22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެޖެންޑާ 19

އަލިފުށްޓަށް ވަޑައިގަތުމުން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވައިފި

  • ރައީސް އަލިފުށްޓަށް ވަޑައިގެންނެވީ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް
އަމަން ހަލީމް | soupized

| 22 މާރޗް 2019 | ހުކުރު 19:51 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ސޯލިހު އަލިފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަލިފުށީ ދާއިރާގެ މެމްބަރު ބިގޭއާއި އެކު -- ފޮޓޯ: އަމަން ހަލީމް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޓޭޓުންގެ ހާއްސަ ޖަލްސާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް އަލިފުށްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު (ބިގޭ)ގެ އިތުރުން އެ އަތޮޅުގެ އެހެން ދާއިރާތަކަށް ކުރިމަތިލައްފައިވާ އެމްޑީޕީގެ ކެނޑިޑޭޓުން އަދި ރ.އަތޮޅު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްއަށް މަރުހަބާ ދަންނަވަން އެ ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައިވާ އިރު، ރައީސް ސޯލިހު ވަނީ ރަށަށް ފައިބާވަޑައިގަތުމަށް ފަހު އެ ރަށުގެ ރައްޔިތުންނާއި އެކު ފޮޓޯ ނެންގެވުމަށް ބަނދަރު ސަރަހައްދުގައި މަޑުކުރައްވާފައެވެ. ބަނދަރު ސަރަހައްދުން ރައިސް ވަޑައިގެންނެވީ އަލިފުށީ ސްކޫލްގައި އަޅަން ނިންމާފައިވާ މަލްޓި ޕާރޕަސް ހޯލްގެ ބިންގާ އަޅައިދެއްވުމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރ.އަތޮޅުގެ އެޖެންޑާ 19 ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ.އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް ށ.އަތޮޅަށެވެ. އެގޮތުން ރައީސް އެއްމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ކޮމަންޑޫއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް