22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޖީއެމް ފޯރަމް

ޖީއެމް ފޯރަމްގައި 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށަނީ

  • މީގެ ކުރިން ތިން ޖީއެމް ފޯރަމް ވަނީ ބާއްވާފައި
  • ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެއް
ސިމާހާ ނަސީމް | sim_kamana

| 31 މާރޗް 2019 | އާދީއްތަ 17:49 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


2018 ވަނަ އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން -- ހޮޓެލިއަރ މޯލްޑިވްސް

ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމް މިއަހަރު 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށަން ތައްޔާރުވެއްޖެއެވެ.

ހޮޓެލިއަރ މޯލްޑިވްސްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ ބައިވެރިން 30 އަށް ވުރެ ގިނަ ބްރޭންޑް ތަމްސީލުކުރާނެ ކަމަށެވެ. ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުން އޮންނާނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޖީއެމް ފޯރަމްގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ކަންތައްތަކާއި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.

ޖީއެމް ފޯރަމްގެ ހަތަރު ވަނަ ބައްދަލުވުމުގައި ފަތުރުވެރިކަން ކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސައްކަތްތެރިންގެ ހުނަރާއި އެ ދާއިރާގައި ހުރި ތައުލީމީ ފުރުސަތުތަކުގެ އިތުރުން ދާއިރާގައި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ ދައުރާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ އިތުރުން ދާއިރާއާ ގުޅުންހުރި ދިރާސާތައް ހިންގާ ފަރާތްތަކަށް ވެސް ޖީއެމް ފޯރަމްގައި ބައިވެރިވެވޭނެ ކަމަށާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް