18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސަލްމާން

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

  • އޭނާ އޮތީ ހޮސްޕިޓަލުގައި އެޑިމިޓް ކޮށްފައި
ސަހުބާން ފަހުމީ | sahubaan

| 22 ފެބުރުވަރީ 2017 | ބުދަ 16:51 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ސަލްމާން ހާން އާއި އޭނާގެ އެންމެ ބޮޑު ފޭން -- ގޫގުލް

އިޖިޕްޓަށް ނިސްބަތްވާ، ބަރުދަނުގައި 500 ކިލޯ ހުންނަ އީމާން އަހްމަދު އަބްދުލްއަތީއަކީ ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް ކަމުގައި އޭނާ އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލްގެ އޮފިޝަލުން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ފުރާނަ ސަލަމާތްކުރުމަށްޓަކައި ސާޖަރީއެއް ހެދުމަށް މުމްބާއީގެ ހޮސްޕިޓަލަކަށް ގޮސްފައިވާ 37 އަހަރުގެ އީމާން އެ ހޮސްޕިޓަލުގެ އޮފިޝަލުން ކައިރީ ބުނެފައިވާ ގޮތުގައި ސަލްމާންއަކީ އޭނާގެ އައިޑަލް ކަމަށާއި އަދި އޭނާ ސަލްމާންއާ ވަރަށް ބައްދަލު ކުރާހިތްވާ ކަމަށެވެ.

މިލްމް "ދަބަންގް" އިން ސަލްމާން ޚާންގެ ބޭބެގެ ގޮތުގައި ފެނިގެން ގޮސްފައިވާ އަރްބާޒް މި ވާހަކަތަކާ ގުޅިގެން ބުނެފައިވަނީ ސަލްމާން ޚާންގެ ވަރަށް ގިނަ ފޭނުން ތިބޭނެ ކަމަށާއި ނަމަވެސް އެ ހުރިހާ ފޭނުންނާ ބައްދަލުކުރުމަކީ ދަތިކަމެއް ކަމަށެވެ. އެހެން ނަމަވެސް ސަލްމާން ޚާންގެ ޓީމުން ދަނީ ސަލްމާންގެ މަސައްކަތުގެ ޝެޑިއުލް ބެލުމަށް ފަހު އީމާންއާ ބައްދަލުކުރެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރަމުން ކަމަށް ވެސް އަރްބާޒް ބުނެފައި ވެއެވެ.

ސަލްމާން ޚާނަކީ އަބަދުވެސް އޭނާގެ ހިތްހެޔޮކަމާއި ދީލަތިކަމަށް މީހުންގެ މެދުގައި މަޝްހޫރު މީހަކަށް ވާއިރު އީމާންގެ އުންމީދުވެސް އޭނާ ފުރިހަމަކޮށްދޭނެ ކަމާ މެދު ގިނަ ބަޔަކު ޝައްކެއް ނުކުރެއެވެ.

އީމާން އެނދުމަތިވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް