18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފ. އަތޮޅު ވިއްކާލުން

ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.

  • ފ އަތޮޅު ވިއްކާލުމުގެ އަޑު ގަދަވެފައިވާއިރު ސަރުކާރުގެ ބަހެއް ނެތް
  • ފ. އަތޮޅު ރައްޔިތުންގެ ބަހެއް ހޯދާފައެއް ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 22 ފެބުރުވަރީ 2017 | ބުދަ 13:36 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ފ. އަތޮޅުގެ ރަށްތައް: 23 ރަށުގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ -- ގޫގުލް

އިލާހީ ރަޚުމަތުން، ދުނިޔޭގެ ޗާޓުގައި ދިވެހިންނަށް ލިބިފައިވާ މަގާމަކީ ބޮޑެތި ބާރުތަކުން މި ކުދި ޖަޒީރާތަކަށް އަތްގަދަ ކުރުމަށް ބޭނުންވާ މައިގަނޑު ސަބަބެވެ. މި އަމާޒު ހާސިލުކުރުމަށް ކޮންމެ ޒަމާނެއްގައި ވެސް އެއިރަކު ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުތަކުން އިންތިހާ އަށް މަސައްކަތް ކޮށްފައިވާކަން ތާރީޚީ ފަތްފުށްތަކުން ފެންނަން އެބައޮތެވެ. ބޭރުގެ ބޮޑެތި ބާރުތަކުން ރަންޒަމާނުން ފެށިގެން ދިވެހިރާއްޖޭގެ ބިމުގެ ކައިވަތަކަށް ނަމަވެސް އިންތިޒާރު ކުރަމުންދިޔަ ކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ.

 

މާކަނޑުގެ މެދު ތެރޭގައި މި ވާ 1190 އެއްހާ ރަށުގައި މީހުން ދިރިއުޅޭތާ 2500 އަށް ވުރެ ގިނަ އަހަރު ފާއިތުވެއްޖެ ކަމަށް އެކި ރަށްރަށުން ފެނިފައިވާ އާސާރީ ހެކިތަކުން ކަށަވަރުކުރެވެ އެވެ. ރަށްރަށަށް ދަތުރުކޮށް އުޅެން އުނދަގޫވި ޒަމާންތަކާއި، ކާބޯތަކެއްޗަށް ދިވެހިން ޖެހުނު ޒަމާންތަކާއި، ބޭރުގެ އިސްތިއުމާރީ ބާރުތަކުން މި ފަސްގަނޑު ހިފަން އެރި ޒަމާންތަކެއް މާޒީން ފެންނާން އެބައޮތެވެ. އަދި ދިވެހިރާއްޖޭގައި ގޮށްމުށުގެ ބާރުން އަނިޔާވެރިކަމާއެކު ދިވެހިން އަޅުވެތިކުރުވައިގެން ވެރިކަން ކުރި ޒަމާންތަކަކާއި ރައްޔިތުންނަށް ޣައްދާރު ވެރިންތަކެއް ވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ. 

 

ނަމަވެސް، މިއިން އެއްވެސް ޒަމާނެއްގައި ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށްވާ ދިވެހިންގެ މި ޖަޒީރާގެ އެއްވެސް ބިމެއް ބޭރުގެ އެއްވެސް ބާރެއްގެ އަތްދަށުވިޔަ ދީފައެއް ނުވެ އެވެ. ދިވެހިންގެ ބިމަށް ވެރިވެގަތް ހަމަ ކޮންމެ ބާރެއް ވެސް ޖެހުނީ، ދިވެހިންގެ އަތްދަށުން ބަލިގަބޫލުކޮށް މި ފަސްގަނޑުން ފައިބައިގެން ދާށެވެ. މިފަދަ ބާރުތަކަކަށް ދިވެހިންގެ ބިމުން ކައިވަތެއް ވިޔަސް ވެދުންކުރާހާ ޣައްދާރު ވެރިޔަކު މިގައުމުގެ ތާރީޚުން މިހާތަނަށް ފެންނަން ނެތެވެ.

 

ނަމަވެސް، ހިތުހުރި ގޮތަކަށް ހިތު ހުރި ގައުމެއް ހިފި ޒަމާން ފާއިތުވެދިޔަތާ އެތައް ސަތޭކަ އަހަރެއް ފަހުން މިއަދު ދިވެހީންނަށް މިވަނީ ދިވެހިންގެ ބިމުގެ ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފަ އެވެ. ތަރައްގީ އާއި އިގްތިސާދުގެ މަޅީގައި މެހި، ދިވެހިންގެ ބިމުން ބޮޑު ބައެއް އަރަބި މަހުޖަނުންގެ އަތަށް ދޫކޮށްލަފާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ. 

 

ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ އަރަބިއްޔާގެ ޝާޚީ އާއިލާގެ ތަޚުތައް ދޫކޮށްލަން އުޅޭ ކަމަށް ފެތުރިފައިވާ އަޑުތަކަށް ބާރު ލިބޭ ގޮތަށް، ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ފ. އަތޮޅުގައި ހުރީ ކުދިކުދި ރަށްރަށް ކަމަށާއި އެފަދަ ކުދި ރަށްރަށުގައި ކުރިއަށް ދެވޭނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

 

އޭގެ ފަހުން ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާގެ ޝައުގުވެރިކަން ފ. އަތޮޅަށް އެބައޮތް ކަމަށާއި ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ހިންގުމަށް ކުރެހުންތަކާއި ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސައުދީ ރަސްގެފާނު ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާނެ ކަމަށް އެގައުމުގެ ދައުލަތުގެ ނޫހުން މިވަނީ ހާމަކޮށްފަ އެވެ.

 

ފ. އަތޮޅުގެ 4119 ރައްޔިތުން ހުޅުމާލޭ ހިއްކި ބިމަކަށް ބަދަލުކުރުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ދައްކާ ވާހަކަތަކުން ހާމަވެ އެވެ. އެ ރައްޔިތުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް އިންތިޚާބުވެފައިވާ ސަރުކާރުން މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު، އެ ރައްޔިތުންގެ ބަހެއް ހޯދާފައެއް ނުވެ އެވެ. މިކަމާ ދެކޮޅަށް ބަހެއް ބުނުމުގެ ހައްގު ވެސް އެ ރައްޔިތުންނަށް ނެތެވެ. އެ ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ އަޑެއް އަމުދުން ނެތެވެ. 

 

ފ. އަތޮޅު ސައުދީގެ ޝާޚީ އާއިލާއަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް މިވަރަށް ގަދަވެފައިވާއިރު، މިކަމާ ގުޅޭ ގޮތުން ސަރުކާރު ހަނު އޮތުމުން ސާފު ޖަވާބެއް ލިބެ އެވެ. ރައްޔިތުންނާ ހިސާބަށް މީގެ ވާހަކަތައް ކިޔައިދެއްވާނީ ސައުދީ ރަސްގެފާނުގެ ހާޒިރުގަ އެވެ. އޭރު އޮންނާނީ ވާނެ އެއްޗެއްވެ ނިމި، ދިވެހިންގެ ޗާޓުން ފ. އަތޮޅު ނޮޅާލާފަ އެވެ.

 

އަދަށް ވުރެ މާ ތަދު ދުވަސްތަކެއް ދިވެހިން ތަޖުރިބާކުރި ނަމަވެސް، އެއިން އެއްވެސް ޒަމާނެއްގައި މި ބިމުން ވެލިފުކެއްވެސް ދޫކޮށްލާފައެއް ނުވެ އެވެ. މި ބިމުގެ ހައްގުގައި، ކާބަފައިން ވި މަތިވެރި ގުރުބާނީގެ އަގު އަދާކޮށް ނުދެވުނުއިރު، މި ބިން ތެލުގެ މަހުޖަނުންނަށް ދޫކޮށްލަނީ އެވެ. 

 

މިވަރުގެ ކަމެއްވާއިރު ވެސް، މިއަދަކު އިހުތިޖާޖެއް ކޮށްލަން ދިދަ ދަނޑިއެއް ހިފައިގެން ނިކުންނާނެ މީހަކު ވެސް ނެތެވެ. ދިވެހި ގައުމު ލޭކަރުނަ އަޅަމުންދާއިރު، އެ އަޑު އަހާލާނޭ ކަންފަތެއް ވެސް މި ބިމަކު ނެތެވެ. ގައުމު ރޮމުން އާދޭސްކުރަނީ، މި ބިމަށް ތެދުވެރިވެ އިޚުލާސްތެރިވުމަށެވެ. މާދަމާ ކަންވާނެ ގޮތަކަށް ވިސްނާލުމެއް ނެތި، ވަގުތީ އުފަލަކަށް ގައުމަށް ޣައްދާރު ނުވުމަށެވެ. މައިމީހާގެ ހައްގުގައި މިފަދަ ޚިޔާނާތެއް ނުވުމަށެވެ. އަސް ވިއްކާލިޔަސް ލަގަން ވިއްކާނުލުމަކީ މި ފަސްގަނޑުގެ އާދޭހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަޙްމަދު

2 އަހަރު ކުރިން

ދިވެހިންގެ އެއާރޕޮރޓް ދިވެހިންނަށް ބުނެ ވެރިކަން ވައްޓާލި މީހުން ޤައުމު ވިއްކާލައިރު އަގައިން ވެސް ނުބުނޭ.

0
0
misbah

2 އަހަރު ކުރިން

Varah asharu kohffi alhuvethi kamuge karuna dhelolun niraalaifi maiy Allah migaumu salaamaiyy kurahvaashi aameen

2
0
މުންކޮ

2 އަހަރު ކުރިން

ޖީއެމްއާރަށް 25 އަހަރަށް އެއާރޕޯޓް ދިނީމަ ގޯސްވެގެން ބަޢާވަތަކުން ވެރިކަމަށް އައިސް މިފެށީ ރައްތަކާ ފަޅުތައް ވިއްކަން ވަގުންނަށް ހީވާނީ އެހެން މީހުންވެސް އެއީ ވަގުންނޭ

5
0