22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެޖެންޑާ19

ދުވާފަރަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބޭނީ އެޖެންޑާ19 އިން: އިސްމާއިލް

 • މިސިޔާސަތު ތަންފީޒުކޮށްދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި
 • އަމިއްލަ ރަށުގަ ދިރިއުޅެނީ ކުއްޔަށް
 • މަސްވެރިން ބާނާ މަހަށް ހަމައަގު ލިބޭނެ
އަމްނާ އިމާދު | @amnabinthimad

| 22 މާރޗް 2019 | ހުކުރު 22:43 | |

މަގުބޫލް

 1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ދުވާފަރު ދާއިރާއިން ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއިލް އަހުމަދު -- ރާއްޖެއެމްވީ

ރ.ދުވާފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަން ކަމަށާއި، މިމައްސަލައަށް ހައްލު ލިބޭނީ އެޖެންޑާ19 އިން ކަމަށް މަޖިލިސް އިންތިޚާބުގައި ދުވާފަރު ދާއިރާއިން ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން ރ.އަލިފުށީގައި ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ ރައީސްގެ ވައުދާއެއްގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ވީއެންމެ އަވަހަށް ފައްޓަވާ ދެއްވުން އެއީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ފޯރާފަ. މިސަރަހައްދުގަ އަމިއްލަ ބިމުގަ ކުއްޔަށް ކޮޓަރި ހިފައިގެން ދިރިއުޅޭ ރަށެއް ދުވާފަރު ނޫނިއްޔާ ނުހުންނާނެ" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ދުވާފަރަކީ މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ ރަށެއް ކަމަށާއި، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިފަދަ އެތައް ކަންބޮޑުވުންތައް ހުރިއިރު ހައްލު އޮތީ އެޖެންޑާ19ގައި ކަމަށާއި، މިސިޔާސަތު ތަންފީޒުކޮށްދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުރަތަމަ އެމްޑީޕީ ނުކުތީ އަނެއް ދިވެހިރާއްޖެ ނަމުގައި ކަމަށާއި، އެފަހަރުގެ މިސިޔާސަތު ތަންފީޒު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މިސިޔާސަތާއެކު ރައްޔިތުންނަށް ފަހި ދިރިއުޅުން ލިބިގެން ދިޔަ ކަމަށެވެ.

މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝިހާމް ވިދާޅުވީ އަލިފުށީ ދާއިރާއިން ފެށިގެން މަޑުއްވަރީއާ ހަމައަށް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށާއި، މިމަސައްކަތުގައި ތިބީ ވަރުބަލި ކަމެއް ނެތި ކަމަށެވެ.

ޝިހާމް ވިދާޅުވީ އެޖެންޑާ19އިން ހިތަށް ލިބިގެންދާ އެންމެ ބޮޑު ޝިފާއަކީ އިންސާފު ލިބުން ކަމަށާއި، އޯގާތެރި ސަރުކާރެއް ލިބުން ކަމަށެވެ. ފަހުރުވެރިވާ އާއިލާއެއް އިތުރުން ޖަޒީރާ ދިރިއުޅުމެއް ލިބުން ކަމަށެވެ. އަދި އޭނގެ ތެރެއިން ނޫއިގްތިސާދެއް ވަނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި، ރައްޔިތުން ބޭނުންވާ މެނިފެސްޓޯއާއެކު ކަމަށެވެ.

"އެޖެންޑާ19 އިން އަޅުގަނޑުމެން އަދުލްއިންސާފު ގާއިމްކޮށްދޭނަން ދައުލަތް ޖަވާބުދާރީ ކުރުވާނަން. އިތުބާރު ހުރި ސިއްހީ ނިޒާމެއް ގާއިމްކޮށްދޭނަން. ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އިނާއަތެއް ދޭނަން. އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ. ބޯހިޔާވަހިކަން އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ. ކިޔަވާ ކުދިންގެ ލޯނު އެއްޕަސެންޓް އިންޓަރެސްޓާއެކު އަޅުގަނޑުމެން ހޯދަދޭނަން. ފެނާ ކަރަންޓުގެ އަގުހެޔޮ ކޮށްދޭނަން. ގެސްޓުހައުސްގެ ވިޔަފާރި އިރާދަކުރެއްވިއްޔާ މުޅިރާއްޖެއަށް ފަތުރާލަދޭނަން. އެގްރިވިޔަފާރި ފަހިކޮށްދޭނަން. ދަތަރުފަތުކުރުމުގެ ރަނގަޅު ވިޔުގަ ގާއިމްކޮށްދޭނަން" ޝިހާމް ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ މިއީ ރައްޔިތުންނަށް ވިއްކާ ސިޔާސަތު ކަމަށާއި، މިސިޔާސަތުގެ ބޭނުން ހިފުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދުވާފަރު ފިކުރު

4 ހަފްތާކުރިން

މަޖިލިސް މެމްބަރ ހޮވިޔަސް ނޮހޮވިޔަސް ޝަރުތަކާ ނުލާ ތީސޯލިހް ވީ ވައުދެއް ރިޔާސީ އިންތިހާބުގައި ތިކަން ޖެހޭނީ ކޮށްދޭން

0
0
ދުވާފަރު މީހާ

4 ހަފްތާކުރިން

ގެދުރުގެ ދަތިކަން ހުރި ނަމަވެސް ބައެއް ގޭ ގެ ތަޅުލާފަ މާލޭގަވެސް ބައެއް ބޭބޭފުޅުން އުޅުއްވާ... ދ

1
0