22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޔޫތް އެންޓަރޕްރަނާސް ފޯރަމް

ރާއްޖޭގެ ތިން ސަރަހައްދެއްގައި ޔޫތް އެންޓަރޕްރަނާސް ފޯރަމް ބާއްވައިފި

  • ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްއެބަދޭ
ރިޒުނާ ޒަރީރު | RiznaZareer

| 31 މާރޗް 2019 | އާދީއްތަ 16:37 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޔޫތް އެންޓަރޕްރަނާސް ފޯރަމްގެ ތެރެއިން -- އެމްއެމްއޭ

އެމްއެމްއޭ އިން އިސްނަގައިންގެން ބާއްވާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތް އެންޓަރޕްރެނާރސް ފޯރަމް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވައިފިއެވެ.

މި ފޯރަމް ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ. އަތޮޅުތެރޭގައި މި ބޭއްވި ފޯރަމްތަަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. 

މި ފޯރަމްތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ދީފައެވެ. އަދި ބިޒަނަސް ޕްލޭނެއް އެކުލަވާލާނެ ގޮތުގެ މައުލޫމާތާއި ރާއްޖޭގައި ވިޔަފާރިއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވަނީ ދީފައެވެ.

މީގެ އިތުރުން ކާމިޔާބު ކަމާއިއެކު އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށްގެންދާ ތަފާތު ތިން ފަރާތަކުން މި ތިން ރަށުގައި ފޯރަމްގެ ބައިވެރިންނަށް ވަނީ އެ ފަރާތްތަކަށް ދިމާވި ގޮންޖެހުންތަކާއި އެ ކަންތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ދީފައެވެ.  

ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރި ކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް