22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައީސް ޔާމިން

ރައީސް ޔާމިންގެ ހަމަހަމަ ކަމެއް ނެތް ތަރައްގީ

  • ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ނުކޮށް އެތައް ރަށެއް އެބަހުރި
  • މާލެއަށް އެކަނީ ހާއްސަ ކުރެވިގެން 400 މިލިއަން ޑޮލަރު (6.17 ބިލިއަން ރުފިޔާ) ހަރަދުކޮށްފައިވޭ
އަމަން ހަލީމް | soupized

| 22 މާރޗް 2019 | ހުކުރު 19:53 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ޔާމިންގެ ސަރުކާރުން ހެދި ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަހުމަދު މުހުސިނު

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ހަރު އަޑުން ދެއްކެވި ވާހަކައަކީ ގެނެސްދެއްވި ތަރައްގީގެ ވާހަކައެވެ. ހާއްސަކޮށް މާލެއަށް ގެނެސްދެއްވި ތަރައްގީގެ ވާހަކައެވެ. ހުޅުމާލެ "ޔޫތް ސިޓީ"އެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިއްކި 230 ހެކްޓަރުގެ ވާހަކައެވެ. މާލެއާއި ހުޅުލެ ގުޅާލުމަށް ޗައިނާގެ ހިލޭ އެހީއާއި ދިވެހި ސަރުކާރަށް އެ ގައުމުގެ ސަރުކާރުން ދެއްވި ބޮޑު ލޯނުގެ ދަށުން ހަދާފައިވާ 200 މިލިއަން ޑޮލަރުގެ ސިނަމާލޭގެ ބްރިޖުގެ ވާހަކައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި މާލޭގައި ތަރައްގީ ކުރި 140 މިލިއަން ޑޮލަރުގެ ހޮސްޕިޓަލުގެ ވާހަކައެވެ.

ތެދެކެވެ. މިހުރިހާ ކަމަކީ ވެސް ތަރައްގީއެވެ. އެކަމަކު މި ތަރައްގީއަކީ ދިވެހި ރައްޔިތުންނަށް ގެނެސް ދެއްވި ތަރައްގީ އެކޭ ބުނެވޭނެ އެއްވެސް ޖާގައެއް އެބައޮތް ހެއްޔެވެ؟ މިހެން މި ބުނަން ޖެހެނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. ދިވެހިރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި އެބަ ހުއްޓެވެ. މި ދައްކަނީ އަސާސީ ހައްގެއްގެ ވާހަކައެވެ. ކޮންމެހެން ވެސް ރައްޔިތުންނަށް ބޭނުންވާ ކަމެއްގެ ވާހަކައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކޮށްގެން މާލެއަށް ތަރައްގީ ގެނެސްދެއްވި އިރު ހަމަ މި ރައްޔިތުން މަތިން ކުޑަވެސް ހަދުމައެއް ނެތޭ ބުނެލާނެ ފުރުސަތު ދެއްވީ އެ ސަރުކާރުން ކަންތައް ކުރި ގޮތުންނެވެ. ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް މިކަން ހަޖަމު ކޮށްލައިގެން މަޑުން އިނދެވޭކަށެއް ނެތެވެ. މިއީ އިންސާފުވެރި ގޮތްކަން މި ލިޔުން ކިޔުއްވާ އެއްވެސް ބޭފުޅަކު ވިސްނާވަޑައިގެންފި ނަމަ ބުނެވޭކަށް ނޯންނާނެޔޭ މި ދަންނަވަނީ ވަރަށް ކެރިގެން ހުރެއެވެ.

މިކަން ހަމައެކަނި ގަބޫލު ކުރަނީ އަޅުގަނޑު އެކަނި ނޫންކަން ހެކިވަނީ 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހުދު ރައީސް ޔާމީންގެ މެނިފެސްޓޯއެވެ. އެހެން ނޫންނަމަ އެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރައްވާނެ ކަމަށް ހިމަނަން ޖެހޭ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ މި ވަރުގެ ހަރަދުތަކެއް ކޮށްގެން މާލެއަށް ތަރައްގީ ގެނެސްދެއްވަން އެހާ މަސައްކަތް ކުރެއްވި އިރު، ހަމަ މާލޭ މީހުން ފަދަ ދިވެހި ރައްޔިތުންގެ އަސާސީ ހައްގެއްގެ މަތިން ކުޑަވެސް ހަނދުމަފުޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ކޮންކަހަލަ އިންސާފެއްތޯއެވެ؟ ރައީސް ޔާމިން މާލެއަށް ގެނެސްދެއްވި "ކޮންކްރީޓް ތަރައްގީ"އަކީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ވެވުނު ބޮޑު ބޭއިންސާފެކެވެ.

ފަހަރުގައި ރައީސް ޔާމީންގެ އަމަލުތައް ދިފާއުކުރައްވާ ބޭފުޅުންނަށް މިކަން އެއްވެސް ކަމަކަށް ނުވެދާނެއެވެ. މިއަދާ ހަމަޔަށް ވެސް އެ ބޭފުޅުން ކުރަމުންދާ މަސައްކަތަކީ މި ލިޔުން ފެށި އިރު ހިމެނިފައިވާ ކަންކަމުގެ ތަސްވީރާއި އެކު ރާއްޖޭގެ ތަރައްގީގެ ބާނީއަކީ ރައީސް ޔާމީންކަން ދައްކަން އުޅުމެވެ. އަނެއްކޮޅުން ރައުސުލްމާލުގެ ބޮޑު ބަޔެއް ފެންފޮދަކާ ވެސް ނުލާ ދިރުވާލުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެކަން ދިފާއުކުރައްވާ ފޮރުވަން އުޅުނު ބަޔަކަށް މިކަން ކަމަކަށް ނުވީމާ ހައިރާންވާން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. 

ދައުލަތުން ހަރަދު ކޮށްގެންނާއި ބޮޑު އަދަދުން ލޯނު ނަގައިގެން ކުރެއްވި އެއްވެސް މަސައްކަތެއްގައި ރާއްޖޭގެ އެތައް ރަށެެއްގެ ބަޔަކަށް އަސާސީ ހައްގެއް ނުލިބޭންވީ ކީއްވެގެންތޯ އެ ރައްޔިތުން އަހާ ސުވާލަށް ރައީސް ޔާމިން ދެއްވާނެ ޖަވާބެއް އެބައޮތް ހެއްޔެވެ؟ ތިން މަޝްރޫއަކަށް އެކަނިވެސް 400 މިލިއަން ޑޮލަރު ހަރަދުކުރެވިފައިވާ އިރު، ހަމަ އެ ރައްޔިތުންނަށް ހައްގު މިންވަރު ލިބުނު ކަމަށް ގަބޫލުފުޅު ކުރައްވަންތޯއެވެ؟ މި ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން އަދަދު ކޮށްލާ އިރު 6.17 ބިލިއަން ރުފިޔާ އެއްބަޔަކަށް ހަރަދުކުރި ހަމަ އެމީހުންނާ ހަމަހަމަ ރައްޔިތުންތަކެއްގެ ހައްގެއް ނުލިބި އޮތް ވާހަކައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮސްގުރޫޕު

4 ހަފްތާކުރިން

ޔާމީނުގެނާ ތަރައްގީ މިސަރުކާރަކައް ނުގެނެވޭނެ ކޮސްވާހަކަ ނުލިޔޭ

0
1