25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އަޒަރުބައިޖާން

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

 • އަލިޔެވާ އަކީ 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރާ "ޔެނީ އަޒާބައިޖާން" އަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެއް
 • އަނބިކަނބަލުން ނައިބު ރައީސް ކަމަށް ގެންނެވީ ގާނޫނަށް ބަދަލު ގެންނަވާ މަގާމު އުފައްދަވައިގެން
 • ނައިބު ރައީސްއަކީ އެ ގައުމުގެ ދެވަނަ އަށް އެންމެ ބާރުގަދަ މަގާމު
އަހުމަދު އަނޫޝު | IamAhmedAnoosh

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 03:20 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރައީސް އިލްހާމް އަލިޔޭވް އާއި ނައިބު ރައީސް އަކަށް އައްޔަން ކުރެވުނު، އަނބިކަނބަލުން މެހްރިބާން އަލިޔެވާ -- ގޫގުލް

އަޒަރުބައިޖާން ގެ ރައީސް އިލްހާމް އަލިޔޭވް އެމަނިކުފާނުގެ އަނބިކަނބަލުން ގައުމުގެ ނައިބު ރައީސް ކަމަށް އައްޔަން ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރައީސް އިލްހާމް އަލިޔޭވް ނައިބު ރައީސްކަމަށް އަނބިކަނބަލުން މެހްރިބާން އަލިޔެވާ އައްޔަން ކުރެއްވިއިރު، ރައީސް އިލްހާމް އަލިޔޭވް ވަނީ މިދިޔަ އަހަރު ވަރަށް ގިނަ ހުރަސްތަކާއެކު ގާނޫނަށް އިސްލާހު ގެންނަވާ ނައިބު ރައީސް އެއްގެ މަގާމު އުފައްދަވާފައެވެ.

ނައިބު ރައީސް އަކީ އަޒަރުބައިޖާނުގައި ރައީސްއަށް ފަހު، ދެވަނަޔަށް އެންމެ ބާރުގަދަ މަގާމެވެ.

އުމުރުފުޅުން 52 އަހަރުގެ އަލިޔެވާ އަކީ 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރާ "ޔެނީ އަޒާބައިޖާން" އަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެކެވެ. އަދި ނުފޫޒު ގަދަ "ހައިދަރު އަލިޔޭވް ފައުންޑޭޝަން" ގެ އިސް ވެރިޔާއެވެ.

2004 އިން ފެށިގެން، ނައިބު ރައީސްކަމަށް އައްޔަން ކުރެވުނު އަލިޔެވާ އަކީ އދ ގެ ސަގާފަތާ ބެހޭ އެޖެންސީ ކަމަށްވާ ޔުނެސްކޯގެ ގުޑްވިލް އެމްބެސެޑަރެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް