24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މޯލްޑިވްސް ގޭސް

މޯލްޑިވްސް ގޭސްގެ 'ލުއި ފަސޭހަ ޕްރޮމޯ 2019' ފަށައިފި

  • ރަޖިސްޓަރ ކުރެއްވުމަށް 1616އަށް ގުޅުއްވާ
ރިޒުނާ ޒަރީރު | RiznaZareer

| 26 މާރޗް 2019 | އަންގާރަ 17:36 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މޯލްޑިވްސް ގޭސްގެ ޕްރޮމޯ -- ރާއްޖެއެމްވީ

މޯލްޑިވް ގޭސްއިން 'ލުއި ފަސޭހަ ޕްރޮމޯ 2019'ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެކުންފުނިން މައުލޫމާތުދިން ގޮތުގައި މިއީ ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން މިހާރު ދަގަނޑު ގޭސް ފުޅި ގެންގުޅޭ ފަރާތްތަކުން ލުއި ފުޅިއަށް ބަދަލު ކުރުމަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

ލުއި ފުޅިއެއް ކުރިން ވިއްކަމުން އައީ 1774ރ. އަށް ކަމަށްވާއިރު، މިޕްރޮމޯޝަންގެ ދަށުން 1000 ރުފިޔާއަށް ލުއިފުޅިއެއް ލިބޭނެ ކަމަށް މޯލްޑިވް ގޭސްއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަނާއި އެކު މި ފުޅީގެ އަގު މިވަނީ 774ރ. ހެޔޮވެފައެވެ.

އެކުންފުނިން ބުނީ ދަގަނޑު ފުޅި، ލުއި ފުޅިއަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުން މިހާރުން ފެށިގެން 1616އަށް ގުޅުމަށްފަހު ފުޅި ބަދަލުކުރަން އެދުމުން ޑެލިވަރީކޮށްދޭނެ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެއަށް ޑެލިވަރީގެ ޚިދުމަތްދޭނެ ކަމަށާއި އެހެންނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި މިޕްރޮމޯޝަން ކުރިއަށް ނުދާނެކަމަށް މޯލްޑިވް ގޭސްއިން ބުންޏެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ މިހާރު ހުރި ލުއި ފުޅީގެ ސްޓޮކް ހުސްވަންދެން ކަމަށް އެކުންފުނިން ބުންޏެވެ.

ރާއްޖޭގައި ގޭހުގެ ޚިދުމަތް ދެމުން އަންނަތާ 17 އަހަރަށްވުރެ ގިނަ ދުވަސްވީ މޯލްޑިވް ގޭހުންވަނީ، ރާއްޖެއަށް އެންމެ ފުރަތަމަ ލުއިފުޅި ތަޢާރަފްކޮށްފައެވެ.

އެގޮތުން ލުއިފުޅިއަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން ބޮޑު ފުޅިއަކަށްވާއިރު، ގޭސް ބޭނުން ކުރެވޭ މިންވަރު ފެންނަން ހުންނާނެ ކަމަށާއި، ދަގަނޑު ފުޅިއާއި ޚިލާފަށް ފައިބަރ ކޯޓިންގެ އިތުރުން ފުޅި ލުއިވެފައި ރީތިވާނެއެވެ.   

ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކަށް މެޑިކަލް ގޭސް ވެސް ފޯރުކޮށްދޭ އެ ކުންފުނީގެ އަމާޒަކީ އެކުންފުނިން ގެންގުޅޭ ދަނގަޑު ފުޅި އެއްކޮށް ބޭނުންކުރުން ހުއްޓާލުމަށްފަހު ހުރިހާ ކަސްޓަމަރުންވެސް ލުއި ފުޅިއަށް ބަދަލުކުރުން ކަމަށް މޯލްޑިވް ގޭސްއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް