22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައްޔިތުންގެ މަޖިލިސް 2019

އަނެއްކާ ވެސް ކޯޓުންތަ؟

  • ފާއިތުވި ދެ ރިޔާސީ އިންތިހާބުގައި ވެސް ފަހުގެ ނަތީޖާ ނެރުނީ ކޯޓުން
  • އިންތިހާބުތަކާ ގުޅޭ ތާރީހްތައް މީގެ ކުރިން ވެސް ކޯޓުން ބަދަލުކުރި
އަލީ ޔޫސުފް | AliYooosuf

| 30 މާރޗް 2019 | ހޮނިހިރު 17:16 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސުޕްރީމް ކޯޓް: އިންތިހާބުތަކުގެ ނަތީޖާތައް ކޯޓުން ވަނީ ނެރެފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ކޮން ހާލަތެއްގައިކަން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. "ހަކުރު ދެންޏާ ބޮޑުބޭބެ" އުސޫލުން ހުކުމްތައް ނެރޭކަން އެއީ އެންމެންނަށް އެނގޭ ކަމެކެވެ. މާޒީގައި ހިނގާފައިވާ ކަންކަމާއި އަދި މިހާރު ވެސް ޝައުރީ ދާއިރާގެ އަމަލުތައް ހުރި ގޮތުން އޭގެ ތަފްސީލަކަށް ދާންޖެހޭނެ ކަމަކަށް ނުދެކެވެ. ހާއްސަކޮށް އިންތިހާބެއްގެ ދުވަސްވަރު ކޯޓުތަކުގެ "ޑިމާންޑް" ވަރަށް ބޮޑުވެއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ހިނގައިދިޔަ ގޮތް މިސާލަކަށް ފުދޭނެއެވެ. އެ ފަހަރު ނަތީޖާ ނެރުނީ ސީދާ ސުޕްރީމް ކޯޓުން ކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.

އަނެއްކާ ވެސް މި ވަނީ އިންތިހާބަކަށް ފައްކާވެފައެވެ. ރިޔާސީ އިންތިހާބަށް ވުރެ ވެސް ފޯރިގަދައެވެ. އިންތިހާބެއް ކުރިމަތިވާ އިރު އިވޭ އަޑުތައް ވެސް ގިނަ ވާނެއެވެ. މިހާރު އެންމެ ގަދަޔަށް ހޮޅިއަށިތަކުގައި ދައްކަމުންދާ ވާހަކައަކީ އިންތިހާބު ފަސްކުރަން އުޅޭ ވާހަކައެވެ. ކޮންމެ ވެސް ބަޔަކު ކޯޓަށް ދަނީ ޔޯލައެވެ. ސަބަބަކީ މާލީ އެކި ދަތިތަކާ ހުރެ އެކަށީގެންވާ ވަރަށް ބަޔަކަށް ކެމްޕެއިން ނުކުރެވުން ކަމަށް ވެއެވެ. އެހެންކަމުން އެކަށީގެންވާ ވަރަށް ފައިސާ އިން ކެމްޕެއިން ކުރެވެންދެން އިންތިހާބު ފަސްކުރަންވީއެވެ.

މާޒީގައި ކަންކަން ވެފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ޝަރުއީ ކޯޓުތަކުން މިއީ ނުކޮށްދޭނެ ކަމެކޭ ބުނެވޭކަށް ވެސް ނެތެވެ. ހާލަތުން ޟަރޫރާ ކުރިމަތިވާނީ ކޮން އިރަކުންކަން ބުނަން ދައްޗެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ބަޔަކަށް އެކަށީގެންވާ ވަރަށް ކެމްޕެއިން ނުކުރެވިގެން އިންތިހާބުގެ ތާރީހު ކޯޓުން ފަސްކޮށްދިނެވެ. އެހެންކަމުން ވައިޖެހޭ ދިމާ ބަދަލުވާ ގޮތް ނޭނގޭ ފަދައިން ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރާނެ ގޮތް ވެސް އަންދާޒާކުރަން ދައްޗެވެ.

އިންތިހާބުތަކުގެ ތާރީހުތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ ތާރީހުތަކެކެވެ. ބޮޑު ކާރިސާއެއް ފަދަ ކަމެއް މެދުވެރިނުވާ ނަމަ އެ ތާރީހުތަކަށް އިންތިހާބުތައް ކުރިއަށް ގެންދިއުން މުހިންމެވެ. ނޫން ނަމަ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓި ބޮޑެތި މައްސަލަތަކެއް ކުރިމަތިވުން އޮތީ ކައިރީގައެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާއިރު މިހާރު ވެސް ކޯޓު މެދުވެރިކޮށް ތާރީހަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލްކުރުމަށް ފަހު އެ ފަދަ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިލެވޭ ގޮތަށް ހެދީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ހުޅުވައިލި މުއްދަތު ހަމަވެފައި ވަނިކޮށެވެ. އޭގެ ސަބަބުން ވެސް އިލެކްޝަންސް ކޮމިޝަނަށް އުނދަގޫތަކެއް ކުރިމަތިވިކަން އެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި އިންތިހާބަށް އިއުލާނުކުރާ ފަހުން ގާނޫނުތަކަށް ބަދަލު ނުގެނައުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. ހަގީގަތުގައި ވެސް އިންތިހާބަކަށް އިއުލާނު ކުރުމަށް ފަހު އެ އިންތިހާބަކަށް އަސަރުކުރާ ގޮތަށް ގާނޫނުތަކަށް މަޖިލީހުން ވިޔަސް ސުޕްރީމް ކޯޓުން ވިޔަސް ބަދަލު ނުގެނެވޭނެ ގޮތަކަށް އޮތުން މުހިންމެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވާ އިރު އިންތިހާބުގެ ފަސްކުރަން ކޯޓަށް ދާން އުޅޭ ވާހަކައާ އެކު ގިނަ ބަޔަކަށް މި ވަނީ ހިތްނުދަނަވަސްކަން ކުރިމަތިވެފައެވެ. ވަކި ބަޔަކަށް އެކަށީގެންވާ ވަރަށް ކެމްޕެއިން ނުކުރެވުމަކީ މަޖިލީހުގެ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ. ނުވަތަ ވަކި ބަޔަކަށް އިންތިހާބުގައި ކާމިޔާބު ނުލިބޭތީ ނަތީޖާ ކޯޓުން ބާތިލުކުރަންޖެހޭ ވަރަށް ވުރެ މި ގައުމުގައި ބާއްވާ އިންތިހާބުތައް ހާމަކަން ބޮޑެވެ. އިންތިޒާމްތައް ހަމަޖެހިފައި ވަނީ ގޯހެއް އުޅޭ ނަމަ ވަގުތުން އެނގޭ ފަދަ ގޮތަކަށެވެ. ކަންކަން ހިނގަމުންދަނީ އެންމެންގެ ލޯކުރިމަތީގައެވެ. އެހެންކަން ކޯޓުން ނަތީޖާ ނެރެންޖެހޭ ހިސާބަށް ދާ ނަމަ އެއީ ގައުމެއްގެ ހައިސިއްޔަތުން ވެސް ލަދުގަންނަޖެހޭ ވަރުގެ ކަމެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް