17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އެންތޮނީ މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

  • ސަޕޯޓަރުން އަދި ކްލަބުންވެސް އަބަދު ފަހަތުގައި ތިބެ އެއްބާރުލުންދޭ: މާޝިއާލް
ލީވާން އަލީ | MrLeevaan

| 23 ފެބުރުވަރީ 2017 | ބުރާސްފަތި 01:43 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ޔުނައިޓެޑްގެ މާޝިއާލް -- ގޫގުލް

މެންޗެސްޓާ ޔުނައިޓެޑު ދެކެ ވަރަށް ލޯބިވާ ކަމަށާއި، ކްލަބުގައި މަޑުކުރަން ބޭނުންކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލް ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި ސެއިންޓް އެޓައިންއާ ދެކޮޅަށް ނިތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މާޝިއާލް ބުނީ އޭނާ ޔުނައިޓެޑް އަދި ޔުނައިޓެޑްގެ ސަޕޯޓަރުން ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ސަޕޯޓަރުން އަދި ކްލަބުންވެސް އަބަދު ފަހަތުގައި ތިބެ އެއްބާރުލުންދޭ ކަމަށާއި، އެކަމާ ވަރަށް އުފާވާ ކަމަށެވެ.

މާޝިއާލް ބުނީ ސަޕޯޓަރުން އަދި ކްލަބް އުފާކޮށްދިނުމަށްވެސް އޭނާ މަސައްކަތްތަކެއް ކުރާ ކަމަށާއި، އެގޮތުން ކްލަބުގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ވުމަށް އެދޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔުނައިޓެޑްގައި އަދި އިތުރު ދެއަހަރު މާޝިއާލް މަޑުކުރަންޖެހޭ އިރު، އޭނާ ބުނީ ޔުނައިޓެޑުން އޭނާ ދޫކޮށްލާނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް މާޝިއާލް ބުނީ ކްލަބް ދޫކޮށްލަން ކްލަބުން އެންގުމާއެކު ދާނެ ކަމަށެވެ.

އުމުރުން 21 އަހަރުގެ މާޝިއާލް ކެރިޔަރު ފެށީ ފްރާންސްގެ އޮލިމްޕިކް ލިއޯން އެވެ. އެޓީމުގައި ސީޒަނެއް ހޭދަކުރުމަށްފަހު ދެން އޭނާ ބަދަލުވީ މޮނާކޯ އަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 70 މެޗުގައި 15 ލަނޑު ކާމިޔާބުކޮށް މަޝްހޫރު ކްލަބްތަކުގެ ސަމާލުކަން ހޯދާފައެވެ.

އޭނާ ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެގޮތުން މިވީތަނަށް އޭނާ އެ ކްލަބަށް ކުޅުނު 74 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައިވާ އިރު، އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑްވެސް އޭނާ ވަނީ އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް