22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

މަގޭ ރިޕޯޓު

ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!

  • ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައި
  • ރައީސް ސޯލިހްގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތެއް ނުކުރޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 29 މާރޗް 2019 | ހުކުރު 13:50 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރައީސް އޮފީސް

އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ހިނގި ކޮންމެ ކަމެއްގައިވެސް އޮތީ ކޮރަޕްޝަނާއި، ހިޔާނާތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރަށްރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރިޔަސް، ނަރުދަމާގެ ނިޒާމަކަސް، މަޝްރޫއުއެއް ފެށިއަސް، ހޮސްޕިޓަލެއްގެ ހިންގުން އާސަންދަ ކުންފުންޏަށް ބަދަލުކުރި ނަމަވެސް އެކަމެއްގެ ތެރެއިން އޮތީ ނާޖާއިޒު ފައިދާތަކެއް ހޯދާފަ އެވެ. ވައްކަންތަކެއްކޮށް، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފަ އެވެ. 

ރައްޔިތުންނަށް ވިސްނައިދީފަ އޮތީ، އަސާސީ ހިދުމަތަކަސް، ޖަރޫރީ ބޭނުމަކަށްވިޔަސް، ތަރައްޤީގެ މަޝްރޫއަކަށް ނަމަވެސް އެކަމެއް ކުރެވޭނީ ހިޔާނަތް އެކުލެވޭ ގޮތުގެ މަތިންކަމަށެވެ. ކޮރަޕްޝަންގެ ގޮތުގައި ކޮންމެވެސް އަރިސް ބޭފުޅަކަށް މަންފާތަކެއް ލިބޭގޮތުގެ މަތިން އެކަނި ކަމަށެވެ. އެ ނޫން ގޮތަކަށް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްވެސް ލިބެން ނޯންނާނެކަމަށެވެ. 

އެ ސަބަބާއިހުރެ، އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، އިހަށް ދުވަހަކާއި ހަމައަށްވެސް ރައްޔިތުން ވިސްނައިގެންތިބީ އެގޮތަށެވެ. ނަމަވެސް މުޅި މަންޒަރު ބަދަލުކޮށްލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދާ، 90 ދުވަހުގެ ތެރޭގައި ހޯދި ކާމިޔަބީތައް ބަންޑުންކޮށްލި ހިސާބުންނެވެ. ތަރައްޤީގެެ ކޮންމެ މަޝްރޫއަކާއެކު، ހިޔާނާތުގެ ބޮޑެތި ޖަރީމާތަކެއް ހިންގަން ނުޖެހޭކާމާއި، އަސާސީ ހިދުމަތްތަކަކީ ރައްޔިތުން އެކަމަކަށް ސަލާންޖަހަން ނުޖެހޭނެ ކަންތައްތަކެއް ކަން އެމަނިކުފާނު އެ ވަނީ ރައްޔިތުންނަސް ސާބިތުކޮށްދީފަ އެވެ. ވައްކަން ނުކޮށްފިނަމަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ބަޔެއްގެ ދިރިއުޅުން ފާގަތިކޮށްދެވިދާނެކަމާއި، ތަރައްޤީީގެ އެތައް މަޝްރޫއުތަކެއް ކުރިއަށް ގެންދެވިދާނެކަން ރައީސް ސޯލިހްގެ ސަރުކާރުން އެ ވަނީ ހާމަކޮށްދީފަ އެވެ. 

ބޭކާރު ހަރަދުތަކެއް ނުކޮށްފިނަމަ ރައްޔިތުންނަށް އެތައް ހިދުމަތްތަކެއް ތަނަވަސްކޮށް ދެވޭނެކަން ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ މަސައްކަތުން ރައްޔިތުން އެ ވަނީ ޔަޤީންކޮށްދީފަ އެވެ. 

ގަނޑުބަނޑުކޮށްލާފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަމާއި ހަވާލުވެވަޑައިގެން ފަސް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އެ ވަނީ ހޯއްދަވާފަ އެވެ. ދައުލަތުގެ ހަރަދުތައް 3.9 ބިލިއަން ހިފަހައްޓަވާއި، ރިޒާވް އެތައް ގުނައެއް އިތުރުކޮށް، ޔޫޒަބަލް ރިޒާވް 242 މިލިއަން ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. 

ދެން އޮތީ އެ އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ ޕްރޮޖެކްޓްތައް ގޮތުގައި ސިފަކުރާ ރަށްރަށުގެ ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުތަކާއި، ހައުސިން މަޝްރޫއުތަކެވެ. މި ސަރުކާރުން އެއީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި، އެއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިިދުމަތްތައް ގޮތުގައި ރައްޔިތުުންނަށް ކަށަވަރުކޮށް ދޭ ކަންތައްތަކެވެ. 

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 90 ދުވަސް ނިންމާލިއިރު، އެ މަނިކުފާނުގެ ސަރުކާރުން ވަނީ އެތައް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށައިފަ އެވެ. އިތުރު ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް އަންނަ ހަފްތާގައި ފަށާއިރު، އިތުރު 35 ރަށެއްގެ ފަނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ވަނީ އިއުލާންކޮށްފަ އެވެ. ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމަށް ނިންމާއި، ބިން ހިއްކާނެ ރަށްތައް އިއުލާންކޮށްފައި ވާއިރު، އެ މަސައްކަތްތައް ފެށުމަށް ސަރުކާރު އެ އޮތީ ދޮންވެ ފައްކާކޮށްލާފަ އެވެ. 

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، މަތީ ތައުލީމަށް ދޭ ލޯންތަކުގެ އިންޓްރެސްޓް އެތައް ގުނައެއް ތިރިކުރުމާއި، ކަރަންޓުގެ އަގު ހެޔޮކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ހާއްސަ ބޭންކެއް އުފެއްދުމާއި، މަސްވެރިންނަށް ބޭންކިން ނިޒާމްގެ ފައިދާ ލިބޭނެ ގޮތް ހެދުމާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީތައް ކަނޑާލުމާއި، ޑީސަލުން ނަގަމުންދާ ޑިއުޓީތައް ކަނޑާލުމާއި، ޕެންޝަން ފަންޑުން ޕަރުޟު ހައްޖުވުމުގެ ފުރުސަތެވެ.

މިއީ ސަރުކާރަކުން އެންމެ 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ކޮށްދިން ކަންތައްކެވެ. ފުއްދި ވައުދުތަކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ގެނައި ބަދަލުތަކެވެ. 

ވައްކަމާއި ހިޔާނާތުގެ ތުހުމަތެއް ރައްޔިތުން ނުކުރެ އެވެ. އެކަމަކަށް ސަރުކާރުން ޖާގައެއްވެސް ނުދެ އެވެ. ރައީސާއި، އަނބިކަނބަަލުންނާއި، ސަރުކާރުގެ އިސްވެރިންގެ އެކައުންޓުތަކާއި، އާއިލީ ބޭފުޅުންގެ އެކައުންޓުތަކަށް މިލިއަނުން މިލިއަނުން ފައިސާއެއްވެސް ޖަމާއެއް ނުކުރެ އެވެ. 

ދެން މިކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް އޮންނާނެ ހެއްޔެވެ. 

އެ ބޭފުޅުންގެ ވެރިކަމުގެ ފަސް އަހަރުގައި ނުކުރެވުނު އެތައް ކަމެއް ވެރިކަމުގެ ހަތަރު މަހުގެ ތެރޭގައި އެ ވަނީ ހާސިލްކޮށްފަ އެވެ. އެ ބޭފުޅުން ހިޔާނަތުގެ ތެރެއިން ގެންނެވިކަމަށް ބުނާ ބޮޑެތި މަޝްރޫއުތައް، ހިޔާނާތާއި، ވައްކަން ނުހިމެނޭގޮތަށް ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެ ވަނީ ފަށާފަ އެވެ. 

ތަރައްޤީ އަންނަން ޖެހޭނީ ވައްކަމާއި އެކުގައެއް ނޫނެވެ. އެކަން ރައީސް ސޯލިހްގެ ސަރުކާރުން އެ ވަނީ ސާބިތުކޮށްދީފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

3 ހަފްތާކުރިން

އަޖައިބެއް ވަށްކަން އެކުރަނީ ރައްޔިތުންނައް ޙިދުމަތް ކުރާކައްނޫނޭ، ވަކިބަޔަކައް މަންފާ، ކުރުވާވަން

1
0
ވައްކަން

3 ހަފްތާކުރިން

ނިމި ދިޔަ ރިޔާސީ އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި މި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާ ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

0
0
ހ މ ޒ

3 ހަފްތާކުރިން

ދޮގު ޚަބަރު ފެތުރުމަކީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާދެއްތޯ؟

0
0