22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ވާވޭ ޕީ30 ސީރީޒްގެ ފޯނުތައް

ފަހުގެ ވާވޭ ޕީ30 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރ އުރީދޫ އިން ނަގަނީ

  • ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ހާއްސަ ޕްލޭންތަކެއް އުރީދޫ އިން ވަނީ ތައާރަފުކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 4 އޭޕުރިލް 2019 | ބުރާސްފަތި 18:48 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ފަހުގެ ވާވޭ ޕީ30 ސީރީޒްގެ ފޯނުތައް -- އުރީދޫ

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލާ ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ހާއްސަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއް ގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ޕީ30 ސީރީޒްއަށް ޚާއްޞަ ޕްލޭންތައް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށާއި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތައް ހިމެނޭ ކަމަށް އުރީދޫ އިން ބުނެއެވެ.

"ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަވަދުވެސް މަސައްކަތް ކުރަމުންދަނީ، މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތައް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް. އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަ ކޮށްދިނުމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށާއި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް