22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައީސް ސޯލިހު 100 ދުވަސް

ރައީސްކަމުގައި 60،000 އަށްވުރެ ގިނަ ސެލްފީ، ކެމްޕެއިންގައި ދެ ލައްކައަށް ވުރެ ގިނަ!

  • ހެނދުނު އޯޓްސް ފަރިއްކުޅުވާ
  • ދުވަސް ފެށުމުގެ ގޮތުން ފުރަތަމަ ކުރައްވާ ކަމަކީ މެސެޖުތައް ވިދާޅުވުން
ލައިޝާ އަހްމަދު | LailaAhmeds

| 27 މާރޗް 2019 | ބުދަ 16:20 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ސޯލިހު ސަޕޯޓަރުންނާއެކު ސެލްފީއެއް ނަންގަވަނީ -- އާކައިވް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކެތްތެރި، ހިތްތިރި ބޭފުޅެކޭ އެންމެންވެސް ކިޔައެވެ. ސިޔާސީ ގޮތުން އެންމެ ހަލަބޮލި ދަނޑިވަޅުތަކުގައި ވެސް ރައީސް ފެނިވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާ އެކު، ހިކުމަތްތެރިކަމާ އެކު އެކަމަކާ ކުރިމަތިލައްވައި ހައްލު ހޯއްދަވާ ތަނެވެ. ސާދާ ދިރިއުޅުމެއް އުޅުއްވާ، ރައްޔިތުންނާ ގާތް ބޭފުޅެއްގެ ގޮތުގައި ރައީސް ސިފަކުރައްވާ ގިނަ ފަރާތްތަކުން ބުނަނީ ރައީސްގެ ކެތްތެރިކަމާ ހިތްތިރި ކަމުގެ އެއް މިސާލަކީ ވަރުބަލިކަމެއް ނެތި ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރުމަށްފަހު ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުން ވެސް ރައީސްގެ ކިބައިން ފެނިގެން ދިޔައީ ހިތްހެއުކަމާއި މަޑުމައިތިރިކަމެވެ. އެތައް ގަޑިއިރަކު ރައްޔިތުންނާ ބައްދަލުކުރައްވައި "ސެލްފީ" ނަންގަވަން ޖެހިވަޑައިގަތަސް ފަސްޖެހިވަޑައިގަތުމެއް ނެތި ވަރުބަލިފުޅުވުުމެއް ނެތި ކިއޫ ހަދައިގެން ތިބޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ފޮޓޯނަންގަވައެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތް ފަހުން ވެސް 60،000 އަށްވުރެ ގިނަ ސެލްފީ ނެންގެވިފައިވާނެ ކަމަށާއި، މިހާތަނަށް މާ ގިނަ ރަށްތަކަކަށް ނުދެވުނު ނަމަވެސް، ކޮންމެ ރަށަކުން ވެސް ބައިވަރު މީހުން ސެލްފީ ނަގާ ކަމަށެވެ. އަދި އޭގެ ކުރިން ކެމްޕެއިނު ދުވަސްވަރު ދުއިސައްތަ ހާހަކަށް ސެލްފީ ނެންގެވިފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" އާންމުންނާ އެކީގައި ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި ހަމަ އެދޭ އެނގޭތޯ، އެހެންވީމާ ސެލްފީ ނެގޭ، ގާތްގަނޑަކަށް ބަލާލާއިރުގަ ވެރިކަމަށް އައި ފަހުން ނެގިއްޖެ 60،000 އަށްވުރެ ގިނަ ސެލްފީ، ދެން އޭރު އަޅުގަނޑު ބަލާލިއިރު ކެމްޕެއިން ތެރޭގައި ހަމަ ދެލައްކަ އަށްވުރެ މަތީގަ އުޅޭ ވާހަކަ އަޅުގަނޑު ދެންނެވިން ދެއްތޯ ، މިހާރު އޭގެ ފަހުން ނެގިއްޖެ އެހާވަރަށް" ރައީސް ސޯލިހު ވިދާޅުވިއެވެ. 

އޭގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަފުޅުތައް ފަށާއިރު ޕްރޮގްރާމުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރައީސްގެ ދުވަސް ފެށޭ ގޮތް ކިޔާދެއްވަމުން ވިދާޅުވީ، ފަތިސް ނަމާދު ކުރެއްވުމަށްފަހު ކުޑަ ވަގުތުކޮޅަކު އަރާމު ކުރައްވާ ކަމަށާއި، ދެން އެންމެ އިސްކަމެއްގެ ގޮތުން އެގަޑީގައި ކުރައްވާ ކަމަކީ ފޯނުގެ މެސެޖުތައް ވިދާޅުވުން ކަމަށެވެ.

" ހެނދުނު އެބަ ހޭލަން 5:15 ގައި ބަންގިިއާއެކީގައި، ފަތިސް ނަމާދަށް ފަހު ކުޑަ ބްރޭކެއް އަޅުގަނޑު ރެސްޓެއް ނަގަން އެގަޑީ، ނަގާފައި ދެން 6:30 ކަންހާއިރު މަސައްކަތް ފަށަނީ، ފުރަތަމަ ކަމަކަށް އަޅުގަނޑު މި ކުރަނީ ހުރި މެސެޖުތައް ބެލުން ފޯނުގަ، އެއީ ވަރަށް ބުރަ މަސައްކަތެއް،" ސަމާސާ ރާގެއްގައި ރައީސް ވިދާޅުވިއެވެ. 

ގަޑިން ގަޑިއަށް ފަރިއްކުޅުވުމަށް އިސްކަންދެއްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ފޯނުން މެސެޖުތައް ބެއްލެވުމަށްފަހު ގާތްގަނޑަކަށް 8:00 ހާއިރު ހެނދުނުގެ ނާސްތާ ބައްލަވާ ކަމަށާއި، އޭގެ ފަހުން 10:00 ހާއިރު ކުޑަ ސައެއް ބައްލަވާ ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ކާއެއްޗެއްސައް މާ ބޮޑު ބަދަލެއް ނުގެންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" ހެނދުނު އަޅުގަނޑު އޯޓްސް މި ކަނީ، މެންދުރު ގިނައިން ގަރުދިޔައާ ބަތާ، ދެން ރޭގަނޑު ކޮންމެވެސް ވެޖިޓަބަލްއެއް ނޫނީ ތަންކޮޅެއް ލުއިކޮށް ގެންދަނީ، އަޅުގަނޑަށް (އޯޓްސް) މީރު، ކުރީގަ އަޅުގަނޑު ޕާން ކަނީ، ބްރައުން ބްރެޑް، އެއަށްފަހު އޯޓްސްއަށް ބަދަލުކުރިތާ 4 އަހަރު 3 އަހަރު ވެދާނެ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، އޯޓްސް ފަރިއްކުޅުވާއިރު ރަހަ މީރުކުރެއްވުމުގެ ގޮތުން މާމުއި ނުވަތަ ކޮންމެވެސް މޭވާއެއް އަޅުއްވާ ކަމަށެވެ.

ރައީސް ސޯލިހުގެ ހިތުގެ މައްސަލައެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ކުރައްވާފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރައީސުންގެ ސިއްހީ ހާލަތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، މީގެ 11 އަހަރު ކުރިން މެޑިކަލް ޗެކަޕެއް ހެއްދެވިއިރު ހިތުގެ ނާރެއްގައި ބްލޮކެއް ހުރި ކަމަށާއި، އެކަމާ ގުޅިގެން "އެންޖިއޯގްރާމް" އެއް ހައްދަވާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ޗެކަޕް ހައްދަވާ ކަމަށާއި، އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Bunebala

4 ހަފްތާކުރިން

Kaaku ގުނީ ތި ހުރިހާ ފޮތޮއެއް؟

1
0