22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ދިވެހިން ތަމްރީނު ކުރުން

މަސައްކަތްތެރި ދިވެހިން ބިނާ ކުރުމަށް ޤައުމީ ފެންވަރުގެ ޕްރޮގްރާމްތަކެއް ހިންގަނީ

  • ރޯދަ މަހަށް ފަހު އެ ޕްރޮގްރާމްތައް ފެށިގެންދާނެ
ލައިޝާ އަހްމަދު | LailaAhmeds

| 24 މާރޗް 2019 | އާދީއްތަ 12:42 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމް -- ރާއްޖެއެމްވީ

މަސައްކަތްތެރިކަމާ ގުޅޭ އެކި ދާއިރާތަަކަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ޤައުމީ ފެންވަރުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯއާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ، ރާއްޖޭގެ އެކި އިންޑަސްޓްރީ ތަކަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ޤައުމީ ފެންވަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަަމަށާއި، އެކަމަށްޓަކައި ސަރުކާރުގެ އެސްއޯއީތަކާއި، މިނިސްޓްރީތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. 

" އަޅުގަނޑުމެން ޓިވެޓް އޮތޯރިޓީން ޤަސްތުކުރަން ކުރިއަށްއޮތް ތާނގައި އިރާދުކުރެއްވިއްޔާ ނޭޝަނަލް ލެވެލްއެއްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފައްޓަން، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެކިއެކި އިންޑަސްޓްރީސްތަކަށް ބޭނުންވާ ތަފާތު މުވައްޒަފުން، ތަފާތު ވަޒީފާތަކަށް ބޭނުންވާ އެކި ގިންތީގެ ދިވެހިން ބިނާ ކުރުމަށްޓަކަައި ވަޒީފާދޭ ފަރާތްތައް ބޭނުންކޮށްގެން ވަޒީފާދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ރާވާ، ސަރުކާރުން ރާވާ މަސައްކަތެއް" ހާޝިމް ވިދާޅުވިއެވެ. 

ހާޝިމް އިތުރަށް ވިދާޅުވީ، މަސައްކަތްތެރި ކަމުގެ އެކި ދާއިރާތަކާ ގުޅޭ މި ޕްރޮގްރާމްތައް ރޯދަ މަހަށް ފަހު ފެށޭނެ ކަމަށާއި، ރާއްޖޭގެ މަސައްކަތްތެރި ކަމުގެ ދާއިރާގައި ޒުވާނުން އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ޒުވާނުންނަށް އާމްދަނީ ހޯދާނެ ރަނގަޅު މަގުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް