22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ހަ ގޮނޑި

ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް

  • ރައީސް ނަޝީދު އެގޮތަށް ވިިދާޅުވަނީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެކަން އެނގޭތީ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 22 މާރޗް 2019 | ހުކުރު 20:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މުހައްމަދު ޝަރުހާން

ހަ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހުރީ ޕާޓީގެ ޓިކެޓްގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސީމް ވިދާޅުވީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެ ކަމަށާއި ހަ ގޮނޑިވެސް ލިބޭނެ ކަމުގެ ޔަގީން ކަން ނެތީ އެމްޑީޕީއަށް ކަމަށެވެ.

ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އަށް ނިކުންނެވި ނަމަވެސް އެދެބޭފުޅުންނަށް ގުޅިގެން ވެސް މަޖިލީހުގެ ހަ ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވަ އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު އެޖަލްސާގައި ވިދާޅުވީ ރައީސް ޔާމީނާއެކު ގާސިމް ވަޑައިގެންނެވުމުން އެއްވެސް ވަރަކަށް އެމަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އެދެބޭފުޅުންނަށް ގުޅިގެން ވެސް ހަ ގޮނޑި ނުނެގޭނެތީ ކަމަށެވެ. އަދި ނަގޫ ގޮށްޖެހޭނީވެސް އެބޭފުޅުން އެބޭޅުންނަށް ކަމަށާއި އެއުޅެނީ މިހާރު ޖެހެން ކަމަށެވެ. އަދި އެ ގޮށް ޖެހިގެން ވަޑައިގަތުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރަށްވާ ގާސިމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އެފާޑަށް  ވާހަކަފުޅު ދައްކަވަނީ އެމްޑީޕީއަށް  ހަ ގޮނޑިވެސް ލިބޭނެހެން ހީނުވާތީ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް