވެރިވަނީ ފ. ހިމިތި ބައްލަވައިގަތުމަށް.

 

އެނގިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ފ. އަތޮޅު ހިމިތި ބައްލަވައިގަތުމަށް ސައުދީ ރަސްގެފާނު ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދެއްވައެވެ. ފ. އަތޮޅު ހިމިތިއަކީ، ބޮޑު ފަޅެއް ހިމެނޭ ރަށެކެވެ. ފ. އަތޮޅު ހިމިތިއަކީ ކުރިން މީހުން ދިރއުޅުނު ރަށެކެވެ.

 

ހިމިއްޗަކީ 14 މެއި 1970 އާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. އެރަށުގައި ދިރިއުޅެމުންދިޔަ މީހުން އެކި ރަށްރަށަށް ހިޖުރަކޮށް އެރަށުގައި އެންމެފަހުން ތިބި 23 މީހުން އެރަށުން ފައިބާ އެރަށް ފަޅުވެފައިވަނީ މިދެންނެވި ތާރީޚުގައެވެ. އެރަށުގެ ގިނަމީހުން ހިޖުރަކޮށްފައިވަނީ މާލެ އަތޮޅު މާފުއްޓަށާއި ފ. އަތޮޅު ފީއަލި، ނިލަންދޫ އަށެވެ. މިނޫން ބައެއް ރަށްރަށަށްވެސް އެރަށުގެ ބައެއް މީސްމީހުން ހިޖުރަކޮށްފައި ވެއެވެ. ހިމިތީން މީހުން ފޭބި ސަބަބެއް ކަމުގައިވަނީ އެރަށުގައި މީހުން މަދުވެ ދިރިއުޅުމަށް ދަތިވެގެންނެވެ.

 

ހިމިއްޗަކީ މީހުން ދިރިއުޅުނުއިރު އެރަށުގައި ދުއްވި އޮޑިފަހަރު ސިލޯނަށާއި، އިންޑިޔާއަށް އަދި ބަންގާޅަށް ދަތުރުކޮށްގެން މުދާގެނެސްފައިވާ ރަށެއް ކަމަށް ބުނެވޭ ރަށެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތަކީވެސް ހިމިތީ ބޭފުޅެކެވެ.

 

ހިމިތީގެ އިތުރުންވެސް އެ ސަރަހައއްދުގެ ބައެއް ފަޅުރަށްތައް ބައްލަވައިގަތުމަށް ސައުދީ ރަސްގެފާނުގެ ފަރާތުން ހުށަހަޅާފައިވާކަމުގެ މައުލޫމާތުތައް ވަނީ ލިބިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށްވެސް މި މައުލޫމާތުތައް ސިއްރުކޮށްފައިވާތީ، މާ ބޮޑު ތަފްސީލްތަކެއް ނޭނގެ އެވެ.

 

ސަރުކާރުގެ ފަރާތުން ފ. އަތޮޅާއި ގުޅޭގޮތުން އިތުރު މައުލޫމާތުތައް ހާމަކުރަންޖެހެއެވެ. އަދި އެ އަތޮޅުގެ ރައްޔިތުންނާއިވެސް ހިއްސާކުރަންޖެހެ އެވެ. ފ. އަތޮޅުން ބައެއް ވިއްކާކަމުގައިވާނަމަވެސް، އެ ވިއްކުމަށް ހަމަޖެހިފައިވަނީ ކޮން އުސުލެއްގެ ދަށުންކަމާއި، ފ. އަތޮޅުގައި ސައުދީ ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންކަމެއްކަން ހާމަކުރަންޖެހެ އެވެ. ދައުލަތަށް ލިބޭ ފައިސާގެ ތަފްސީލްތައްވެސް ހާމަކުރަންޖެހެ އެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހާމަކުރުމުގެ ބަދަލުގައި، ފެންނަނީ ސަރުކާރުން ހުރިހާ ކަމެއްވެސް ސިއްރުން ކުރަމުންގެންދާތަނެވެ. އެކަމުގެ ނަތީޖާވެސް ފަހުން ހިތިވާނެކަމަށް ގަބޫލުކުރަންޖެހެ އެވެ.

 

ފ. އަތޮޅުގެ މައުލޫމާތު:

 

  • ފ. އަތޮޅު އެކުލެވިގެންވަނީ 23 ރަށުގެ މައްޗަށް.
  • ފ. އަތޮޅުގެ އާބާދީއަކީ 4119.
  • ވެރިކަން ކުރާ ރަށަކީ ފ. ނިލަންދޫ.
  • ފ. އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެއް

 

މީހުން ދިރިއުޅެނީ 05 ރަށުގައި، އެރަށްރަށަކީ:

  • ފީއަލީ
  • ބިލެއްދޫ
  • މަގޫދޫ
  • ދަރަނބޫދޫ
  • ނިލަންދޫ

 

ފ. އަތޮޅުގައި ހުރި ފަޅުރަށްރަށް:

  • ފިލިތެޔޮ (މިހާރު ރިސޯޓެއް)
  • މަކުނުއެރި
  • ބަޑިދުއްފުށީ ފިނޮޅު
  • ހިމިތި (ކުރިން މީހުން އުޅުނު ރަށެއް)
  • އެބުލުފުށި
  • ވޮށިމަސްފަރު ފިނޮޅު
  • މާފުށި (ޕިކްނިކް އައިލެންޑެއް)
  • މަގޫދޫ ބޮޑުފިނޮޅު (2004 ޑިސެމްބަރގެ ސުނާމީ ކާރިޘާގައި ނެތިދިއުމަށްފަހު އަލުން އުފެދެން ފަށާފައި)
  • މަޑިވަރު ހުރާ(ފިނޮޅު)
  • ޖިންނަތު ގައު
  • ކަނޑުމޫނުފުށި
  • މާވަރު ހުރާ
  • ގާހުރާ
  • އަދަން ގައު
  • ދިގުވަރު
  • ވިލިގިލިވަރު ފިނޮޅު
  • މިނިމަސްގަލި
  • ފާނުމާހުރާ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް