19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ވޮލީ އެސޯސިއޭޝަން

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

  • އަލީ ލަތީފް ވަނީ 8 އަހަރު ވަންދެން ވީއޭއެމްގެ އެކްސްކޯގައި މީގެކުރިން ހިދުމަތްކޮށްފަ
  • ވީއޭއެމްގެ އެކްސްކޯ އަށް ލަތީފް ގެނައީ ކާނަލް ނަޝީދު ވަކިކުރެއްވުމަށްފަހު
ލީވާން އަލީ | MrLeevaan

| 22 ފެބުރުވަރީ 2017 | ބުދަ 02:05 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންކަމަށް ގެނައި އަލީ ލަތީފް -- ޓްވިޓަރ

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެގްޒެކެޓިވް ކޮމެޓީ އަށް ކާނަލް މުހައްމަދު ނަޝީދުގެ ބަދަލުގައި އަލީ ލަތީފް (އައްލަ) ހަމަޖައްސައިފި އެވެ.

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންގެ މަގާމަށް ލަތީފް ގެނެސްފައިވާއިރު، އެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އެވެ. އެހެންނަމަވެސް ޒިންމާ އަދާނުކުރެވޭތީ އެ މަގާމުން އޭނާ ވަކިކުރަން އެކްސްކޯ އިން ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އައްލަ ވަނީ މީގެކުރިންވެސް ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ 8 އަހަރު ވަންދެން އެ މަގާމު ފުރުއްވާފައެވެ.

އަންނަ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ވެސް އަލީ ލަތީފް (އައްލަ)އެވެ.

ވީއޭއެމްގެ އެކި އެކި މަގާމުތަކަށް ދަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓެއްގެ ގޮތުގައި މުހައްމަދު ސާޖިދު ވަނީ ހަމަޖައްސާފަ އެވެ. މީގެއިތުރުން (ވީއޭއެމް) ގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް މަޝްހޫރު ފޮޓޯ ގްރާފަރު މުހައްމަދު ޝާފީވެސް ވަނީ ދާދި ފަހުން ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް