22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މަޔާމީ އޯޕަން ޓެނިސް

މަޔާމީ އޯޕަން ޓެނިސް: ނޮވާކް ޖޯކަވިޗްގެ އެނބުރި އައުން ވަރަށް ފުރިހަމަ

  • ޖޯކަވިޗް މަޔާމީ އޯޕަން ޓެނިސް މުބާރާތުގައި ތިންވަނަ ބުރަށް
މިއުނާ ހަސަން | @miuna_hassan

| 23 މާރޗް 2019 | ހޮނިހިރު 18:06 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ނޮވާކް ޖޯކަވިޗް -- ގޫގުލް

މަޔާމީ އޯޕަން ޓެނިސް މުބާރާތުގައި ނޮވާކް ޖޯކަވިޗް ބަރނާޑް ޓޯމިކްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ޖޯކަވިޗް ކާމިޔާބު ކުރީ ޓޯމިކްއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

އެ ނަތީޖާ އާއެކު ޖޯކަވިޗް މި ވަނީ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރަށް ދަތުރުކޮށްފައެވެ. 

އެ މެޗުގައި ދެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ޓޯމިކަށް ވަނީ ޖޯކަވިޗްގެ މައްޗަށް ކުރި ހޯދޭގޮތް ނުވެފައެވެ.

31 އަހަރުގެ ޖޯކަވިޗް މެޗަށްފަހު ބުނެފައިވަނީ މަޔާމީ އޯޕަން ޓެނިސް މުބާރާތަށް އައީ ވަރަށް ތައްޔާރުވެގެން ކަމަށެވެ. އިންޑިއަން ވެސްގެ ސިންގަލްސަގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ގިނަ ވަގުތު ހޭދަކުރީ ޕްރެކްޓިސްތަކުގައި ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރި ކަމަށާއި މިއީ ނަތީޖާ ނެރެންވި ވަގުތު ކަމަށެވެ.

އިންޑިއަން ވެލްސްގެ ސިންގަލްސްގައި ޓޯމިކް އަތުން ޖޯކަވިޗް ބަލިވެފައި ވަނީ 6-7، 2-6 ގެ ނަތީޖާއަކުންނެވެ.

ގްރޭންޑް ސްލޭމް 15 ފަހަރަށް ހޯދާފައިވާ ޖޯކަވިޗް ކުރިއަށް އޮތް މެޗުގައި ވާދަ ކުރަން ޖެހޭނީ އަރޖެންޓީނާގެ ފެޑެރިކޯ ޑެލްބޮނިސް އާއެވެ.

މަޔާމި އޯޕަން ޓެނިސް މުބާރާތުގައި ޓޯމިކްގެ މައްޗަށް ޖޯކަވިޗް ކުރި ހޯދާފައިވާއިރު، ރޯޖަރ ފެޑެރާ ބަލިކޮށް އިންޑިއަން ވެލްސް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ޑޮމިނިކް ޓޭމް ވަނީ  ޕޮލެންޑްގެ ހިއުބަރޓް އަތުން ބަލިވެފައެވެ.

ޑޮމިނިކް އާއި ވާދަކޮށް ހިއުބަރޓް މެޗު ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުން ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ.

މަޔާމި އޯޕަން ޓެނިސް މުބާރާތުގައި އިނގިރޭސި ވިލާތުގެ ޑެން އިވާންސް ހޮނިހިރު ދުވަހުގެ މެޗުގައި ވާދަ ކުރާނީ ކެނެޑާގެ ޑެނިސް ޝެޕޮވެލޯވްއާއެވެ. އިނގިރޭސިވިލާތުގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޑެން އިވާންސް ވަނީ ޑެލްރޭ ބީޗް އޯޕަންގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނާ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ މާލެކް ޖަޒީރީ ދެ ސެޓުން ބަލިކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް