24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރިޕޯޓް

ހިޔާނާތްތެރިންނޭވެ، ފޮރުވަން އުޅުނަސް ދެނެއް ނުފޮރުވޭނެ އެވެ.

  • ޔާމީން ސަރުކާރުގެ ހިޔާނާތުގެ އެތައް ވާހަކަތަކެއް
ހުޝާމް މުހަޢްމަދް | hirigaahusham

| 3 އޭޕުރިލް 2019 | ބުދަ 16:20 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އައިޖީއެމްއެޗް އާ އިމާރާތް -- ފޮޓޯ: މުހައްމަދު ޝަރުހާން

ވައްކަމާ ކޮރަޕްޝަނުގެ ސަބަބުން ގައުމެއް ހަލާކުވާންވީ ވަރަށް މިއޮތީ ހަލާކުވެފައެވެ. ގެޔަށް ވަންނަ ފައިސާއަކީ ހަލާލު ފައިސާތޯ ނުވަތަ ހަރާމް ފައިސާތޯ ވެސް ޚުދު އަނބިމީހާ ވެސް ސުވާލު ނުކުރާނެ ކަމަށް ގަބޫލު ކުރެއްވި ބޭފުޅުންނަށް ގައުމުގެ ބާރު ފަސް އަހަރަށް ނަމަވެސް ލިބުނީމާ ވާނެ އެއްޗެއް ވެގެން ދިޔައީއެވެ. ކުރާނެ ކަމެއް ނެތެވެ. 

ސިއްހީ ނިޒާމު ހަރަުދަނާކޮށް ޚިދުމަތް ރަގަޅުކުރި ވާހަކަ ޔާމީންގެ ސަރުކާރުން ގޮވިއެވެ. އައިޖީއެމްއެޗްއާ ޖެހިގެން ބޮޑު އިމާރާތެއް ޔާމީނު ސަރުކާރުން އަޅައިފައި އެބަހުއްޓެވެ. އެ އިމާރާތާއި ގުޅޭ ކޮރަޕްޝަންގެ ވާހަކަ ރީތިކޮށް ތިލަކޮށް އެންމެ ފަހުން ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހެވެ. 

ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އިމާރާތް ކުރެވިފައިވާ ތަނެއް ކަމަށެވެ. ނުވަތަ ބިނާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ 54 މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭނެ ތަނެއް ކަމަށެވެ.  ނަމަވެސް އެ އިމާރާތަށް މިހާތަނަށް ޖުމްލަ 220 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 23 މިލިޔަނެއްހާ ޑޮލަރަށް ގަނެވެން ހުރި އިކުއުޕްމަންޓް ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ހައިރާނެއް އިންސާނަކު ނުވާނެ ހެއްޔެވެ؟ މި ދައްކަނީ ސަރުކާރަކުން ކޮށްފައިވާ ކަމެއްގެ ވާހަކައެވެ. 

މި ހަފްތާ އަޅުގަނޑުމެން ކަންފަތުގައި މުޅިން ޖެހެނީ ރައީސް ޔާމީނުގެ ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކޮށްގެން ކޮށްފައިވާ ކަންތައްތަކުގެ ވާހަކައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އަޅާފައި ހުރި ފްލެޓްތަކަކީ ބޮޑު އަގު ދީގެން އަޅައިފައިވާ އިމާރާތްތަކަށް ވިޔަސް އިންސާނުން ދިރިއުޅެން ކަމުދާ ގޮތަކަށް ހަދައިފައިވާ ތަންތަން ނޫންކަން މިހާރު ޔަގީން ވެއްޖެއެވެ. ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ އެ ފްލެޓްތަކުގައި ހުރި ކޮޓަރިތަކުގެ ބޮޑުމިނަކީ 8 ފޫޓް 9 ފޫޓް ކަމަށެވެ. އެނދެއް ބަހައްޓައިފިނަމަ އެކޮޓަރީގައި އުޅޭ މީހާގެ ތަކެތި އަޅަން އަލަމާރި ގަނޑެއް ބަހައްޓާނެ ތަނެއް ނެތް ކަމަށެވެ. 

ގަބޫލު ކުރަން އުނދަގޫ ވިޔަސް މިހާރު އާންމުވަމުން އެދަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ވާހަކައެވެ. ވައްކަމާއި ހިޔާނާތުގެ މޫ ދެމިފައިވަނީ ކިހާ ހިސާބަކަށް ކަން ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ލިބެންޖެހޭ ގާނޫނީ ބާރެއް މަޖިލީހަކުން ނުދިނެވެ. ބާރު ލިބިގެން ބަލަން ހުރި މައްސަލަތައް އިތުރަށް ބަލައިފި ނަމަ ދައްކަން އޮތް ވާހަކަ އަދި މާގިނަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

ރައީސް ޔާމީން ވިދާޅުވާ ގޮތުން އެމަނިކުފާނު މަޖިލީސް ކެމްޕެއިނުގައި ދަތުރުފުޅު ކުރައްވައި ނޫޅުއްވަނީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި ފައިސާ ހިފަހައްޓައިފައި ހުރުމުންނެވެ. ހީވާ ގޮތުން ވިދާޅުވާން އެ އުޅުއްވަނީ އެފައިސާ ބޭނުންފުޅު ކުރެއްވޭ ގޮތްވީނަމަ އިންތިހާބުގައި ފިސާރި ކުޅި ދައްކަވާ ލެއްވީސް ކަމަށެވެ. 

މިއީ އަޅުގަނޑުމެންގެ ގައުމެވެ. މިއީ ހިޔާނާތްތެރިންނާ ވަގުންގެ ގައުމަކަށް ބަދަލުކޮށްގެން ގައުމު ހިންގާކަށް ޖާގައެއް މިއަދަކު ނުލިބޭނެއެވެ. މާޒީއަކީ މާޒީއެވެ. މާޒީގައި ބަޔަކު ހިންގި ޖަރީމާ އަލުން ހިންގުމަށް އަތަށް ބާރުތައް ޖަމާކުރުމަށް ނޫޅުއްވާށެވެ. ދައުލަތުގެ ފައިސާއަށް ވެފައިވާ ހިޔާނާތުގެ ވާހަކަތަކާ ގުޅިގެން ވަމުންދާ އޮރިޔާން ނިވާކުރަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

salhi

3 ހަފްތާކުރިން

vakkan ves kuree dhaulthakah kathaa varakah noon viyya

0
0
އައިސް

3 ހަފްތާކުރިން

އަދި ތިބާ މެނަށް ތިހެން ގޮވޭނެ

1
2