24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މަގޭ ރިޕޯޓު

ހާސްނުވާށެވެ. މަރަށް ތެޅެނީއެވެ.

  • އިންތިހާބުގެ ފަހު ދުވަސްވަރު ގޮތްތަކެއް އެބަ ނިންމާ
ޙުސައިން ޙަސަން | hucenhassan

| 31 މާރޗް 2019 | އާދީއްތަ 18:45 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިޔާ -- ފޮޓޯ: މުހައްމަދު ޝަރުހާން

ފެނުން މައްޗަށް ފަހު ބޮކި ދޫކޮށްފައި އަޑިއަށް ދަނީއެވެ. ގެނބެނީއެވެ. ހަތަރެސް ފައިގައި އޮތީ ބަރު އެލުވާފައެވެ. އެއީ އޭނާ އަމިއްލައަށް މެހުނު ކަސްތޮޅެކެވެ. ސަލާމަތުގެ އަތެއް ދިއްކޮށްލާނެ ޔާރެއް ނެތެވެ. ސަބަބަކީ އެ ހާލަތުގައި ގޯސް ހަދަން އުޅޭތީއެވެ. ނުބައި ކަމަކަށް ހުށަހެޅި ގަންނާތީއެވެ. ވިޔާނުދާ ކަމާއި ނުލަފާކަން އެ ހާލަތުގައި ދައްކަމުންދާތީ، ރައްކާތެރި ކަމެއް ދޭނީ ކާކުތޯއެވެ؟

މުގުރު ޖަހައި އިންސާފޭ ބުނެ، ފުލުފުލުގައި "ފަޓާސްބަރި"ހެން ނިންމާ ކަންތައްތަކާ ގުޅިގެން ބައެއް މީހުން ދައްކަމުން ދަނީ އެ ވާހަކައެވެ. އެއީ އިންސާފު ނޫން ކަމަށެވެ. ހައްގުގެ މަގުގައި ނިންމާ ކަންތައްތަކެއް ނޫން ކަމަށް މީހުން އެބަ ބުނެއެވެ. އިންތިހާބީ މޫސުމަކާ ދިމާކޮށް، ތިލަފަތް ހަމަހަމަ ގޮތަކަށް އިންސާފު ގާއިމު ކުރާނީ އެގޮތަށް ނޫން ކަމަށް ކަތުން އެބަ ކިޔައެވެ. ސަބަބަކީ ޝައްކެތް ނެތް މިންވަރަކަށް އެންމެންނަށް އެނގެން ހުރި މުޖިރިމަކު، ކަސްތޮޅުން މޮހެލުމުންނެވެ. ބާރުވެރިކަމާއި އަނިޔާވެރިކަމުގައި އެއް ކުރި ނޫޓުތައް އިންތިހާބުގެ ކޮއްޓަށް ދޫކޮށްލުމުންނެވެ. އަވަސް ވެގެން ނިންމާ އެފަދަ ނިންމުންތަކަށް ނަންތައް ވެސް ބަޔަކު ދަނީ ދެމުންނެވެ.

އެއް ބަޔަކު ބުނަމުންދަނީ އެއީ މަރަށް ތެޅެނީ ކަމަށެވެ. ގޮތް ހުސްވީ ކަމެކެވެ. އަރަން ހުރި ގޮޅި ހުސްވީ ކަމަށެވެ. ސަބަބަކީ އަނިޔާވެރިއެއްގެ ނިމުން ގެނައީ، ރައްޔިތުން ކަމަށާއި އެ ރައްޔިތުން އަނެއްކާ ވެސް ބޮޑު ނިންމުމަކަށް ފެންބޮވައިގެންފައި ވާތީ، އެކަމުގެ ބިރަށް ބަޔަކު "ތަރަތަރަ"ލަނީ ކަމަށެވެ. މަޖިލީހުގެ ތަޅުން ދޮވެލުމަށް ނަގާ ވޯޓަށް ކުޑަތަންވަމުންދާ ދަނޑިވަޅުގައި ބަޔަކަށް އަސަރު ކުރާނެ ކަމަށް އެބަ ބުނެއެވެ. ވާޖިބާއި މަސްއޫލިއްޔަތާއި ޒިންމާ އެއްކައިރިކޮށް، ނޫޓަށް ހެއްލުނު މުއައްސަސާތަކުގެ ވެރިން އެ ވޯޓަށް ބިރު ގަންނާނެ ކަމަށް ވެސް އެބަ ކިޔައެވެ.

ފަހު ނޭވާގައި ސަލާމަތްވުމަށް "މަރަށް ތެޅޭ" ބަޔަކު، އެ ބައިމީހުންގެ އައުވާނުންނަށް މަދަދުވެރިވުމަށް ގޮތް ތަކެއް ނިންމަމުންދާ ކަމަށާއި އެކަމަށް ސަމާލުކަން ނުދިނުމަށް ވެސް އެއް ބަޔަކު އެބަ ކިޔައެވެ. ފަސް ކުރާށޭ ބުންޏަސް، ފަހަތަަށް ނުޖެހޭށެވެ. ލަސްކުރާށޭ ބުންޏަސް، ކަނުލާނެ ކަމެއް ނެތެވެ. ގޮތް ހުސްވެގެން ތެޅުނު ވަރަކަށް ހުޅުބުދާނީ ނުލަފާ ރޭވުންތައް ރާވާ މީހުންގެ ގައިންނެވެ. ތެޅިފޮޅުނު ވަރަކަށް އަމިއްލަ ކަރަށް މެހުނު މަޅި ބާރު ވެސް ވާނެ ކަމަށް އެބަ ބުނެއެވެ. ސަލާމަތް ވާނެ ކަމަށް ހީކޮށް، ކިތަންމެ ވަރަކަށް މުގުރުން ޖަހައި ނިޔާ އިއްވިޔަސް، އެބައި މީހުންނަށް ސަލާމަތުގެ އައްސޭރިއެއް ނުފެންނާނެއެވެ.

އަބަދުވެސް ފަހު ނިންމުން ނިންމަނީ ރައްޔިތުންނެވެ. އަނިޔާވެރިކަން ފަތަހަ ކުރި ގޮތަށް، ކޮރަޕްޝަންގެ މޫތައް ފަނޑިޔާރުގެއިން މުހެލަން ގޮތް ނިންމާނީ ވެސް ރައްޔިތުންނެވެ. އިންސާފު ގާއިމު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުން ލިބޭނީ ހޮނިހިރު ދުވަހު ނަގާ ވޯޓާއެކުގައެވެ. މުއައްސަސާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ފަސާދަ ފޮހެލެވޭނީ އެ ނިޔަތް އޮތް ބަޔަކު މަޖިލީހަށް އިންތިހާބުކޮށްގެންނެވެ. ހާލަތު ބަދަލު ކުރާނީ ރައްޔިތުން ވެސް އެ ނިޔަތް އޮތް ނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Moosa

3 ހަފްތާކުރިން

Varah habeys

0
0
ބާޅަޢެ

3 ހަފްތާކުރިން

ރައްޔިތުންތަ ހުރިހާކަމެއް ނިންމަންވީ މުސާރަދީފަ ތިތިބެނީ ގުބޯލުންތަ

0
0