22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެފްއޭއެމް އޯޑިނަރީ ކޮންގްރެސް

އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް

  • އެފްއޭއެމް އޯޑިނަރީ ކޮންގްރެސް އޮތީ ހޯމަ ދުވަހު
ލީވާން އަލީ | MrLeevaan

| 24 މާރޗް 2019 | އާދީއްތަ 19:47 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބޯޑު -- ޓްވިޓަރ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯމަ ދުވަހު ބާއްވާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ވަރުގަދަ ހުށަހެޅުންތަކެއް ހިމަނައިދިނުމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން އެދިއްޖެއެވެ.

ކޮންމެ އަހަރަކުވެސް މެމްބަރު ކްލަބްތައް އެއްވެ، އެގްޒެކެޓިވް ކޮމިޓީން އެޖެންޑާ ކުރާ ކަންކަމާ މެދު ގޮތެއް ނިންމަން ބާއްވާ މި ކޮންގްރެސްގެ އެޖެންޑާގައި ހިމެނުމަށް ވިކްޓްރީން އެދިފައިވަނީ:

  1. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިމެނޭ ގޮތަށް އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުން ވަކިކުރުން.
  2. އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް އަދި އެފްއޭއެމް ރައީސް އާއި އެގްޒެކެޓިވް ކޮމިޓީ ހޮވުމަށް އިންތިހާބެއް ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުން.
  3. ނޯމަލައިޒޭޝަން ކޮމިޓީގައި ތިން މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ނުހިމެނުން.

އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނަން ވިކްޓްރީން އެދުނު ކަންކަން ހިމަނާނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެފްއޭއެމުން ބުނެފައިވީ ނަމަވެސް، އެކަންކަން ހިމެނޭނެ ކަމުގެ ޔަގީންކަން ފީފާ އިން ދީފައިވާ ކަމަށް ވިކްޓްރީން ބުނެއެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ ވަކި އަދަދަކަށް ކްލަބްތަކުން އެދިއްޖެ ހިނދެއްގައި އެސޯސިއޭޝަނަށް ބާއްވަން މަޖުބޫރު ބައްދަލުވުމެކެވެ. އެ ކޮންގްރެސްގެ އެޖެންޑާ ނިންމާނީ ވެސް ހުށަހެޅި ކްލަބްތަކުންނެވެ.

ވިކްޓްރީން ވަނީ 12 ކްލަބުގެ ސޮޔާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ނިމިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެފްއޭއެމްއަށް ހުށަހަޅާފައެވެ. ނަމަވެސް އަސާސީ ގަވައިދާ އެއްގޮތަށް 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފަހަރު ބާއްވާފައެއް ނުވެއެވެ.

އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިނުދިނުމުން، އަސާސީ ގަވައިދާ އެއްގޮތަށް ވިކްޓްރީން ވަނީ އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހު ވަގުތު ފީފާ އާއި އޭއެފްސީގެ މަންދޫބުންތަކެއް އައިސް ކްލަބްތަކާ ވާހަކަދެއްކުމަށް ފަހު ތިން ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އެންގިއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން ޖެހޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސޮއިކުރުމަށްފަހު ސޮއި އަނބުރާ ނަގާފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމެނުމަށް ވިކްޓްރީން އެދިފައި ވަނީ އެ ކްލަބުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެސް ހިމެނުމަށް ނިންމި އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަށާއި، އަސާސީ ގަވާއިދު އިސްލާހުކޮށް އަލުން އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަށެވެ.

އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ކްލަބްތަކުން ހިމަނަން ބޭނުންވާ ކަންކަން 35 ދުވަސް ކުރިން ހުށަހަޅަން ޖެހޭއިރު، އެފްއޭއެމުން އާދީއްތަ ދުވަހު ބުނީ އެ މުއްދަތުގައި އެއްވެސް ކްލަބަކުން ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ނަމަވެސް ވިކްޓްރީން ބުނީ ކޮންގްރެސް އޮންނާނެ ދުވަހަކާއި ތަނެއް 45 ދުވަސް ކުރިން ކްލަބްތަކަށް އަންގަން އެފްއޭއެމަށް އަސާސީ ގަވާއިދު ލާޒިމްކުރި ނަމަވެސް އެކަންކޮށްފައިނުވާ ކަމަށާއި، އެކަމަކު ވިކްޓްރީން އެޖެންޑާގައި ހިމަނަން ބޭނުންވާ ކަންކަން ކޮންގްރެސްގެ 35 ދުވަސް ކުރިން، ފެބްރުއަރީ 10 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިސްސަ

4 ހަފްތާކުރިން

ޓީމް އޮޔާ ދާން ފެށީމަ ދެން ގޯސްވާނީ މެނޭޖްމަންޓް، ފުރަތަމަ ޓީމް ރަގަޅު ކޮށްބަލަ....

0
0