22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ލާމަސީލު އަންހެނުން

ޖޭގާގެ 'ފިޔާތޮށި ކުރޮޅި': އަންހެނުންނަށް މިސާލެއް

  • ޖޭގާއަކީ އެކަނިވެރި މަންމައެއް
  • ކުރޮޅި ދުއްވުމުގައި ޖޭގާ ފަސްނުޖެހޭ
  • ހިތާމައިގައި ހޭދަކުރި އެ ދުވަސްތަކުގައި ކާން ބޭނުންކުރީ ފެނު ކެއްކި މުގު
އަމްނާ އިމާދު | @amnabinthimad

| 30 މާރޗް 2019 | ހޮނިހިރު 18:42 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޖެގާ (އެންމެ ކަނާއަތުގައި މުށިކުލައިގެ ސްކާޓެއް ލައިގެން) ރޯޒީ މޭ ފައުންޑޭޝަންގެ މެންބަރުންނާއެކު -- ޓްވިޓަރ

ފިނިފަތިހާ ހޭލައި، އުމުރުން 10 އަހަރުގެ ލޯޗާނާ ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ކުރާ ކަމަކީ ދުންދަނޑިއެއް ރޯކޮށް، ސްރީލަންކާގެ ދެކުނު އައްސޭރީގައިވާ އަވަށެއްގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ޕާކުކޮށްފައި އޮންނަ ކުރޮޅީގައި އެ ދުންދަނޑި ހަރުކުރުމެވެ.

އަލި ފިޔާތޮށި ކުލައިގެ އެ ކުރޮޅީގެ ތެރެއަށް ދުންދަނޑީގެ ވަސް ފެތުރިގެންދާއިރު، މަޑުމައިތިރި ކަމާއިއެކު ހުރެ، ލޯޗާނާ އޭނާގެ މަންމައަށް ކާމިޔާބާއި، ރަނގަޅު ސިއްޙަތާއި ފާގަތިކަން ދެއްވުން އެދި ދުއާ ކުރެއެވެ.

ލޯޗާނާގެ މަންމަ ޖޭގާއަކީ އެކަނިވެރި މައެކެވެ. އާއިލާގައި އާމްދަނީ ލިބޭ ހަމައެކަނި މީހަކީ އޭނާ ކަމަށްވާއިރު، އާއިލާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އޭނާ ނުހަނު ބުރަކޮށް މަސައްކަތް ކުރެއެވެ.

ވަރަށް ފަހަކާޖެހެންދެން ޖޭގާ މަސައްކަތްކުރަމުންދިޔައީ މަގުހަދާ ކުންފުންޏެއްގައި ލޭބަރެއްގެ ވަޒީފާގައެވެ. މަގު ހަދައި ތާރު އެޅުމުގެ ބުރަ މަސައްކަތުގައި އުޅެމުން އާއިލާއަށް ބެނުންވާ މިންވަރަށް އާމްދަނީ ހޯދުމަށް އޭނާ ދިޔައީ ހަނޑޫފުށް އުފައްދާ ފެކްޓްރީއެއްގައިވެސް މަސައްކަތް ކުރަމުންނެވެ. ހަމައެކަނި އޭނާގެ ދަރިފުޅުގެ ހައްގުގައެވެ.

މިހާރު ޖޭގާއަކީ ޓުކް-ޓުކް، ނުވަތަ ކުރޮޅި ޑްރައިވަރެކެވެ.

ކުރޮޅި ދުއްވުމަކީ އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތެއް ނަމަވެސް، އާއިލާއަށް ފުދޭ އާމްދަނީއެއް ހޯދުމަށް ތަފާތު މި މަސައްކަތް ކުރުމަކީ ޖޭގާ އެއްވެސް ވަރަކަށް ފަސްޖެހޭ ކަމެއް ނޫނެވެ.

އުމުރުން 42 އަހަރުގެ ޖޭގާއަކީ މިއަދު ނުހަނު ބުރަ މަސައްކަތުން އާމްދަނީ ހޯދަން ޖެހިފައިވާ މީހެއް ނަމަވެސް، މިއީ އޭނާގެ ހަޔާތުގައި އައިސްދާނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ހީވެސް ކުރި ދުވަހެއް ނޫނެވެ.

ޖޭގާއަކީ ކުޑައިރުއްސުރެ ކައިވެންޏާއި ހަމައަށް ދާންދެން ރާނީއެއް ފަދައިން އުފާވެރިކަން މަތީގައި ދިރިއުޅެމުން ދިޔަ އަންހެނެކެވެ. އޭނާގެ މުޅި ދިރިއުޅުން ބަނަވެ، ބަދަލުވެގެންދިޔައީ ކައިވެނި ކުރި ހިސާބުންނެވެ.

ޖޭގާއާއި އޭނާގެ ޒުވާން އިރުގެ ލޯބިވެރިޔާ، ސިރީއަރްޝަންގެ ކައިވެނީގައި، އާދަކާދައިގެމަތިން ޖޭގާގެ އާއިލާއިން ހަތް ކޮޓަރީގެ ބޮޑު ގެއެއްވެސް ހިމެނޭގޮތަށް ސިރީއަރްޝަންއަށް ގިނަ އަދަދެއްގެ މުދާ ހިބަކުރިއެވެ.

ކައިވެންޏަށް މާ ގިނަދުވަސްތަކެއް ނުވަނިސް ޖޭގާގެ މަންމަ އާއި ބައްޕަވެސް މަރުވިއެވެ. މައިންބަފައިން މަރުވުމުން ޖޭގާ މުޅިން އެކަނިވެރިވިއެވެ.

މި އެކަނިވެރިކަމާއި ނިކަމެތިކަން އިތުރުވެގެން ދިޔައީ ޖޭގާ، ލޯޗާނާއަށް ބަނޑުބޮޑުވެ ވިހަން ކައިރިވެފައިވަނިކޮށް، އެހެން އަންހެނެއްގެ ލޯބީގައި ޖެހި ސިރީއަރްޝަން ޖޭގާ ދޫކޮށް ފިލުމުންނެވެ. އޭނާ ފިލީ ކައިވެނީގައި ޖޭގާގެ އާއިލާއިން ހިބަކުރިހާ މުދާތައްވެސް ވިއްކާލުމަށްފަހުއެވެ.

ސިރީއަރްޝަން ހޯދުމުގެ މަސައްކަތް ޖޭގާ ކުރި ނަމަވެސް ތުއްތު ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން، ޖޭގާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އާއިލާގެ މީހުންގެ އެހީއާއިއެކު އޭރު ޖޭގާ ދިރިއުޅެމުންދިޔައިރު މައްޗަށް އާއިލާގެ މީހުންގެ ފަރާތުން އޭނާއަށް ލިބެމުންދިޔައީ 500 އެއްހާ ރުޕީޒްއެވެ.

ހިތާމައިގައި ހޭދަކުރި އެ ދުވަސްތައް ޖޭގާ އާއި ލޯޗާނާ ހޭދަކުރީ ހަމައެކަނި ފެނުކެއްކި މުގު ކައިގެންނެވެ.

އެ ދުވަހަށް 10 އަހަރުވެގެން ގޮސްފައިވާއިރު، ޖޭގާގެ ދިރިއުޅުން މިހާރު ވަނީ އެތައް ގޮތަކުން ބަދަލުވެގެން ގޮސްފައެވެ.

ޖޭގާގެ ހިތްދަތި، ފަގީރު އެ ދިރުއުޅުން ބަދަލުވެގެން ދިޔައީ ލަންކާ އަދި ނޭޕާލްގައި އެކަނިވެރި މައިންނާއި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގަމުންދާ ރޯޒީ މޭ ފައުންޑޭޝަނުން ފެށި ޕްރޮގްރާމެއްގެ ސަބަބުންނެވެ.

'ފިޔާތޮށި ކުރޮޅި'ގެ ނަމުގައި ފެށި މިޕްރޮގްރާމުގެ މަގުސަދަކީ އެކަނިވެރި މައިންނާއި އަންހެން ކުދިން ބާރުވެރިކޮށް އެމީހުންނަށް ދިމާވާ ޖިންސީ ގޯނާއާއި ފުރައްސާރައިން ސަލާމަތް ކޮށްދިނުމަށް އެހީތެރިވުމެވެ.

ރޯޒީ މޭ ފައުންޑޭޝަންގެ ފިޔާތޮށި ކުރޮޅި ފްލީޓް

މިޕްރޮގްރާމްގައި ބައިވެރިވެ، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޖޭގާ ވަނީ އޭނާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލާފައެވެ.

ލޯޗާނާއަށް ޚަރަދުގެ ގޮތުގައި އޭނާގެ ބައްޕަގެ އަތުން މިހާރު މަހަކު 500 ރުޕީޒް ލިބޭއިރު، ދިރިއުޅުމުގެ އެހެނިހެން ހުރިހާ ޚަރަދެއް ޖޭގާ ބަލަހައްޓަނީ ކުރޮޅި ދުއްވައިގެން ލިބޭ އާމްދަނީއިންނެވެ.

އިތުރު މީހަކަށް ބަރޯސާވުމެއްނެތި، ދަރިފުޅާއި ދިއިރުޅުމުގެ ހުރިހާ ޚަރަދެއް ޖޭގާއަށް މިހާރު ބެލެހެއްޓެއެވެ.

ކޮންމެ ދުވަހަކު ވެސް ކުރޮޅީގައި ޖޭގާ އެތައް ދަތުރެއް ކުރާއިރު، ކަސްޓަމަރުންގެ ގޮތުގައި އެ ކުރޮޅިއަށް އަރުވަނީ ހަމައެކަނި އަންހެނުންނާއި، ކުޑަކުދިންނާ، އާއިލާތައް އެކަންޏެވެ.

ރޯޒީ މޭ ފައުންޑޭޝަނުން ޖޭގާއަށް ކުއްޔަށްދީފައިވާ މިކުރޮޅީގެ ފީގެ ގޮތުގައި އޭނާ ދައްކާ ފައިސާ އެ ފައުންޑޭޝަނުން ބޭނުންކުރަނީ ކުރޮޅި މަރާމާތު ކުރުމަށެވެ.

އާންމުކޮށް އާއިލާއަށް އާމްދަނީ ހޯދާ ބަޔަކީ ފިރިހެނުންކަމަށްވާއިރު، އާއިލާގައި އާމްދަނީ ހޯދުމަށް ހުންނަ ފިރިހެން މީހާ، އެކި ސަބަބުތަކާއިހުރެ އާއިލާ އާއި ވަކިވުމުގެ ސަބަބުން ސްރީލަންކާގައި ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ އާއިލާއެއްގައި ތިބޭ އަންހެނުންނާއި ކުޑަކުދިން ބިކަވެއެވެ. 

ސްރީލަންކާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕޮލިސީޒް އެންޑް އިކޮނޮމިކް އެފެއާޒްގެ ޑިޕާޓްމަންތް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން 2016 ވަނަ އަހަރު ހެދި، ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭއިން ހާމަވި ގޮތުގައި ފިރިހެނަކަށް ބަރޯސާނުވެ، އަންހެނުން ހޯދާ އާމްދަނީއިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން ލަންކާގައި އުޅެނީ އާބާދީގެ އެންމެ 25.8 އިންސައްތަ، ނުވަތަ 1.4 މިލިއަން ގޭބިސީއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންހެނުންނަށް ކުރާ ތަފާތު ބާވަތުގެ އަނިޔާއިން އެކަނބަލުން ސަލާމަތްކޮށް ބާރުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. ނަމަވެސް މުޖުތަމައުއަށް ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރިއަށް ދިއުމުގައި އަންހެނުންގެ ދައުރު އަދިވެސް ކުޑައެވެ. އަންހެނުންގެ ހަޤީޤީ ކުރިއެރުމަށް ބޭނުންވަނީ ރޯޒީ މޭ ފައުންޑޭޝަންގެ އިސްނެގުން ފަދަ އިސްނެގުންތަކާއި، ޖޭގާ ދެއްކިފަދަ ހިތްވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mohamed

3 ހަފްތާކުރިން

Why are you glorifying and portraying worshiping someone besides Allah as a good thing?

1
1