22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރެއާލް މެޑްރިޑް

ރަފައެލް ވަރެން، ރެއާލްގައި ހުންނާނެ ކަމާމެދު ޝައްކު!

  • ވަރެން ބުނެފައިވަނީ މުސްތަގުބަލުގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް
މިއުނާ ހަސަން | @miuna_hassan

| 22 މާރޗް 2019 | ހުކުރު 17:32 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ަރަފައެލް ވަރެން -- ގޫގުލް

ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރަފައިލް ވަރެން, ރެއާލްއާއެކު ހުންނާނެ ކަމާމެދު ޝައްކު އުފެދޭ ފަދަ ވާހަކަ ތަކެއް ފެންމަތި ވެއްޖެއެވެ.

ރިޕޯރޓްތަށް ބުނާގޮތުގައި ވަރެން އަންނަނީ ރެއާލް ދޫކޮށްލަން ވިސްނަމުންނެވެ. މި ވާހަކަތަށް ވަރެން ދޮގު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަންނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފްރާންސްގެ މި ކުޅުންތެރިޔާ ޔޫރޯ ކޮލިފައިންގައި އެ ގައުމު މޮލްޑޯވާ އަދި އައިސްލޭންޑް އާއި ދެކޮޅަށް ނުކުންނަ މެޗަށް ތައްޔާރުވެފައި ވާއިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ވަރެން ބުނެފައިވަނީ މުސްތަގުބަލުގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނީ އޭނާގެ ކުރިމަގާއި ގުޅުން ހުރި ވާހަކަތަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ނުދައްކާނެ ކަމަށެވެ.

ވަރެން ރެއާލްގައި ހުންނާނެ ކަމާއިމެދު ޝައްކު އުފެދިފައި ވީނަމަވެސް ނުވަ މަހަށް ފަހު އަލުން ރެއާލްއައި ގުޅެން ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާން ކޯޗެއްގެ ގޮތުންނާއި ރަހުމަތް ތެރިއެއްގެ ގޮތުން ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރެން މި ސީޒަނުގައި ރެއާލްއަށް ލަލީގާގައި 24 މެޗު ކުޅެދީފައިވާއިރު ދެ ގޯލް ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް