24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އަައިޝަތު ނަހުލާ

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

  • އައިޝާ ރަށަށް ވަޑައިގަތުމަށް ބާރު އެޅުއްވީ މަންމަ
  • މަންމައަކީ ސައްލެގެ ވަރުގަދަ ސަޕޯޓަރެއް ކަމަށް ވިދާޅުވި
  • ހޯރަފުށި ކުރިއަރައިގެންދާނެ އެތައް ކަމެއް ވުމަކީ އުންމީދެއް: އައިޝާ
ޙުސައިން ޙަސަން | hucenhassan

| 26 މާރޗް 2019 | އަންގާރަ 03:59 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މިނިސްޓަރު އައިޝާ، އޭނާގެ މަންމަ ހަދީޖާ އިބްރާހިމްގެ ކޮލަށް ބޮސް ދެއްވަނީ -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ކައުންސިލްގެ އަޑުގަދަ ކުރާއިން ގޮވަމުން ދިޔައީ ބަނދަރު ސަރަހައްދަށް ޖަމާވުމަށެވެ. ތާރީހީ ދުވަހުގެ އުފަލުގައި ބައިވެރިވުމަށެވެ. މާޗު 25، 2019، ވީ ހޯމަ ދުވަސް، ހޯރަފުއްޓަށް ތާރީހީ ދުވަހަކަށް ވީ އެ ރަށުގެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން ސޮއި އެޅި ދުވަހަށް ވުމުން އެކަންޏެއް ނޫނެވެ. އެ ދުވަސް ބޮޑު ދުވަހަކަށް ވެގެން ދިޔައީ އެ ރަށަށް އުފަން، ދަރިއަކު ވަޒީރު ކަމަށް ވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ރަށަށް ވަޑައިގެންނެވުމުންނެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގެ ހީވާގި ވަޒީރު، އައިޝަތު ނަހުލާ ހޯރަފުއްޓަށް ފައިބައިވަޑައިގެންނެވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވީ އޭނާގެ މަންމަށެވެ. ހަދީޖާ އިބްރާހިމަށެވެ. މަންމަގެ މޫނު މަތިން، އުފާވެރިކަން ފެނިފައި އައިޝާ އޭނާގެ މަންމަގެ ގައިގައި ބައްދާލެއްވިއެވެ. ކޮލަށް ބޮސްދެއްވި އެވެ. ދެ ވަނަ ފަހަރަށް މަންމަގެ މޫނަށް އައިޝާ ބައްލަވާލެއްވި ވަގުތު، މަންމައަށް ރޮވޭ ތަން ފެނިގައި ނިތްކުރިއަށް ބޮސްދެއްވި އެވެ.

އެ މަންޒަރު ފެނި އެ ސަރަހައްދަށް ޖަމާވެފައި ތިބި ގިނަ ބައެއްގެ ޝައުގުވެރިކަން އެ ދެމައިންނަށް ހުއްޓުނެވެ. ނަމަވެސް މަރުހަބާ ދެންނެވުމަށް ހޯރަފުށި ބަނދަރު ސަރަހައްދު ތައްޔާރުކޮށްފައި އޮތުމުން، އެ ހަރަކާތަށް މިނިސްޓަރު އައިޝާ ފުރުސަތު ދެއްވިއެވެ. ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިބި މީހުންނަށް ހަނާ އަޅުއްވައި، ހޫނު މަރުހަބާއެއް ދެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި މިނިސްޓަރު ނަހުލާ-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު

އެއަށްފަހު ހޯރަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހުގެ ހިޔަލުގައި ކުރިއަށް ގެންދިޔަ އެއާޕޯޓް އެއްބަސްވުމުގެ ސޮއި ކުރެއްވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ އެކަމަނާ އެ ރަށަށް ވަޑައިގެންނެވުމަށް "މަޖުބޫރު" ކުރެއްވީ މަންމަ ކަމަށެވެ. އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި ހުންނެވި މަންމަގެ މޫނަށް ބަލަހައްޓަވައިގެން ހުންނަވައި އައިޝާ ވިދާޅުވީ، މަންމައަކީ ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ އަހުމަދު ސަލީމް (ސައްލެ)ގެ ވަރަށް ބޮޑު "ފޭނެއް" ކަމަށެވެ.

"މި ރަށަށް އަންނަން އެންމެ މަޖުބޫރު ކުރިވި އެއް ފަރާތް އަޅުގަނޑުގެ މަންމައަށް ހިތުގެ ފުންމިނުން ވަރަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑު ފޭނެއް ސައްލެގެ،" އައިޝާ ވިދާޅުވިއެވެ.

އައިޝާގެ ވާހަކަފުޅު ނިންމަވާ ލެއްވީ ހޯރަފުށްޓަށް އުފާވެރިކަމާއި ދިރުން ގެނެސްދިނުމަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި ދެމިހުންނަވަނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު އުފަން ބިމަށް, އަޅުގަނޑުމެންގެ މި ރަށަށް، ފާގަތި ކަމާއި އުފާވެރިކަމާއި އަޅުގަނޑުމެންގެ ރައްޔިތުން ކުރިއަރައިގެން ދާނެ އެތައް ކަމެއް މި ސަރުކާރުގެ ތެރެއިން ފުއްދުން. ހަމަ ގައިމު ވެސް ތިބޭފުޅުންނާ އެކު ފުރަތަމަ ސަފުގައި ކުރިއަަށް ނުކުމެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން،" އުމުރުފުޅުން 37 އަހަރުގެ އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާއަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު

މާކެޓިން އެންޑް މެނޭޖުމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އައިޝާގެ އުފަން ރަށަކީ ހޯރަފުށި ކަމުގައި ވިޔަސް، އެކަމަނާގެ ބައްޕަ ނިސްބަތްވެވަޑައިގަންނަވަނީ ގއ. ކޮނޑޭއަށެވެ. އައިޝާ ބޮޑުފުޅުވީ އާއިލާއާ އެކު ހޯރަފުށީގައެވެ. ނަމަވެސް މިހާރު އެކަމަނާގެ މަންމަ އާއި އާއިލާގެ އެހެން މެމްބަރުން އާންމުކޮށް ދިރިއުޅުއްވަނީ މާލޭގައެވެ.

ގައްލަންދޫ ކަނޑުގެ ހުރަސްކޮށް، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅަށް އައިޝާ ވަޑައިގެންނެވި ނަމަވެސް، އެ ހިތްވަރެއް އެންމެންނަކަށް ނުލިބެއެވެ. ސަބަބަކީ ކުރަންޖެހޭ ދަތުރުގެ ބުރަވެފައި، އުފުލަންޖެހޭ ތަކުލީފު ބޮޑުވުމެވެ. ނަމަވެސް ހޯރަފުށީ އެއާޕޯޓާ އެކު، އުތުރު ރަށްތަކުގެ ފަޅުކަން ފިލާގޮސް، އަތޮޅުގެ 14 ރަށަކަށް ހަގީގީ ދިރިން އަންނާނެ ކަމުގެ ސިގުނަލް އެބަ އަޅައެވެ. އެއީ އައިޝާއަށް ވެސް ލިބިވަޑައިގަންނަވާނެ ބޮޑު އުފަލަކަށް ވާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް