22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެސްޓީއޯ ސުޕަރމާޓް

ޓިއުނީޝިއާގެ 'ޖަދީދާ' މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯއިން ބާޒާރަށް ނެރެފި

  • ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ހާއްސަ އަގުތަކެއްގައި ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 3 އޭޕުރިލް 2019 | ބުދަ 14:53 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޓިއުނީޝިއާގެ 'ޖަދީދާ' މާޖިރީން -- ރާއްޖެއެމްވީ

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަދީދާ މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓް އިން ބާޒާރަށް ތަޢާރަފް ކޮށްފިއެވެ.

އެސްޓީއޯއިން މިވަނީ 5 ސައިޒެއްގެ ޖަދީދާ މާޖިރީން ތަޢާރަފްކޮށް ހެޔޮއަގުތަކެއްގައި ވިއްކަން ފަށާފައެވެ. އަގުހެޔޮކުރި ސައިޒުތަކަށް ބަލާލާއިރު އާންމު ގޭބިސީތަކަށް ޚާއްސަ 250 ގުރާމް، 450 ގުރާމް، 1 ކިލޯ އާއި 2.5 ކިލޯ، އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް 9.5 ކިލޯގެ ޓައްޕު ހިމެނޭ ކަމަށް އެސްޓީއޯއިން ބުންޏެވެ. 

ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި މިއީ މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ އެންމެ އަގުހެޔޮ މާޖިރީން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

ޖަދީދާ މާޖިރީންގެ ރީޓެއިލް އަގުތަކައް ބަލާލާއިރު 250 ގުރާމްގެ ތައްޓެއް 15ރ އަށް، 450 ގުރާމްގެ ތައްޓެއް 22ރ އަށް، 1 ކިލޯގެ ތައްޓެއް 45ރ އަށް، 2.5 ކިލޯގެ ތައްޓެއް 90ރ އަށް އަދި މީގެއިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ޚާއްސަކޮށް 9.5 ކިލޯގެ ޓައްޕެއް 270ރ އަށް ލިބޭނެއެވެ.

ހަމައެއާއެކު ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު ޑިސްކައުންޓް އަގުތަކެއްގައި ޖަދީދާ މާޖިރީން ލިބޭނެ ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

ޖަދީދާ ބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުންނާއި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. 

އެސްޓީއޯ ސުޕަރމާޓްއަކީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަ ބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުން ގެންދާ ފަރާތެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް