22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެމްޑީޕީ

ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ ޢައުލަބިއްޔަތު ލިބެން ޖެހޭ

  • ސަރުކާރެއް ހިންގުމާ ހަވާލުވެ ތިބޭ ބަޔަކަށް މަޖިލީހުގެ ޢަޢުލަބިއްޔަތު މުހިންމުވާނެ
އަލީ ސަމާޚް | AliSamah8

| 4 އޭޕުރިލް 2019 | ބުރާސްފަތި 12:36 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ސޯލިހުއާ ރައީސް ނަޝީދު ކެމްޕޭނު ދަތުރުފުޅެއްގައި -- ޓްވިޓަރ

އިންތިހާބަށް ވަގުތު ކުޑަތަން ވެއްޖެއެވެ. މިހާރު ފެންނަނީ ޕާޓީތަކުގެ ފަހު ބަސް ބުނާތަނެވެ. ވެފައިވާ ވައުދުތައް ރައްޔިތުންނަށް ހަނދާން ކޮށްދެމުން ގެންދާތަނެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީތަކުން ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އެމްޑީޕީއަށް ވުރެ ބޮޑަށް ކެމްޕެއިންގެ އިންތިޒާމްތަކާ، ހަރަކާތްތައް ރަގަޅު ކުރަން މަސައްކަތްކުރާ ޕާޓީއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.  

ފާއިތުވެގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުމުން އެޕާޓީއަށް އަދި އެޕާޓީގެ ވެރިކަމުގައި އޮތް އިރު ކަންހިނގާދިޔަ އެންމެނަށް އެނގެއެވެ. ސަރުކާރެއް ހިންގުމާ ހަވާލުވެ ތިބޭ ބަޔަކަށް މަޖިލީހުގެ ޢަޢުލަބިއްޔަތު މުހިންމުވާނެއެވެ.

ނެތުމުން އުޅެން ޖެހުނު ހާލު އެ ޕާޓީއަށް ވުރެ ރަނގަޅަށް އެގޭ ބަޔަކު ތިބޭނެ ކަމާއި މެދު ޝައްކެތް ނެތެވެ. 2009 ވަނަ އަހަރު އޮތް މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ މެންބަރުން ނިކުމެ ވާދަކުރި އިރު އެޕާޓީ އޮތީ ވެރިކަމުގައެވެ.  

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން އެ ޕާޓީ މިއަދު އެވަނީ އެނބުރި ވެރިކަމަށް އައިސްފައެވެ. އެތައް އަހަރު ތަކެއް ވަންދެން އެޕާޓީގެ މެމްބަރުންނަށް އަނިޔާ ލިބިއްޖެއެވެ. ސިޔާސީ ކަންކަމުގައި އުޅުނު އެތައް ދިވެހިންނެއް ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި މީގެ ކުރިން ތިބެންޖެހުނެވެ. މަޖިލީސް އިންތިހާބު ކެމްޕެއިން އެމްޑީޕީން ފެށީ ވަރަށް ފޯރިއާއެކު އެޖެންޑާއެއް އޮވެގެންނެވެ.

 ޕާޓީގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ފަހުއެވެ. ޕްރައިމަރީ ގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހި ވަޑައިގަތް ގިނަ ކެންޑިޑޭޓުން ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓުން ފަހަތަށް އެރިއެވެ.

  އެމްޑީޕީން މި ފަހަރު މަޖިލީހުގެ ކެމްޕޭން ފެށީ  ''އެޖެންޑާ 19''ގެ ނަމުގައެވެ.  އެއީ އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ގާނޫނީ އޮނިގަނޑެވެ. އެއީ އެ ޕާޓީން ދޮރަށް ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލުތައް އަޑުއެހުމަށް ފަހު ދިރާސާކޮށްގެން ހަދާފައިވާ އޮނިގަނޑެކެވެ. ފެނާއި ކަރަންޓު އަގުހެޔޮކުރުމާއި، މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުމަކީ ހައްތަހާވެސް އެޖެންޑާ 19 ގައި ހިމެނޭ ކަންތައްތަކެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންތައްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް