22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެސްއެމްއީ ބޭންކް

އެސްއެމްއީ ބޭންކްއާއެކު ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް!

  • މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށް
ސިމާހާ ނަސީމް | sim_kamana

| 2 އޭޕުރިލް 2019 | އަންގާރަ 20:29 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެސްއެމްއީ ބޭންކް -- ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ވަސީލަތްތަކާއި އެ ވިޔަފާރީތައް ކުރިއެރުވަމަށްޓަކައި އެއްބާރުލުން ނުލިބޭ ވާހަކައަކީ  ރައްޔިތުންގެ އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެވެ. ވިޔަފާރީގެ މައިދާނަށް ނުކުންނަށް ބޭނުންވެ ދިމާވާ އެކި ގޮންޖެހުންތަކާއެކު އެ މައިދާނަށް ނުކުމެވި ތިބި އެތައް ގިނަ ރައްޔިތުންނެއް އެބަ ތިއްބެވެ. އެ ރައްޔިތުން އުންމީދު ކުރަމުން ދިޔައީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާ ފަރާތްތަކެކޭ އެއްގޮތަށް އެ މީހުންނަށް ވެސް ވިޔަފާރީގެ މައިދާނުގައި ފައިތިލަ ސާބިތުވެ ކުރިއަރައިގެންދާނެ ދުވަހެއް ފެނިގެން ދިޔުމެވެ. އެސްއެމްއީ ބޭންކްއާއެކު އެ ރައްޔިތުންގެ ޒަމާންވީ ހުވަފެންތައް ހަޤީޤަތަކަށް ވެގެން ހިނގައްޖެ ކަމަށް އެ ރައްޔިތުން ޤަބޫލުކުރެއެވެ.

އެގޮތުން އެސްއެމްއީ ބޭންކް ހުޅުވިގެންދިޔުމާއި ގުޅިގެން ބައެއް ރައްޔިތުން ބުނީ އެސްއެމްއީ ބޭންކް އަކީ ޒުވާނުންނަށް ވިޔަފާރީގެ މައިދާނުގައި ފަހި ފުރުސަތުތައް ހުޅުވާލައިދޭނެ ދޮރެއް ކަމަށާއި އާމްދަނީ ހޯދުމަށްޓަކައި ކުރާ ބައެއް މަސައްކަތްތައް ކަމުގައިވާ ދަނޑުވެރިކަމާއި މަސްވެރިކަން ނަގާ ކޮޅަށް ޖެހުމަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ ވިޔަފާރީގެ މައިދާނަށް ނިކުމެ މަސައްކަތެއް ފަށައިގަންނަން ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބުނު ނުހަނު ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އެސްއެމްއީ ބޭންކް ހުޅުވާފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށެވެ. އެގޮތުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ރަށު ފަތުރުގެ ލޯނާއި, ދަނޑުވެރި ނަފާ ކަމުގެ ލޯނާއި, ހަރުމުދާ ލޯނާއި, ވިޔަފާރީގެ ލޯނެވެ. ރަށު ފަތުރުގެ ލޯނަށް 200,000 ރުފިޔާ އިން ފެށިގެން 5,000,000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭއިރު ދަނޑުވެރި ނަފާ ލޯނަށް ރަހުނަކާއި ނުލާ 75،000 ރުފިޔާ އަދި އަމިއްލަ ފަރުދުންނަށް ގިނަވެގެން 500،000 ރުފިޔާގެ ލިބޭނެއެވެ. މީގެ އިތުރުން ވިޔަފާރީ އެހީ ލޯނަށް 500،000 ރުފިޔާއާއި ހަމައަށް ލޯނު ދޫކުރެވޭއިރު ހަރުމުދާ ލޯނުގެ ގޮތުގައި 100,000 ރުފިޔާ އާއި 3,000,000 ރުފިޔާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. ރަށު ފަތުރު ލޯނާއި ހަރުމުދާ ލޯނާއި ދަނޑުވެރި ނަފާ ލޯނުގައި އިންޓްރަސްޓްގެ ގޮތުގައި އަހަރަކު ނަގާނީ 6 ޕަސަންޓެވެ. ވިޔަފާރީ އެހީގެ ލޯނުގެ ގޮތުގައި އަހަރަކު ނަގަނީ އިންޓްރަސްޓަށް 9.5 ޕަސަންޓެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް މަގު ފަހިކޮށްދީ އެ ވިޔަފާރީތައް ކުރިއެރުވުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސަރުކާރުން ވަނީ މިކަމަށް ހާއްސަ ކުންފުންޏެއް އެސްޑީއެފްސީގެ ނަމުގައި އުފައްދާފައެވެ. މި ކުންފުނީގެ މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖައްސައި ދިނުމެވެ. ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއި ގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ ވެސް މި ކުންފުނީގެ އެއް އަމާޒެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި ބޭންކް މެދުވެރިކޮށް ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސް، ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ފުޅާވުމުގެ މަގު ކޮށިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް