24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް

ދުނިޔޭގެ އެއްމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓާއި އެކު ޔޫ އެންޑް މީ ރިސޯޓް ހުޅުވައިފި

  • މިއީ ރާއްޖޭގައި ހެދި ކޮކޫންގެ ދެވަނަ ޕްރޮޕަޓީ
އަމަން ހަލީމް | soupized

| 1 އޭޕުރިލް 2019 | ހޯމަ 13:45 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސްގެ މަންޒަރެއް -- ޔޫ އެންޑް މީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓާއި އެކު، ރ.އުތުރުމާފަރުގައި "ޔޫ އެންޑް މީ"ގެ ނަމުގައި ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔޫ އެންޑް މީގައި ރިސޯޓުގައި އޮތް ރަސްމިއްޔާތެއްގައި ރިސޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވިދާޅުވީ ރިސޯޓް ވަރަށް ފުރިހަމަ ކަމަށާއި އުއްމީދަކީ މިކަހަލަ ތަފާތު ފަރުމާތަކުގެ އިތުރު ރިސޯޓުތަކެއް ރާއްޖޭގައި ހުޅުވިގެން ދިޔުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޓުވަރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.  

މި ރިސޯޓުގައި ޖުމުލަ 109 ވިލާ ހިމެނޭއިރު، އޭގެ ތެރެއިން 10 ވިލާ ފިޔަވައި ދެން ހުރި 99 ވިލާއަކީ ވޯޓަރ ވިލާސްއެވެ. އޭގެ ތެރޭގައި ހިމެނެނީ މަންތާ ވިިލާއާއި، ޑޯލްފިން ވިލާއާއި، ޑޯލްފިން ވިލާ ވިތް ޕޫލް، ބީޗް ސުއީޓް ވިތް ޕޫލް، އަކުއާ ސުއީޓް، އަކުއާ ސުއީޓް ވިތް ޕޫލް އަދި ރިސޯޓުގައި ހުރި އެއްމެ ބޮޑު ވިލާކަމުގައިވާ "ޔޫ އެންޑް މީ" ސުއީޓް ހިމެނެއެވެ. ޔޫ އެންޑް މީ ސުއީޓްގައި ޕްރައިވެޓް ޖިމަކާއި، މަސާޖް ޓޭބަލެއްގެ އިތުރުން ބަދިގެއެއްގެ އިތުރުން ސިނަމާއެއް ވެސް ހިމެނެއެވެ.

ފަސް ތަރީގެ ޔޫ އެންޑް މީގައި ހަ ރެސްޓޯރަންޓް ހުންނައިރު މި ތަންތަނުން ދުނިޔޭގެ އެކި ގައުމުތަކުގެ ކާއެއްޗެހި ލިބެއެވެ. މި ރިސޯޓުގައި އެއްވެސް ބުފޭ ރެސްޓޯރަންޓެއް ނުހުންނަ އިރު، ހުރިހާ ރެސްޓޯރަންޓަކުން ވެސް ޖެހެނީ ގެސްޓު މީހާ މެނޫއިން އޯޑަރު ކުރާށެވެ. ރިސޯޓުގައި ހުންނަ ހަ ރެސްޓޯރަންޓަކީ "ގްރީން ކާޕެޓް"، "ދަ ސޭންޑް"، ޖަޕާނުގެ ކެއުންތަކަށް ހާއްސަ ރައިޒިން ސަން، އިޓަލީގެ ކެއުންތަކަށް ހާއްސަ "އިޓާލިއަންސް ޑޫ އިޓް ބެޓަރ.. ލަ ޕާސްތާ"، "ޗިއަރޒް ބާރ" އަދި ކަނޑުއަޑީގެ ރެސްޓޯރަަންޓް "އެޗް2އޯ"އެވެ.

"އެޗް2އޯ"އާ ބެހޭގޮތުން މައުލޫމާތު ދެމުން ކޮކޫންގެ އޯނަރެއް ކަމުގައިވާ އެލެކްސް ބުނެފައިވަނީ މިއީ މިހާރު ދުނިޔޭގައި ވެސް ހުރި އެންމެ ގިނަ މީހުންނަށް އެއްފަހަރާ ކެވޭ ގޮތަށް ހަދާފައި ހުރި ކަނޑުއަޑީގެ ރެސްޓޯރަންޓް ކަމަށެވެ. މި ރެސްޓޯރަންޓުގެ ތިން އަރިމަތިން މޫދު ފެންނަން ހުންނަ އިރު، ރެސްޓޯރަންޓް ހުންނަނީ ރިސޯޓުގެ ފަޅުތެރޭގައެވެ. "އެޗް2އޯ"އަށް ދާން ޖެހެނީ ލޯންޗެއްގައެވެ. މި ރެސްޓޯރަންޓަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ރެސްޓޯރަންޓެއް ކަމަށް އެލެކްސް ބުނެފައިވެއެވެ. އެގޮތުން ކެއުމުގެ އިތުރުން، ކާ ގަޑީގައި ޖަހާ ލަވަތަކަކީ ވެސް ހާއްސަކޮށް ހޮވާލާފައި ލަވަތަކެއް ކަމަށާއި، ބޭޏުންވަނީ ގެސްޓުންނަށް ކާ ގަޑީގައި "ގެސްޓްރޮނޮމިކަލް އެކްސްޕީރިއަންސެއް" ދިނުން ކަމަށް އެލެކްސް ބުންޏެވެ.

ޔޫ އެންޑް މީ ރިސޯޓަކީ 16 އަހަރުން މަތީގެ މީހުންނަށް އެކަނި ދެވޭ ގޮތަށް ކަނޑައަޅާފައިވާ ރިސޯޓެކެވެ. ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެލެކްސް ބުނީ މިކަމުގެ ބޭނުމަކީ އެއްމެ ފުރަތަމަ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުވެގެން އައި އިރު 1980ގެ އަހަރުތަކުގައި، އޭނާ ކުރި އެކްސްޕީރިއަންސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރިސޯޓު ފަރުމާކުރެވިފައި ވަނީ ރިސޯޓަށް އަންނަ ފަރާތްތަކަށް ވަރަަށް އުފާވެރި ޗުއްޓީއެއް ހޭދަކޮށްލެވޭ ގޮތަށް ހުރިހާ ކަމަކަށް ވެސް ވަރަށް ބަލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ރިސޯޓުގެ ޑިޒައިނަކީ ވަރަށް "ރަސްޓިކް" އަދި "ރޮމޭންޓިކް" ޑިޒައިނެއް ކަމަށް އެލެކްސް ވަނީ ބުނެފައެވެ. 

ޔޫ އެންޑް މީ ރިސޯޓަކީ ރާއްޖޭގައި ކޮކޫން މޯލްޑިވްސް އިން ހަދާފައިވާ ދެވަނަ ޕްރޮޕަޓީއެވެ. އެގޮތުން 2017ވަނަ އަހަރު ޅ.އޮޅުވެލިފުށީގައި ހުޅުވި "ކޮކޫން މޯލްޑިވްސް"އަކީ ރާއްޖޭގެ ފުރަތަމަ ޑިޒައިނަރ ރިސޯޓެވެ. ޔޫ އެންޑް މީއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް