22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

މަޖިލީހުގެ މެޖޯރިޓީ ނުލިބެއްޖެ ނަމަ ސަރުކާރު ނޭވާ ހޮޅިއަށް އެޅޭނެ!

  • މަޖިލީހުގެ އަގުލަބިއްޔަތު ރައީސް ސޯލިހުގެ ވެރިކަން ދިފާއުކޮށްދޭނެ ފަރާތްތަކަށް ލިބުން މުހިންމު
  • ޖޭޕީ މަސައްކަތްކުރަމުން އަންނަނީ އިދިކޮޅު ފަރާތްތަކާ އެކު
އަލީ ޔޫސުފް | AliYooosuf

| 4 އޭޕުރިލް 2019 | ބުރާސްފަތި 18:07 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީޙުގެ ކެމްޕެއިންގައި -- އެމްޑީޕީ

އުސޫލެއްގެ ގޮތުން ޑިމޮކްރަސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ރައްޔިތުން ތަމްސީލްކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ މަޖިލީހަކީ އެންމެ ވަރުގަދަ ބާރެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު ކަން ހިނގައިދިޔަ ގޮތުން މަޖިލީހަކީ ދައުލަތުގެ ހަތަރު ބާރުގެ ތެރެއިން ބަލިކަށި ބާރެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަ ވެދާނެއެވެ. އެކަން އެގޮތަށް މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ހުދު މުޚްތާރު ވެރިކަމަށް ވުމެވެ. އެހެންކަމުން ބާރުތައް އެމަނިކުފާނުގެ އަތްދަށަށް ލެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ހަނިކުރެއްވީއެވެ.

ޑިމޮކްރަސީގެ އުސޫލްތައް ހިނގާ ނަމަ ސަރުކަރުގައި އެންމެ ބާރުގަދަ އެއް މުއްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. ސަރުކާރެއް ދެމެހެއްޓުމަށްޓަކައި މައި ތަނބަކީ މަޖިލިސް ކަމަށްވާ އިރު ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުން ވެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ ސަރުކާރު ދެމިއޮތުމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ދެން އޮތް އޮތް ސުވާލަކީ ސަރުކާރަށް މެޖޯރިތީ ލިބުމަކީ ކޮބައި ހެއްޔެވެ؟ މިއީ ހަތަރު ފިކުރެއް އެކުވެގެން އުފައްދާފައިވާ ސަރުކާރަކަށް ވުމުން އެ ހަތަރު ފިކުރު އެއްކޮށްލުމުން މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރަށް މެޖޯރިޓީ ލިބުން ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

ނޫނެކެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކާ އެކު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކުން މައްސަލަތަކަށް ހައްލެއް ލިބޭކަން ނެތެވެ. އަދި ސަރުކާރު ދިފާއުކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ވެސް ނުލިބޭނެއެވެ. އޭގެ އެއް މިސާލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮންމެހެން ފާސްކުރައްވަން ބޭނުންފުޅުވި ބިލްތަކެއް މަޖިލީހުގައި ފާސްނުވެ އޮތުމެވެ. އެކަން ނުވެ އޮތީ ޖޭޕީން އެކަން ކުރަން ދެކޮޅު ހަދާތީއެވެ. އެހެންކަމުން ސަރުކާރަށް މެޖޯރިޓީ ލިބުން މާނަކުރަންޖެހެނީ ޖޭޕީގެ ގިނަ ގޮނޑިތަކެއް ނުހިމަނައެވެ. ޖޭޕީގެ ޓިކެޓްގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރިވާނެ ކަމަށް ވަރަށް ޔަގީންކުރެވޭ ބައެއް ކެންޑިޑޭޓުން އެބަ ތިއްބެވެ.  

އެމްޑީޕީ އާއި އެމްއާރުއެމް އަދި އަދާލަތު ޕާޓީގެ މެންބަރުންގެ އިތުރުން ޖޭޕީގައި ތިއްބެވި ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުންނާ އެކު  މަޖިލީހުގެ މެޖޯރިޓީ ނުލިއްޖެ ނަމަ ސަރުކާރު ދެމިއޮތުމާ މެދު ސުވާލު އުފެދޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން މަޖިލީހުގެ ތެރެއިން ސަރުކާރުގެ ބިލްތައް ފެއިލްކޮށްލުމާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ނެގުމާއި އަދި އެކަށީގެންވާ އަދަދެއް އިދިކޮޅަށް ހަމަވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަކީ ވެސް ނުކުރާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. އިދިކޮޅުގައި ތިބި ފަރާތްތައް ވެރިކަމަށް ދަހިވެތިވެފައި ތިބިލެއް އެއަށް ވުރެ މާ ބޮޑެވެ. އަދި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މި ވަގުތު އޮތް ޖޭޕީގެ ލީޑަރުގެ ދަހިވެތިކަން ވެސް މާބޮޑެވެ.

މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބައިއަތު ހިއްޕަވައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކުއެވެ. އެހެންކަމުން މަޖިލީހަށް ހޮވިވަޑައިގަތުމުން ވެސް އެމަނިކުފާނާއި އެ މަނިކުފާނަށް ތަބާވާ މެންބަރުން މަސައްކަތްކުރައްވާނީ އެ ގޮތުގައި ކަމަށް ޔަގީނާ ގާތެވެ. އެހެންކަމުން އިދިކޮޅުން ބޭނުންވާ ކަންކަން ޖޭޕީން ވެސް މަގުފަހިކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެމްޑީޕީ އަށް ނުވަތަ ރައީސް ސޯލިހަށް ވަފާތެރި ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެންދާ އިރު އިދޮޅުން ޖޭޕީ ބޭނުންކުރާނީ ސަރުކާރު ގަންބާލުމަށް ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް