22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އެންވަޔަރަންމަންޓް މިނިސްޓްރީ

ރާއްޖޭގެ 60،000 މީހުންގެ އާބާދީއަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ: މިނިސްޓަރު ހުސެއިން

  • ގިނަ ރަށްރަށުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި
  • 40،020 އާބާދީއަކަށް ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ
އަމްނާ އިމާދު | @amnabinthimad

| 22 މާރޗް 2019 | ހުކުރު 21:29 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން -- އެންވަރަންމަންޓް މިނިސްޓްރީ

މިއަހަރު ރާއްޖޭގެ 60،000 އެއްހާ އާބާދީއަކަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފެނުގެ ދުވަހާއި ގުޅިގެން އއ.މަތިވެރީގައި ބޭއްވި ހަފްލާގައި މިނިސްޓަރު ހުސެއިން ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ ފަދައިން ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން ވެސް މަޙުރޫމްވެފައި ކަމަށާއި، މިސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރައްތަކެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަށުގެ އާބާދީއަށް ބެލުމެއްނެތި، އެއްއުސޫލަކުން، ފޯރުކޮށްދިނުމަށްކަމަށެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ މިއަދާ ހަމަޔަށް ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ 50 އިންސައްތައަށް ސާފު ބޯފެނުގެ ޚިދުމަތް ދަނީ ފެނުގެ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދެވެމުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 66 އިންސައްތައަށް އެކަށީގެންވާ ނަރުދަމާގެ ޚިދުމަތްދަނީ ނަރުދަމާ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ސާފުފެނާއި ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 2019 އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި 63 ރަށެއްގައި މުޅިން އަލަށް ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ވަނީ ހިމަނާފައިވާ ކަމަށާއި، 82 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ބަޖެޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލަށް މިފެށޭ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 40،020 އާބާދީއަކަށް ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ 59،989 އާބާދީއަކަށް ސާފުފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

"ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ސާފު ފެނުގެ ގޮތުގައި ލިބެންހުންނަ ވަސީލަތްތަކުގެ ތެރެއިން ވާރޭ ފެން މިހާރު މިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކުރީގައި ދުރާލާ ތައްޔާރުވެގެން ވާރޭފެންނަގައި ރައްކާކުރުމަށްޓަކައި ބާރޯސާވެވޭ މިންވަރަށްވުރެއް ބޮޑަށް ބަދަލުވެފައި. އަދި ބިމުގެ ތުނި ނާޒުކު ފެންފަށަލަ މިވަނީ އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުންނާއި ރައްކާތެރިނޫން ނަރުދަމާގެ ބާވަތްތަކުގެ ސަބަބުން ތަގައްޔަރުވެ ބޭނުން ނުކުރެވޭ މިންވަރަށް ގޮސްފައި" މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ސަރުކާރުން ސާފުފެން ފޯރުކޮށްދިނުމަށް ރައްރަށުގައި ގާއިމްކުރުމުންދާ ރައްކާތެރި ފެނުގެ ނިޒާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރާކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިފަދަ ނިޒާމެއް ގާއިމްކުރުމަށް ގާތްގަނޑަކަށް 25 އަދި 30 މިލިޔަނެއްހާ ފައިސާ ޚަރަދު ކުރާ ކަމަށެވެ.  އަދި މިފެނަކީ ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިވާރސް އޮސްމޯސިސް މެދުވެރިކޮށް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލައިގެން ފެނުގެ ވިއުގައެއް މެދުވެރިކޮށް ގޭގެއަށް ފޯރުކޮށްދެވޭ ފެންކަމަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުން އެފޯރުކޮށްދެވޭ ފެނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ފެންތޯ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ޓެސްޓްކޮށް ކަށަވަރުކޮށްދޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހަތަށް ރައްކާތެރި އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ސާފު ފެންކަމުގައި ކަށަވަރުކޮށްދިނުން ކަމަށެވެ.

''ރައްރަށުގައި ގާއިމްކުރެވޭ ފެނުގެ ނިޒާމްތައް ބޭނުންކުރަމުންދަނީ ސާފުކުރުމަށާއި، ކެއްކުމާއި ފެންވެރުމަށްޓަކައި. މިގޮތުން އަސާސީ ހައްގު ފުރިހަމަ ކުރުމަށްޓަކައި ސާފު ރައްކާތެރި ފެނަށް ނުޖެހި ބުއިމަށްޓަކައި ނިޒާމްގާއިމްކުރުމުގެ މައި މަގުސަދު ހާސިލެއްނުވޭ'' މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަށް އާބާދީގެ ބޮޑުބައެއް ބަރޯސާވެ، ޕްލާސްޓިކްގެ ފުޅީގެ ބާވަތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ މިންވަރު ދަނީ ދުވަހުން ދުވަހެއް އިތުރުވަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Maahaa

4 ހަފްތާކުރިން

Ei keehve aabaadheege hama ekani 60 percent ah saafu boafen foru kodheyn v.. baakee 40 percent mehun koba..? Ei minikaa valu janvaarun??

0
0