22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ނަފްސާނީ ބަލިތަކަށް ޚައްސަ ޑިޕާރޓްމަންޓެއް

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

  • ޑިޕާރޓްމަންޓް ހުޅުވާދޭނީ ރައީސް ސޯލިހު
ލައިޝާ އަހްމަދު | LailaAhmeds

| 24 މާރޗް 2019 | އާދީއްތަ 12:26 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އައިޖީއެމްއެޗް ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު ޝަރުހާން

ނަފްސާނީ ބަލިތަކަށް ޚާއްސަކޮށްގެން "ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް" ގެ ނަމުގައި  އައިޖީއެމްއެޗުގައި ޚާއްސަ ޑިޕާރޓްމަންޓެއް ހޯމަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ. 

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަން އޮފިސަރ އަބްދުﷲ މުމީތު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް ޤާއިމު ކުރުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅެއް ކަަމަށާއި، މި ޑިޕާރޓްމަންޓުން ލިބޭނެ ޚިދުމަތްތަކުގެ ތަފްސީލުތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ. 

ހޮނިހިރު ދުވަހު ހެނދުނު 8:30 ގައި އައިޖީއެމްއެޗުގައި ބޭއްވުމަށް ހަަމަޖެހިފައިވާ ރަސްމިއްޔާތެއްގައި މި ޑިޕާރޓްމަންޓް ހުޅުވާދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. 

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ދައުލަތުގެ ސިއްޚީ ނިޒާމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް