22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ހަނގާކުރުން/ބުލީ ކުރުން

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

  • ރާއްޖޭގައި 4 ކުދިން ތެރެއިން އެއް ކުއްޖަކު ބުލީގެ ޝިކާރައަކަށްވޭ
ލައިޝާ އަހްމަދު | LailaAhmeds

| 1 އޭޕުރިލް 2019 | ހޯމަ 15:50 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


3 ކުދިން ވެގެން އަންހެން ކުއްޖަކަށް ބުލީ ކުރުން -- ޓްވިޓަރ

ނިމިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހެވެ. މީސްމީޑިއާގައި ނުހަނު ބާރަށް ދައުރުވި ވީޑިއޯއެއް މުޅި ރާއްޖޭގެ ސަމާލުކަމަށް އައި ދުވަހެކެވެ. ވީޑިއޯއިން ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއް ގޮވައިގެން ގޮސް އޭނާގެ މޫނުމަތީގައި ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާ މަންޒަރެވެ. އެވާހަކަ ދުވަސްކޮޅެއް ވަންދެން މުޅި ރާއްޖޭގައި އެންމެ ދެކެވޭ ވާހަކައެއް ގޮތުގައި އޮތް ނަމަވެސް މިހާރު ދިވެހިން އެކަން ހަނދާން ނައްތާލައިފިއެވެ. ދެންވެެސް އޮތީ އެފަދަ ތާރީޚެކެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު މީޑިއާ ތަކުގައި އާންމުވެގެންދިޔަ ޚަބަރެކެވެ. 14 އަހަރުގެ ކުއްޖަކު ބްލީޗު ބޮއެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އެމަޖެންސީ ރޫމްގައި ފަރުވާ ދެވިފައިވާއިރު، އޭނާ ބްލީޗު ބުއީ މަދަރުސާ ތެރެއިން ކުރިމަތިވި ހަނގާކުރުމަށް ކެތް ނުކުރެވިގެން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. ދެން އޮތީ ދާދި މިދާކަށް ދުވަހުގެ ޚަބަރެކެވެ. "އެންޓި-ބުލީނގ" އެމްބެސެޑަރަކަށް ބުލީ ކުރުމުގެ ތާރީޚެއް އޮތް ކަމަށް ބުނާ މީހަކު އައްޔަނު ކޮށްގެން އެކަމާ އެންމެން "ރަތަށް" އެރި ޚަބަރެވެ. އެންމެ ފަހުން އޭނާއަށް އެ މަޤާމު ގެއްލިފައިވީ ނަމަވެސް، މިފަދަ ހާދިސާތައް ހިނގާ މިންވަރާއި، އެއާ ގުޅިގެން އަމިއްލަ ނަފްސަށް ނުވަތަ ފުރާނައަށް ގެއްލުންދޭ ކުދިންގެ އަދަދު މިވަނީ އިތުރުވެފައެވެ. ވުމާއެކު، މިކަމަކީ މިއަދު ޤައުމީ ފެންވަރުގައި މަސައްކަތްކޮށް ހައްލެއް ގެންނަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ.

ރާއްޖޭގެ 4 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބުލީ ނުވަތަ "ގަނާކުރުމުގެ" ގެ ޝިކާރައަކަށް ވާ ކުދިން ކަމަށް 2014 ވަނަ އަހަރު ކުރި "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާރވޭ" އިން ދައްކާފައިވާއިރު، ގަނާ ކުރުން މަދުކުރުމަށް ޔުނިސެފާއި، އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެކަމުންވެސް ދޭހަވެގެންދަނީ ދިވެހި މުޖުތަމައުގައި މި ކުށް "މޫލާފައިވާ" މިންވަރެވެ. އަނގަބަހުންނާއި، ޖިސްމާނީ ގޮތުންނާއި، މީސްމީޑިއާ މެދުވެރިކޮށް ފަދަ އެކި ގޮތްގޮތުން ބުލީ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރެވެ. އެގޮތުން ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް މި ޙައްސާސް މައްސަލައަށް ހައްލެއް ހޯދުން ވަނީ ހިމެނިފައެވެ. ހަޤީޤަތުގައި ވެސް މި މައްސަލަ މުޖުތަމައުގައި އިތުރުވެފައި މިވަނީ ޤައުމީ ފެންވަރުގެ ހައްލެއް ބޭނުންވާ މިންވަރަށެވެ. 

ގަނާ ކުރުން ހުއްޓުވުމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، އެކި މާޙައުލުތަކުގައި ކުޑަކުދިން ގަނާކުރުމުގެ ޝިކާރައަށް ވާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށާއި، އަދި އެ ކަން ހުއްޓުވުމަށް ބެލެނިވެރި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. 

" އެކި މާޙައުލުތަކުގައި ކުޑަކުދިން ގަނާކުރުމުގެ ޝިކާރައަށް ވާ ކަމީ ހިތާމަ ހުރި ކަމެއް، އަދި އެ ކަން ހުއްޓުވުމަށް ބެލެނިވެރި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަންބޮޑު ވާ ފަދަ މައްސަލައެއް. މި އަހަރުގެ މިހައިތަނަށް އެކަނި ވެސް 19 ކުއްޖަކު އެކި ގޮތްގޮތަށް ގަނާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވެގެން މިނިސްޓްރީއަށް ރިޕޯޓުކޮށް، އެހީތެރިކަން ފޯރުކޮށްދެވިފައިވޭ. އަދި ރިޕޯޓު ނުކުރެވޭ މައްސަލަތައް ނުވަތަ ސިއްރިއްޔާތުގައި ހިނގާ މައްސަލަތައް މި އަށް ވުރެ އިތުރު ވާނެ ކަމަށް ގަބޫލުކުރެވޭ." ޝިދާތާ ވިދާޅުވިއެވެ. 

މާލޭގައި 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުން ކިޔަވަން މާލެއަށް ބަދަލުވާ ކުދިންގެ 41 އިންސައްތަ ކުދިންނަކީ ގަނާ ކުރުމުގެ ޝިކާރައަށް ވެފައިވާ ކުދިންނެވެ. ނަމަވެސް ރާއްޖޭގެ ސުކޫލުތަކުގައި 87،300 ކުދިން ކިޔަވާއިރު، އެފަދަ ކަންކަމަށް "ކައުންސިލިންގ" ދިނުަމަށް ރާއްޖޭގައި ތިބީ އެންމެ 60 ކައުންސިލަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވެފައިވެއެވެ. އެއީ ކޮންމެ ކައުންސިލަރަކަށް 1455 ކުދިންނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދިމާވާ ސީރިއަސް މައްސަލައަކަށްވާއިރު، އެކަށީގެންވާ ވަަރަށް ކައުންސިލަރުން ނެތުމަކީ މިކަމަށް ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ކަނޑައަޅައި އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ކަން ދޭހަވާ ކަމެކެވެ. ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުންދީ އަވަސް ހައްލެއް ގެނައުމަށް އަތުކުރި އޮޅާލަން ޖެހިފައިވާކަން ދޭހަވާ ކަމެކެވެ. އަދި އިތުރު ކައުންސިލަރުން ތަމްރީނުކޮށް، ޤާބިލު ތަޖުރިބާކާރުން މިދާއިރާއަށް އިތުރުކުރަންޖެހޭކަން ދޭހަވާ ކަމެކެވެ. 

ބުލީ ކުރުމަކީ ހަަމައެކަނި ބުލީ ކުރި ކުއްޖާއަށް ވިސްނައިދީ، އެކަން ކުރުން ހުއްޓުވުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. ބުލީގެ ޝިކާރައަށްވާ ކުދިން އެތައް ޒަމާނެއް ވަންދެން އެކަމުގެ ނަފްސާނީ ބަލިމަޑުކަމުގައި އުޅެން ޖެހެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ދުނިޔެމަތިން މުޅިން ފޫހިކޮށްލައެވެ. "ޑިޕްރެޝަން" އާއި "އެންޒައިޓީ" ފަދަ ނަފްސާނީ ބަލިތަކަށް މީހާ ހުށައެޅިގެންދަނީ ވެސް މަދަކުން ނޫނެވެ. ވީމާާ، މިކަމަށް ހައްލެއް ގެނައުމަށް ބުލީ ކުރާ ކުއްޖާއާއި އެކަމުގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާއިން ވާހަކަ ދައްކާލައިގެން އެކަން ހުއްޓުވާ ވަރަށްވުރެ ބޮޑެތި ފިޔަވަޅު މިކަމަށް އަޅަން މިވަނީ ޖެހިފައެވެ. ހޭލުންތެރިކަމާއި، އެފަދަ ނަފްސާނީ ބަލިމަޑުކަމަކަށް ވެއްޓިއްޖެނަމަ ދޭނެ ފަރުވާއާއި، އެފަދަ ކުށްކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހެއެވެ. ޤައުމީ ފެންވަރުގެ ބޮޑެތި ހައްލުތަކެއް ގެންނަން ޖެހިއްޖެއެވެ. 

 

 

 

 

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް