22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައްޔިތުންގެ މަޖިލިސް 2019

އަލިފުށީގެ ސިއްހީ މަރުކަޒު ވަރަށް އަވަހަށް ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ: ބިގޭ

  • އަލިފުއްޓަށް ދިމާވެފައިވާ ސިއްހީ ކަންތައްތަކުގެ މަޝްވަރާތައް ހެލްތް މިނިސްޓަރު އަމީންއާއެކު ކުރެވުނު
ސިމާހާ ނަސީމް | sim_kamana

| 22 މާރޗް 2019 | ހުކުރު 23:18 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަދި ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ޖަލްސާގައި ވާހަކަ ދައްކަވަނީ -- އެމްޑީޕީ

ރ. އަލިފުށީގެ ސިއްހީ މަރުކަޒު ވަރަށް އަވަހަށް ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށް އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަދި ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ރ. އަލިފުށީގެ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އަލިފުއްޓަށް ދިމާވެފައިވާ ސިއްހީ ކަންތައްތަކުގެ މަޝްވަރާތައް ހެލްތް މިނިސްޓަރު އަމީންއާއެކު ކުރެއްވި ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"ދައްޗެއްގެ ގޮތުގައި ސިއްހީ ކަންތައްތަކުގެ ވާހަކަ އެންމެ ފަހުން ހެލްތް މިނިސްޓަރު ވަޑައިގެންނެވި ދަތުރުގައި ދައްކަވާފައި އޮތީ. މިނިސްޓަރު ވިދާޅުވި ލަހެއް ނުވެ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނަމޭ. މިއީ މި ބޭނުންވާ ބަދަލަކީ. ބަދަލެއް ގެންނަން ވޯޓު ދެއްވަންޏާ، ދެއްވަންވީ ތަރައްޤީގެ ބަދަލު އަންނަ އޮތް މިންވަރަށް ބަލާފައި އެ ބަދަލުތަކަށް. ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެންނަށް ތިބެވިއްޖެ. ރައްޔިތުން އެބަޖެހޭ ވިސްނަން. ރައްޔިތުންނަށް ކުރިމަގު ފެންނަން އެބައޮތް" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުން އެމްޑީޕީ ކެންޑިޓޭޓުންނަށް މުހިންމު ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެ ކަމަށެވެ.  

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު އިތުރަށް ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އަންނަ ހަފްތާގައި ރ. އަނގޮޅިތީމަށް ގެނެވޭނެ ކަމަށާއި ފުޓްސަލް ދަނޑު އިންތިހާބުގެ ކުރިން އަޅައިދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މި މަހުގައި ފެށިގެންދާނެ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރ. އަތޮޅަށް ވައިގެ މަގުން ލުއި ފަސޭހަ ގޮތަށް ހަމަޖެހިގެން ދިޔުމަކީ ދާއިރާގެ އުންމީދު ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށް އަތު ގުޅައިލައިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް