19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ގައުމީ ކެރަމް މުބާރާތް

ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

  • ފިރިހެން ސިންގަލްސްގެ ސެމީ އަށް ދަތުރުކުރީ ނާޒިމް، ޖަލާލް، އަލީ އާޒިމް އަދި އަޒްމީން
  • އަންހެން ބައިގެ ސެމީން ޖާގަ ހޯދީ ވިޝާމާ، ޝުބާ، އައިޝަތު ފައިނާޒް އަދި އާމިނަތު ވިދާދް
ލީވާން އަލީ | MrLeevaan

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 13:54 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ގައުމީ ކެރަމް މުބާރާތުގެ ތެރެއިން -- ރާއްޖެއެމްވީ

ހަތާވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ސެމީފައިނަލަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލަށް ދަތުރުކުރީ ހަސަން ނާޒިމް، އަހުމަދު ޖަލާލް އަލީ، އަލީ އާޒިމް އަދި އިސްމާއިލް އަޒްމީން އެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ކުއާޓާގެ ނަތީޖާތަކަށް ބަލާއިރު، ހަސަން ނާޒިމް ވަނީ އިބްރާހިމް ހާތިމްގެ މައްޗަށް ދެ ސެޓް އެއް ސެޓުން ކުރިހޯދާފައެވެ. އަހުމަދު ޖަލާލް ސީދާ ދެ ސެޓުން އަލީ ހަސަންގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދިއިރު، އާދަމް އަދީލްގެ މައްޗަށް އަލީ އާޒިމް ވަނީ ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. އަދި ޔަމާން އަބްދުލް ޖަލީލްގެ މައްޗަށް އިސްމާއިލް އަޒްމީން ކުރިހޯދީ ދެ ސެޓް އެއް ސެޓުންނެވެ.

ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ހަސަން ނާޒިމް ނިކުންނާނީ އަހުމަދު ޖަލާލް އަލީއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި އަލީ އާޒިމް ނިކުންނާނީ އިސްމާއިލް އަޒްމީންއާ ދެކޮޅަށެވެ.

މުބާރާތުގެ އަންހެން ބައިގެ ސެމީން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އާމިނަތު ވިޝާމާ، އާމިނަތު ޝުބާ އާދަމް، އައިޝަތު ފައިނާޒް އަދި އާމިނަތު ވިދާދް އެވެ.

އަންހެން ސިންގަލްސްގެ ކުއާޓާގެ ނަތީޖާތަކަށް ބަލާއިރު، އާމިނަތު ނައުފާގެ މައްޗަށް އާމިނަތު ވިޝާމާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އައިޝަތް ޒުލްފިޝާންގެ މައްޗަށް އާމިނަތު ޝުބާ އާދަމް ސީދާ ދެ ސެޓުން ކުރިހޯދިއިރު، ފާތިމަތު ރަޔާނާގެ މައްޗަށް އައިޝަތު ފައިނާޒް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އަދި ޖުމާނާ ހަލީލްގެ މައްޗަށް އާމިނަތު ވިދާދް ކުރިހޯދީ ދެ ސެޓް އެއް ސެޓުންނެވެ.

ސެމީގައި އާމިނަތު ވިޝާމާއާ ދެކޮޅަށް އާމިނަތު ޝުބާ އާދަމް ނިކުންނައިރު، އާމިނަތު ވިދާދް ނިކުންނާނީ އައިޝަތު ފައިނާޒްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް