22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ގްލޯބަލް މަނީވީކް 2019

ގްލޯބަލް މަނީ ވީކްގެ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެ

  • އަމާޒަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުން
އަމްނާ އިމާދު | @amnabinthimad

| 30 މާރޗް 2019 | ހޮނިހިރު 19:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ޓްވިޓަރ

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މާލޭ ސަރަހައްދުން ފައިނޭންސް ފެއާ ބާއްވާފައި ވަނީ ހުޅުމާލެ ރެހެންދި ސްކޫލްގައެވެ. އަތޮޅުތެރޭން ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ.

އެމްއެމްއޭ އިން ބުނީ ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރަށް އެއް ހާހަށް ވުރެ ގިނަ ފަރާތުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި އަދި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ކޮންމެ ރަށަކުން ފައްސަތޭކަ އަށް ގިނަ ފަރާތުން ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފައިނޭންސް ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ފައިނޭންސް ފެއާގެ އަމާޒަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށެވެ. އެގޮތުން މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށް ފަހު އެތަކެތި ވިއްކާފައެވެ.

މާލެ އާއި އަތޮޅު ތެރޭގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޔޫތްއެންޓަރޕްރެނާސް ފޯރަމް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް