22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައްޔިތުންގެ މަޖިލިސް 2019

މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު

  • އެޖެންޑާ 19 މެދުވެރިކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެންމެހާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 23 މާރޗް 2019 | ހޮނިހިރު 18:14 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒްގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ -- އެމްޑީޕީ

ކުރިއަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކަށް ކުރިމަތިލާފައި ތިބި، މިލިއަނަރުން އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ ކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒްގެ ކެމްޕެއިން ޖަލްސާގައި ފެލިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 މެދުވެރިކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެންމެހާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާނެ ކަމަށާއި އޭރުން ބިދޭސީންނާއި ދިވެހިންގެ މެދުގައި ތަފާތު ކުރުން ނޯންނާނެ ކަމަށެވެ.

"އެޖެންޑާ 19 ގައި އެބަ ބުނޭ ސަރވިސް ޗާޖާއި މުސާރަ ޤަވާއިދުން ލިބޭނެ އޮނިގަނޑެއް ހެދުން، އަޅުގަނޑަކީ މިލިއަނަރަކަށްވެފައި އަޅުގަނޑަކީ ރިސޯޓު އޯނަރަކަށް ވަންޏާ ކިހިނެއްތޯ އަޅުގަނޑު އެ ދެ މަސްލަހަތު ފުށު އަރާއެރުން ދެކޮޅު ޖައްސާނީ. އަޅުގަނޑަކަށް އެއްވެސް ގޮތަކަށް އެކަމެއް ނުވިސްނޭ. " ނަޝީދު ވިދާޅުވިއެވެ.

އެޖެންޑާ 19 އަކީ ރާއްޖޭގެ ތަރައްޤީގެ އޮނިގަނޑުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީ ނިކުމެ ތިބީ ރާއްޖެ ތަރައްޤީގެ ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އިންސާފު ލަސްވެއްޖެއްޔާ އެއީ އިންސާފު ނުލިބުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކޯޓުތެރެއަށް އަތް ބާނައިގެން ކަންތައްތައް ނިންމުމަކީ ހައްލު ނޫން ކަމަށެވެ. އަދި އެޖެންޑާ 19 ގެ މަސައްކަތަކީ ޝަރުއީ ނިޒާމް އިސްލާހު ކުރުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެލިދޫ ރައްޔިތުންނަށް ގޯތި ލިބެން މިހާރު އޮތީ ޖެހިގެން އޮތް ފަޅު ހިއްކައިގެން ކަމަށާއި އެޖެންޑާ 19 އިން ރައްޔިތުންނަށް ހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އެއްވެސް އިރެއްގެ ރާއްޖެތެރޭގެ ރަށްތައް އުވާލުމަށް ވިސްނާފައިނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

  

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Kamana

4 ހަފްތާކުރިން

Masthuvumah hiyvaru dheebaaru alhaa meehun hoaveema kihiney baa vaany. Mikan ves nasheed saafukoahdheebala

0
0