22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ރިޕޯޓް

ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

  • ރައީސް ނަޝީދުގެ ސަރުކާރު ހުއްޓުމަކަށް އައީ މަޖިލިސްގެ މެޖޯރިޓީ ނެތުމުން
ހުޝާމް މުހަޢްމަދް | hirigaahusham

| 1 އޭޕުރިލް 2019 | ހޯމަ 15:10 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ސާލިހް މީޑިއާއަކަށް އިންޓަރވިއުއެއް ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރި ރަސްރަސްކަލުންނާ ރައީސުންގެ ވެރިކަން މިގައުމުގެ ދަރިން ދެކެފިއެވެ. ބާރާ ނުފޫޒު ބޭނުންވުމުން ވެރިންގެ މެދުގައި ކަންކަން ހިނގާ ގޮތާ، ވެރިންގެ މެދުގައި އޮންނަ ކޯޅުމާ، މަޖިލީހުގެ މެޖޯރިޓީ ބޭނުންވުމުން ކަން ހިނގާދާ މަންޒަރު އޮތީ ފެނިފައެވެ. ވެރިކަމާ ހިފާ ހިފުމުގައި އާއިލީ ކޯޅުމާ، ވިޔަފާރިވެރިންގެ ނުފޫޒު ކަންކަމުގެ ތެރެއަށް ފެތުރިގެންދާ މިންވަރު ފެނުނީ އިއްޔެއަކު މިއަދަކު ނޫނެވެ.

ރައީސް މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ގ. ކެނެރީގޭ މުހައްމަދު ނަޝީދު ދިވެހިން އިހްތިޔާރު ކުރި އިރު ނަޝީދު ވެރިކަމަށް ގެނައުމަށްޓަކައި "ވަތަން އެދޭ ގޮތަށް" ތަފާތު ފިކުރުގެ ޕާޓީތައް ގުޅިގެން  ކުރެވުނު މަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެކެވެ. އެވެސް ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށް މުޅި ގައުމު އެކީއެކުގައި ތެދުވި ތެދުވުމެކެވެ.  

އެހެން ނަމަވެސް ހެޔޮވެރިކަމެއް ކުރެއްވުމަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ހުއްޓުމަކަށް އައީ 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުމުންނެވެ. އިދިކޮޅުފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ އެފަހަރު ލިބިގެން ގޮސް މުޅިސަރުކާރު ހިންގުމުގެ ބާރު މަޖިލީހަށް ޖަމާކުރެވިގެން ދިޔައެވެ.

އެންމެ ފަހުން ސަރުކާރެއްގެ ވަރަ ކޮށާލުމުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތް ދިވެހިން ހަނދާނުން ފިލައިގެނެއް ނުދާނެއެވެ. އެ ދުވަހު ހިނގާދިޔަ ކަންކަމާ ގުޅި ލާމެހިގެން  ނަޝީދުގެ ސަރުކާރުގެ ނިމުން އައުން ވެގެންދިޔައީ އިސްލާހަށް ލޯބި ކުރި އެތައް ދަރިންނެއްގެ ހިތަށް ހަންޖަރެއް ހެރުން ފަދަ ކަމަކަށެވެ. 

ނަޝީދުގެ ވެރިކަމަށް ފަހު ގައުމުގެ ބާރުތަކާ ހަވާލުވި ފަރާތްތަކުން ދިވެހިގައުމާ، ދިވެހިންނާ މެދު ވެސް ކަންތައް ކުރީ ހިތުހުރި ގޮތަކަށެވެ. އެމީހުންގެ ބާރާ ، އެމީހުންނަށް ލިބުނު އުފަލާ އަރާމަކީ ދުވަހަކުވެސް ގެއްލި ހިނގައިދާނެ އެއްޗެއް ކަމަށް އެމީހުން ތިބީ އެދުވަހު ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. ގައުމެއްގެ މާލިއްޔާ ކަހާލައިގެން ތިބި މީހުންނަށް އަލުން ބާރުތަކެއް ދިނުމަށް ވަކާލާތު ކުރާނީ މޮޔައިންނެވެ. އަނިޔާ ވެރިންގެ ބާރު ކަރުދާސް ކޮޅަކުން ލުހެލުމުން އަލުން އެމީހުންނަށް ބާރު ދިނުމަށް އަރުވާ ޖަހައިގެން ނިކުންނާނީ އަނިޔާވެރިކަމަށް ހިތްވަރު ދޭ މީހުންނެވެ. 

ނަޝީދުގެ ވެރިކަން ނިމުނުތާ ހަތް އަހަރު ފަހުން ވެރިކަމުގައި މިހާރު އެހުންނެވީ އަނެއްކާވެސް އެމްޑީޕީގެ ބޭފުޅެކެވެ. ޖަލުގައި ކުޑަގޮޅީގައި ވަގުތުތައް ހޭދަކުރެއްވި އެތައް ސިޔާސީ ލީޑަރުންނެއް މިނިވަން ކުރެވުނީ ރައީސް ޔާމީނުގެ ވެރިކަމަށް ފަހުގައެވެ. މަޖިލީހުގެ މެޖޯރިޓީ އޮތުމުން ގާނޫނުތައް ބަދަލު ކޮށްގެން ކޮށްފައިވާ ކަންކަން ބެލޭނީ އަލުން ރައްޔިތުންގެ މަޖިލީހަށް އެމީހުންގެ މުށުތެރޭގައި ނެތް ބަޔަކު ހޮވުމުންނެވެ. 

ވެރިކަމުގައި އެމްޑީޕީ އޮތުމަކުން ނުފެދޭނެއެވެ. އަދި ވެރިކަން ކުރައްވަން ޞާލިހް ކިޔާ ބޭފުޅަކު ހުންނެވުމަކުން ވެސް ނުފުދޭނެއެވެ. މިގައުމުގައި ކުރިން ފެނުނު މަންޒަރަށް ބަލާއިރު ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ނެތް ނަމަ ސަރުކާރު ވެގެންދާނީ ދަތްނެތް ސިންގާ އަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް