22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ވޯޓާސް ލިސްޓް

ވޯޓާސް ލިސްޓްގައި ސޮއިކުރަން މާދަމާ ފަށަނީ

  • ފައިނަލް ވޯޓަރސް ލިސްޓުގައި ސޮއިކުރުން އޮންނާނީ މާރިޗު މަހުގެ 24 25 26 ގަ
  • ސޮއިކުރުން އޮންނާނީ އިންތިޚާބާއި ބެހޭ މަރުކަޒުގެ ޓްރެނިން ހޯލްގައި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 23 މާރޗް 2019 | ހޮނިހިރު 18:30 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އިލެކްޝަންސް ކޮމިޝަން -- ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އިގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑަ އަޅާ ފަރާތްތަކުން ސޮއި އާދިއްތަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ވާގޮތުން ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑަ އަޅާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އިގެ ފައިނަލް ވޯޓަރސް ލިސްޓުގައި ސޮއިކުރުން އޮންނާނީ  އިންތިޚާބާއި ބެހޭ މަރުކަޒުގެ ޓްރެނިން ހޯލްގައި މި ހިނގާ މާރިޗުމަހުގެ 25 24 މި 2 ދުވަހުގެ ހެނދުނު  08:30 އިން ރޭގަނޑު 10:30 އަށް އަދި 26 ވަނަ ދުވަހުގެ ހެނދުނު 08:30 ން 03:00 އަށެވެ.

މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އީސީން ވަނީ ކުރިން އާއްމުކޮށްފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ފެބްރުއަރީ 21 ގައި ހަމަވި އިރު ޖުމްލަ 403 މީހަކު ފޯމު ލާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފަހުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.

މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް އެ ޕާޓީން ވެސް ފަހުން ވަނީ ބައެއް ދާއިރާތައް ދޫކޮށްލައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 42 ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅި އެވެ. ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީ ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރާ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީގެ 46 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ ފަސް ކެންޑިޑޭޓުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް