22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ރައީސް ސޯލިހު 100 ދުވަސް

ސެންޓަ ފޯ މެންޓަލް ހެލްތް ރައީސް ހުޅުވައިދެއްވައިފި

  • މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް
އަލީ ސަމާޚް | AliSamah8

| 25 މާރޗް 2019 | ހޯމަ 09:06 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ސޯލިހު، ސެންޓާ ފޯރ މެންޓަލް ހެލްތް ހުޅުވައިދެއްވަނީ -- ރައީސް އޮފީސް

އައިޖީއެމްއެޗްގައި ގާއިމްކުރި ސެންޓާ ފޯރ މެންޓަލް ހެލްތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވާދެއްވައިފިއެވެ. 

ރައީސް ސޯލިހު އެ ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށްގެން ހޯމަ ދުވަހު އެ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ ވައުދެކެވެ. 

ސެންޓާ ފޯރ މެންޓަލް ހެލްތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ސެންޓަރާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ޑރ. ޝަނުހާ މަންސޫރު ވިދާޅުވީ، ސެންޓަރުގައި ސައިކެޓަރިސްޓުންނާއި ސައިކޯތެރަޕިސްޓުން ބައްލަވާނެ ކަމަށެވެ. އައިޖީއެމްއެޗްގައި މިހާރު ވެސް ޕިޒިއޮތެރަޕިސްޓުންގެ ހިދުމަށް ދޭއިރު މި ސެންޓަރުގައި އާ ހިދުމަތަކަށް ދެވޭނީ ސައިކޮލެޖިކަލް ސަރިވިސްގެ ހިދުމަތެވެ.

އެޕޮއިންޓްމެންޓް ހައްދަން ބޭނުންވާ ފަރާތްތަކުން މިހާރު ވެސް އަމަލުކުރާ އުސޫލުގެ މަތިން ކުރިޔަށް ގެންދެވޭނެ ކަމަށާއި، ދެއްކޭނީ ކިޔުގައި ޖެހިގެންނެވެ. އަދި ސެންޓަރު ހުޅުވާފައި ހުންނާނީ އާއްމުކޮށް ހިދުމަތް ދޭ ގަޑިތަކުގައި ކަމަށް ޝަނޫހާ ވިދާޅުވިއެވެ. މި ސެންޓަރުގެ ހުޅުވިގެން ދިޔުމަކީ ސިއްހީ ދާއިރާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޝަނޫހާ ވަނީ ފާހަގަކުރައްވާފައެވެ.

''ސެންޓަރުގެ ބޮޑު އެއް އަމާޒަކީ އަސްލު މުޖްތަމައު ނަފްސާނީ ބައްޔާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލުކުރުން. މިވެސް ހަމަ އެހެން ބަލިތަކެއް ފަދަ ބަލިތަކެއް ކަން ހުރިހާ ބޭފުޅުންނަށް އަންގަވާ ފަރުވާ ކުރެވޭ ކަމެއް ކަން,'' ޝަނުހާ ވިދާޅުވިއެވެ.

މިހާރު ޑޮކްޓަރަށް ދައްކަން ތިން ރޫމް ހުއްޓަސް ކުރިޔަށް އޮތްތާނގައި އެ އަދަދު އިތުރު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް