22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މަގޭ ރިޕޯޓް

ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފި!

  • އެންމެ ބޮޑު ބަދަލަކީ ހައްގުތަކާއި މިނިވަންކަން ހޯދުން
  • ވިޔަފާރިތަކަށް ފަހި މާހައުލެއް ތައާރަފުކުރަން ދަނީ މަސައްކަތް ކުރަމުން
  • ސީދާ އާންމު ރައްޔިތު މީހާއަށް ހެޔޮ ބަދަލު އަންނާނެ އެތައް ކަމެއް

| 28 މާރޗް 2019 | ބުރާސްފަތި 17:25 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރަށަކަށް ފުރުމަށް ބަޔަކު ތައްޔާރުވެގެން -- ފޮޓޯ: މުހައްމަދު ޝަރުހާން

"އަޅުގަނޑުމެން ސަރުކާރުގައި މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތް ރައްޔިތުން ވަޒަންކުރާނެ. އަދި އެކަން އަޅުގަނޑުމެން ބަލައިވެސްގަންނަން. އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒަކީ، ވީ ވަޢުދުތައް ފުއްދުން. މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، މި ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދޭނެ ސަރުކާރަކަށް،" ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ޕްރޮގްރާމަށް 90 ދުވަސް ފުރުން ފާހަގަކުރުމަށްޓަކައި ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

 

ތެދުފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އެތައް ދާއިރާއަކުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައިފި އެވެ. އެންމެ ބޮޑު އެއް ބަދަލަކީ އޮބި އަޅައި ހިފަހައްޓާފައި އޮތް ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ލިބިގެން ދިޔުމެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އިޔާދަވި އެވެ. އެބައެއްގެ ފިކުރުގެ މިނިވަންކަން ލިބުމަށް ވުރެ، އިންސާނަކަށް ވީތީވެ ލިބޭނެ އިތުރު އުފަލެއް އޮންނާނެތޯ އެވެ. މުޅި އިންސާނާ ބިނާވެފައިވަނީ އެ މިނިވަންކަމުގެ މައްޗަށެވެ.  

 

މި ވެރިކަމުގައި ރައްޔިތުންނަށް ސީދާ އަސަރުކުރާ ގޮތަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކުގެ ލިސްޓް ވަރަށް ދިގެވެ. ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް، ރާއްޖޭގައި ތިބިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ވުން، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުން، މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށްފަހު ރީސްޓަރަކްޗަރ ކުރުން، އަދި ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދިނުން،  ހައި އެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯއީސީޑީ ގައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމުތަކާއި ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުން، މި ހުންނަނީ އާދައިގެން ކަންކަމެއް ނޫނެވެ. މިއީ ގައުމެއް ބިނާކުރުމަށްޓަކައި ޒުވާން ސިކުނޑިތަކެއް އުފެއްދުމަށް ރައީސް ސޯލިހް ގެނެސް ދެއްވި ހެޔޮ ބަދަލެވެ.

 

ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ބިލް ބޮޑުވުމެވެ. އެކަމަށް ވެސް މި ސަރުކާރުން ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.  ޒަމާނުއްސުރެ، މާލެ އާއި އަތޮޅުތަކުގައި އޮތް ކަރަންޓްގެ އަގުގެ ފަރަގު މިހާރު ވަނީ އެއް ހަމަކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދީފަ އެވެ. އަދި ޑީސަލުން ޑިއުޓީ މައާފުކުރުމުން ތެލުގެ އަގަށް އަންނަ ބަދަލު، ކަރަންޓް ބިލަށް ވެސް އަންނާނެ އެވެ. މިއީ ކިހާ އުފާވެރި ކަމެއްތޯ އެވެ. އާންމު ރައްޔިތު މީހާ އާއި ވިޔަފާރިތަކަށް ވެސް އުފާވެރިކަން ލިބޭނެ ބޮޑު ބަދަލެކެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ހެޔޮ އަސަރެއް ކުރާނެ ބަދަލެކެވެ.

 

ދިވެހިރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ބަލިމަޑުކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ނެތް މީހަކު ނުހުންނާނެ ކަމަށް ސަރުކާރުން ބުނާއިރު، 4000 ފްލެޓްގެ ބޮޑު ހައުސިން މަޝްރޫއު މިހާރު އޮތީ އެއްބަސްވުމާ ހަމައިގަ އެވެ. އެ މަޝްރޫއު ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ދޫކުރުމުގެ ސަބަބުން، ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތް ވަރަށް ގިނަ އެވެ. އެ ގޮތަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަކީ ވެސް މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ހެޔޮ ބަދަލެކެވެ. ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމަކީ، އެ މަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯތްބާއި އޯގާތެރިކަމުގެ ރަމްޒެކެވެ.

މީގެ އިތުރުން، ފަރްޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސުން، އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުން، އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދައިދެވުމުގެ މަސައްކަތް ފެށުމަކީ، ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ހެޔޮ ބަދަލު އިންތިހާއަށް ލިބިގެންދާނެ ކަމެކެވެ.  ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފަށައި، އަދި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް  ވެސް ވަނީ ފަށައިފަ އެވެ.

 

ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ދައުލަތުގެ ނިޒާމުގެ ތެރެއިން، ދައުލަތުގެ ވެރިން ހިންގަމުން ދިޔަ ކަމަށް ތުހްމަތުކުރާ ހިޔާނާތުގެ މައްސަލަތަކުގެ ސަބަބުންނެވެ. އެކަން ހުއްޓުވުމަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. އެ ހެޔޮ ބަދަލު ގެނައުމަށްޓަކައި ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުވައިފަ އެވެ. ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ  ފަރާތްތަކާއި އެމީހުންގެ އަނބި/ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކޮށް ގަވައިދުން ކުރަން ފެށުމާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް އާންމުކޮށް ހުޅުވާލުމަކީ ވެސް ހިޔާނާތުގެ މައްސަލަތައް ކޮންޓްރޯލްކުރަން އެޅުނު ބާރެކެވެ. ވަކި މޫނަކަށް ބެލުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރުން ފިޔަވަޅު އަޅަމުން ދިޔުމަކީ، ހެޔޮ ވެރިކަމަކާއެކު، ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭން ސަރުކާރުން ބޭނުންވާ މިންވަރު އަންގައިދޭ ކަމެކެވެ.

ދެން ވެސް އޮތީ ކުޑަ ކަމެއް ނޫނެވެ. މާލޭގެ ރައްޔިތުން ކުދިކުދި ޖާގަތަކުގައި އުޅެމުންދާއިރު، މި ސަރަހައްދުގައި މުނިފޫހި ފިލުވޭނެ، ދަތުރު ދެވޭނެ ތަނެއް ނެތެވެ. އެކަން ވެސް ހައްލުކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމުގެ ހަބަރު ރައީސް ސޯލިހް ވަނީ ދެއްވައިފަ އެވެ.  އެގޮތުން މާލެ ކައިރިން ވަރަށް އަވަހަށް ރަށެއް ހަމަޖައްސާނެ އެވެ.  ކޮންމެ އަތޮޅެއްގައި ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން ރަށަކާއި ފަޅަކާއި ކަނޑޫފާއެއް ހިމެނޭ ގޮތަށް ރައްކާތެރިކުރުމަކީ ވެސް މި ސަރުކާރުގެ ވަރަށް ބޮޑު ނިންމެކެވެ. އަދި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓްގެ ވަކި ޕަސެންޓެއް ދިނުމާއި ކައުންސިލް އިންތިޚާބުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރާ ގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް، ސަރުކާރުން މިހާރު ހުށަހަޅާފައި އޮތުމަކީ މި ސަރުކާރުގެ ހެޔޮ ވިސްނުމާއި ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނަށް ކުރިއެރުން ހޯދައި ދިނުމަށް ސަރުކާރު އެދޭ މިންވަރު ދަލީލުކޮށްދޭނެ ކަމެކެވެ.

އިޔާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށުމާއި ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖެއްސުން، އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖެއްސުމާއި ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުދި ކުދި ކަންތައްތަކެއް ނޫނެވެ. އެކަމުގެ ފައިސާ ބޮޑުކޮށް މުޅި ގައުމަށް ލިބިގެންދާނެ ސިޔާސަތުތަކެކެވެ. ޝުކުރު އަދާކުރުން ހައްގު ބަދަލުތަކެކެވެ.

ވިޔަފާރިތައް ކުރިއެރުވުން، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފަ އެވެ. ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކް ވަނީ ތައާރަފުކޮށްފަ އެވެ. މަސްވެރިކަމަށް ކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލާފައިވާއިރު، 24 ގަޑިއިރަށް ވިޔަފާރި ހުޅުވޭ އުސޫލު ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި "މަސްދޯނި އެކައުންޓް" ހުޅުވި ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު މި ސަރުކާރުން އެ ވަނީ ތަނަސްކޮށްދީފަ އެވެ. މިފަދަ ގިނަ ބަދަލުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އެކަންކަމުގެ ނަތީޖާ ވެސް ފެންނާނީ ބޮޑުކޮށެވެ. ހެޔޮކޮށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް