22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ހެލްތް މިނިސްޓްރީ

ދުޅަހެޔޮ ސިއްޙަތެއް، ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރަންޖެހޭ: މިނިސްޓަރު އަމީން

  • ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތައް އަންނަނީ އިތުރުވަމުން
  • ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަން ޖެހޭ
އަމްނާ އިމާދު | @amnabinthimad

| 22 މާރޗް 2019 | ހުކުރު 17:48 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން -- ޓްވިޓަރ

ދުޅަހެޔޮ ސިއްޙަތަކަށް އާންމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދަންޖެހޭ ކަމަށް ހެލްތް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ފެންނަނީ ތަރައްޤީ އާއިއެކު ދިރިއުޅުމަށް ލިބޭ ލުއި ފައްސޭހަތަކާއި އެކު، މުޖުމައައަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ. އެގޮތުން ބަރުދަން އިތުރުވުމާއި، ލޭމައްޗަށް ދިއުމާއި، ހިތުގެ އަދި ކިޑްނީގެ ބަލިތަކާއި، ލޯއަދިރިވުން އަދި ކެންސަރު ފަދަ ބަލިތައް އަންނަނީ އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގެ މޫ އޮތީ މުޖުތަމައުގެ ތެރޭގައި ކަމަށާއި، ބަލިވުމުން ފަރުވާ ކުރުމަށް ޑޮކްޓަރުންނާއި ހަމައަށް އައިނަމަވެސް، މިކަމުގައި މުޅި މުޖުތަމައުގެ ރޯލް ވަރަށް މުހިއްމު ކަމަށެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަ ކުޑަބަދަލަކުން ވެސް ބަލިތަކުން ރައްކާތެރިވާނެކަމާއި، އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ވީމާ މިކަންކަމަށް އެންމެންގެ ސަމާލުކަން ބޭނުންވޭ. ސިއްހީ ވުޒާރާއިއެކު މަސައްކަތްކުރާނެ ފަރުދުންނާއި އެހެންހެން މުއައްސަސާތަކުގެ ދައުރު ވަރަށް މުހިއްމު." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހަކުރު ބައްޔަށް އިޝާރާތް ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރާނެ ކަމަށެވެ. އަދި މިފަދަ ދިގުމުއްދަތަށް ފަރުވާކުރާ ބަލިތަކަކީ، އެމީހާއަކީ މި ބައްޔަށް ވާރުތަވުމުގެ ފުރުސަތު އޮތް މީހެއްކަމުގައި ވިޔަސް، މިބަލިން ރައްކާތެރިވުމުގެ ފުރުސަތު އޮތް މީހެއް ކަމަށެވެ. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދެމިހުރުމަށް މަސައްކަތް ކުރެވިދާނެ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް